Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ހަނގުރާމައިގެ ސަބަބުން ހަކަތައިގެ 40 ވަސީލަތަކަށް ގެއްލުން ލިބިފައިވާ ކަމަށް ހާމަ ކޮށްފި

ބިރޯލް ފާހަގަ ކުރެއްވި ގޮތުގައި މެދު އިރުމަތީގެ މިހާރުގެ މައްސަލައިގެ ސަބަބުން ކުރިމަތި ވަމުންދާ އަސަރުތައް، 1970ގެ އަހަރު ތަކުގައި ކުރިމަތިވި ތެލުގެ ބޮޑު މައްސަލަ އާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގޭސް މާކެޓަށް ކުރިމަތިވި ލޮޅުމަށް ވުރެ ވެސް މާ ބޮޑު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:14
އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހް ބިރޯލް

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) ގެ އެގްޒެކެޓިވް ޑައިރެކްޓަރު ފާތިހް ބިރޯލް | ރޮއިޓާސް

އެމެރިކާ އާާއި އިޒްރޭލް އިން އީރާާންއާ ދެކޮޅަށް މިހާރު ކުރިއަށް ގެންދާ ހަނގުރާމައިގެ ސަބަބުން މެދު އިރުމަތީގެ މަސްރަހު ހޫނުވެފައިވާއިރު، އެ ސަރަހައްދުގެ ނުވަ ޤައުމެއްގައި ހުރި ހަކަތައާ ގުޅޭ ތަންތަނުގެ ތެރެއިން މަދު ވެގެން 40 ވަސީލަތަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް، އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)ގެ އިސްވެރިޔާ ފާތިޙް ބިރޯލް ވިދާޅުވެއްޖެ އެވެ. 

އޮސްޓްރޭލިއާގެ ވެރި ރަށުގައި ހުންނަ ޕްރެސް ކުލަބުގައި ވާހަކަ ދައްކަވަމުން ހޯމަ ދުވަހު ބިރޯލް ވިދާޅުވީ، މެދު އިރުމަތީގެ މަަސްރަހު މިހާރު އޮތް ގޮތުން، ދުނިޔޭގެ އިޤްތިޞާދަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މި ހަމަ ނުޖެހުންތައް މިހާރުގެ މިސްރާބުގައި ކުރިއަށްދާ ނަމަ، އޭގެ ނޭދެވޭ އަސަރު ނުކުރާނެ އެއްވެސް ޤައުމެއް ދުނިޔޭގައި ނޯންނާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި އެވެ. 

ބިރޯލް ފާހަގަ ކުރެއްވި ގޮތުގައި މެދު އިރުމަތީގެ މިހާރުގެ މައްސަލައިގެ ސަބަބުން ކުރިމަތި ވަމުންދާ އަސަރުތައް، 1970ގެ އަހަރު ތަކުގައި ކުރިމަތިވި ތެލުގެ ބޮޑު މައްސަލަ އާއި، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ގޭސް މާކެޓަށް ކުރިމަތިވި ލޮޅުމަށް ވުރެ ވެސް މާ ބޮޑެވެ. އޭނާ މިހެން ވިދާޅުވެފައި މި ވަނީ، ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިޒްރޭލް އިން އީރާންގެ ވެރި ރަށް ތެހެރާން އަށް އަމާޒުކޮށް އައު ހަމަލާ ތަކެއް ވެސް ދީފައިވާ ދަނޑިވަޅެއްގަ އެވެ. 

މާކެޓުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި، ޤައުމު ތަކުން ރައްކާ ކޮށްފައި ހުރި ތެޔޮ ބާޒާރަށް ނެރުމާ ގުޅޭ ގޮތުން ޔޫރަޕާއި އޭޝިއާގެ ސަރުކާރު ތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ބިރޯލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މާކެޓުގެ ޙާލަތަށް ބަލައި، މެމްބަރު ޤައުމު ތަކާ އެކު އެނަލައިޒް ކުރުމަށް ފަހު، ކޮންމެހެން ބޭނުން ވެއްޖެ ޙާލަތެއްގައި އިތުރު ތެޔޮ ބާޒާރަށް ނެރޭނެ ކަމަށެވެ. 

އައިއީއޭގެ ވެރިޔާ މިހެން ވިދާޅުވެފައިވާއިރު، އީރާން އިން ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތް އޮތުމާ ގުޅޭ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފަ އެވެ. އެގޮތުން 48 ގަޑިއިރުގެ ތެރޭގައި އީރާން އިން ހޮރްމޫޒް ކަނޑު އޮޅި މުޅިން އެއްކޮށް ހުޅުވައި ނުލައިފި ނަަމަ، އީރާންގެ އިންޖީނުތައް އެއްކޮށް ސުންނާފަތި ކޮށްލާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ފާތިހް ބިރޯލްއިންޓަނޭޝަނަލް އެނާޖީ އޭޖެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް

އީރާންގެ ވަރުގަދަ އިންޒާރެއް އެމެރިކާ އަށް

23 މާރިޗު 2026
ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

ހަނގުރާމައިގައި ހަމަލާ ދިނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދުނު ޤައުމުގެ ނަން ރައީސް އަށް އެނގިވަޑައި ނުގަންނަވާ

23 މާރިޗު 2026
އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

23 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު