Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނަށް ހަމަލާތައް ދެމުންދާއިރު އިލްމުވެރިން ހަނު ތިއްބަވާތީ، ކީރީތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމް އުފެއްދި އެވޯޑް ހާސިލް ކޮށްފައިވާ އީރާނުގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މަޖީދު މަޖީދީ ވަރަށް ބޮޑަށް ފާޑުކިޔައިފި

އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމަށް ވަކާލާތުކުރާ އެންމެ ނުފޫޒުގަދަ މަރުކަޒުގެ އިލްމުވެރިން، އަނިޔާ ލިބެމުންދާ މުސްލިމުންގެ ދިފާއުގައި އަޑުއުފުލުމުގެ ވާޖިބު އަދާނުކުރާ ކަމަށް ބުނެ މަޖީދީ ވަނީ ބޮޑެތި ސުވާލުތަކެއް ކުރިމަތިކުރުވާފައި. އަދި އަނިޔާވެރިންގެ ހިމާޔަތުގައި ތިއްބަވާ އިލްމުވެރިން އާޚިރަތް ދުވަހުން ޖަވާބުދާރީވާން ނުޖެހޭނެތޯ އެނާ ވަނީ ސުވާލު ކޮށްފައި.

ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 01:54
އީރާނުގެ މަޝްހޫރު އަދި އެވޯޑް ހާސިލްކޮށްފައިވާ ފިލްމު އުފެއްދުންތެރިޔާ މަޖީދު މަޖީދީ.

އީރާނުގެ މަޝްހޫރު އަދި އެވޯޑް ހާސިލްކޮށްފައިވާ ފިލްމު އުފެއްދުންތެރިޔާ މަޖީދު މަޖީދީ. | ޕްރެސްޓީވީ

އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ކުރަމުންދާ ހަނގުރާމައާ ގުޅިގެން، މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީގެ އިލްމުވެރިން ހަނުތިއްބަވާތީ ކީރިތި ރަސޫލާގެ ހަޔާތްޕުޅުގެ މައްޗަށް ފިލްމް އުފެއްދި އަދި އޮސްކާ އެވޯޑަށް ނޮމިނޭޓްވި އީރާނުގެ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު މަޖީދު މަޖީދީ ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އީރާނުގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މަޖީދީ ވަނީ ޣައްޒާއިން ފެށިގެން އީރާނާ ހަމައަށް މުސްލިމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އަޑުއުފުލުމުގައި އިލްމުވެރިންގެ "ވާޖިބު އަދާނުކޮށް ދޫކޮށްލާފައިވާ" ކަމަށް ބުނެފައެވެ.

މަޖީދީ ބުނި ގޮތުގައި، އެއްޒަމާނެއްގައި ސުންނީ މުސްލިމުންގެ އަޑު އެންމެ އިސްކޮށް އިއްވަމުން ގެންދިޔަ، އަދި ހުރިހާ މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ޝިއާރު އުފުލި މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީގެ އިލްމުވެރިންނާއި ޕްރޮފެސަރުންގެ އަމަލުތަކާ މެދު އޭނާ ހުރީ "މާޔޫސްވެ އަދި ރުޅިގަދަވެފައެވެ".

މުސްލިމުންގެ ބިންތައް "ފޭރިގަނެގެން އުޅޭ އިޒްރޭލުގެ ދައުލަތުން އިސްލާމީ ގައުމަކަށާއި މުސްލިމް ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި އޮހޮރުވަމުންދާ ލޭ ލޮލަށް ފެންނަމުންދާއިރު، އެބޭފުޅުން ހަނުތިއްބަވަނީ ކީއްވެގެންތޯ؟" އޭނާ ސުވާލު ކޮށްފައިވެއެވެ.

"ބާރުގަދަ އެމެރިކާއިން ދެމުންދާ އަނިޔާވެރި ހަމަލާތަކާއި، އެއްވެސް ދިފާއެއް ނެތް އެތައް ސަތޭކަ ކުޑަކުދިންނާއި، ފިރިހެނުންނާއި އަންހެނުން ގަތުލުކުރަމުންދާ މަންޒަރު ފެންނައިރު، އެއްވެސް ކަމެއް ނުކޮށް ހަނުތިއްބަވަނީ ކިހިނެއްތޯ؟"

މަޖީދު މަޖީދީއަކީ އޮސްކާ އެވޯޑަށް ނޮމިނޭޓްވި މަޝްހޫރު ފިލްމު "ޗިލްޑްރަން އޮފް ހެވަން" ގެ ޑައިރެކްޓަރެވެ. އާދިއްތަ ދުވަހު އޭނާ ފޮނުވި ވަރުގަދަ މެސެޖެއްގައި، އީރާނު ހިމެނޭހެން މުސްލިމް ގައުމުތަކާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ހިންގާ އުދުވާނާ މެދު އަލް-އަޒްހަރު ޔުނިވާސިޓީގެ އިލްމުވެރިން ހަނުތިއްބަވާތީ އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

ދުނިޔޭގެ ފެންވަރުގައި ބަލައިގަނެވިފައިވާ، ހަގީގީ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް މަޝްހޫރު ފިލްމުތައް އުފައްދާ މަޖީދީ ބުނި ގޮތުގައި، ޣައްޒާއިން ފެށިގެން އީރާނާ ހަމައަށް މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުގެ މަސްއޫލިއްޔަތު އަލް-އަޒްހަރުގެ އިލްމުވެރިން ވަނީ ދޫކޮށްލާފައެވެ.

"މުހައްމަދު: ދަ މެސެންޖަރ އޮފް ގޯޑް" ފިލްމުގެ ޑައިރެކްޓަރު، މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީގެ އިލްމުވެރިންނަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ، އެ ޔުނިވާސިޓީއަކީ މުސްލިމުންގެ އެއްބައިވަންތަކަމަށް ވަކާލާތުކުރާ ސުންނީ އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ މަރުކަޒަށް ވާތީއެވެ.

"އަޅުގަނޑު މިހުރީ މިސްރުގެ އަލް-އަޒްހަރު ޔުނިވާސިޓީގެ އިލްމުވެރިންނާއި ޕްރޮފެސަރުންނާ މެދު މާޔޫސްވެ އަދި ރުޅިގަދަވެފައި. އެއީ ފާތިމަތުގެފާނުގެ ނަންފުޅަށް ނިސްބަތްވާ، އެއްޒަމާނެއްގައި ސުންނީ  މުސްލިމުންގެ ފަރާތުން އެންމެ އިސް ބަސް ބުނި، އަދި ހުރިހާ މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ޝިއާރު އުފުލި މަރުކަޒެއް،" މަޖީދީގެ މެސެޖުގައި ލިޔެފައިވެއެވެ.

މަޖީދީ ވަނީ "ތެލުގެ މުއްސަނދިކަން ލިބިފައިވާ އަނިޔާވެރިންގެ" އެހީތެރިކަމަށް ބަރޯސާވާ އިލްމުވެރިންނާއި، އިސްލާމީ އުސޫލުތައް ނަގަހައްޓާ ކަމަށް ބުނާ އިލްމުވެރިންނާ ދެމެދު ހުރި ތަފާތު ފާހަގަކޮށްފައެވެ.

ފުރަތަމަ ބުނި ފަދަ އިލްމުވެރިންގެ ފަރާތުން އެއްވެސް އުންމީދެއް ނެތް ކަމަށް ބުނެ، އޭނާ އިތުރަށް ބުނެފައިވަނީ އަނިޔާ ލިބޭ މީހުންގެ ފަރާތުން ވަކާލާތު ކުރުމުގެ ބަދަލުގައި "މިޒަމާނުގެ އަބޫ ޖަހުލުން" އިލްމުވެރިން ދިފާއުކުރަމުން ދާ ކަމަށެވެ.

"ގިޔާމަތް ދުވަހެއް ނާންނާނެ ކަމާއި، މާތްﷲ އާއި ރަސޫލާ އަދި ފާތިމަތުގެފާނުގެ ކުރިފުޅުމަތީގައި ހުއްޓެން ނުޖެހޭނެކަމުގެ އިލްމު އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ނަމަ، އަޅުގަނޑުމެންނަށްވެސް އެކަން އަންގަވައިދެއްވާ،" އާޚިރަތް ދުވަހު ޖަވާބުދާރީވާން ޖެހޭނެ ކަމުގެ މައްޗަށް އިޝާރާތްކޮށް މަޖީދީ ބުންޏެވެ.

ސުންނީ މުސްލިމް ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް މަރުކަޒު ކަމަށްވާ އަލް-އަޒްހަރު ޔުނިވާސިޓީން، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އެއްވެސް އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފައެވެ.

އަލް-އަޒްހަރު ޔުނިވާސިޓީމާޖިދު މަޖިދީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އީރާނުން އިޒްރޭލުގެ އަސްކަރީ މަރުކަޒުތަކަށާއި ސައުދީ އަރަބިއްޔާގައި ހުންނަ އެމެރިކާގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް ވަރުގަދަ ހަމަލާތަކެއް ދީފި

23 މާރިޗު 2026
އިރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލާއި ސުއިސައިޑް ޑްރޯން ބޭނުންކޮށްގެން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ރައްދުގައި ދޭ ހަމަލާތަކުގެ އާ ބުރެއް ކުރިއަށް ގެންގޮސްފި

އިރާނުގެ އަސްކަރިއްޔާއިން ބެލިސްޓިކް މިސައިލާއި ސުއިސައިޑް ޑްރޯން ބޭނުންކޮށްގެން، އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ރައްދުގައި ދޭ ހަމަލާތަކުގެ އާ ބުރެއް ކުރިއަށް ގެންގޮސްފި

23 މާރިޗު 2026
އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

އީރާނުން އެފް-15 ހަނގުރާމަމަތީ ބޯޓަކަށް މިސައިލް ހަމަލާދީފި

23 މާރިޗު 2026
އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެމެރިކާގެ މަނަވަރުތަކުގެ މިސައިލް ސްޓޮކް ވަރަށް ބޮޑަށް މަދުވެ، ހަތިޔާރު ހުސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައި

23 މާރިޗު 2026
ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

ޓްރަމްޕްގެ 'ބޯހަމަނުޖެހޭ އިންޒާރުތަކަށް' އީރާނުން ރައްދުދޭނީ ހަނގުރާމައިގެ މައިދާނުގައި: ޕެޒެޝްކިއާން

23 މާރިޗު 2026

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު