Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

ދުނިޔޭގެ ހުދުމުހުތާރު ވެރިކަންތައް ހިނގަމުންދާ ބައެއް ޤައުމުތަކުގައިވެސް ކަންކަން ހިނގަނީ އެމަގުންކަމަށް އޭނާ ވިދާޅުވި. އެގޮތުން ރައީސް އުފައްދަވަން އުޅުއްވަނީ ރަސްކަމަކަށްވުރެވެސް އެމަނިކުފާނުގެ ބާރު ގަދަވާނެ ފަދަ ވެރިކަމެއްކަމަށް ވައްޑެ ފާހަގަ ކުރެއްވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 03:53
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ)

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) | ރާއްޖެ އެމްވީ

ރައިސް ޑރ މުހައްމަދު މުއިއްޒު ގެންނަވަން އެ އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުންނެވޭނެ ފަދަ ނިޒާމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަންޖެހޭ އެތައް ސަބަބެއް މިހާރުވެސް ރައްޔިތުންނަށް ހާމައަށް ފެންނަމުންދާ ކަމަށާއި، ސަރުކާރުން އެ ވޯޓަށް ނުފޫޒު ފޯރުވަމުންދާ މިންވަރުވެސް ފެންނަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ވައްޑެ ވިދާޅުވީ، ރައީސް ބޭނުންފުޅުވާ ގޮތަށް ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ފާސްވެއްޖެނަމަ ރިޔާސީ ދައުރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބަދަލު އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އޭނާއަށް ޤަބޫލު ކުރެވޭ ގޮތުގައި މަޖިލީހުގެ ދައުރު ކުރު ކުރުމަށްވުރެ ގާތީ ރިޔާސީ ދައުރު ދިގު ކުރުމެވެ.

ވައްޑެ ވިދާޅުވީ، މި ސަރުކާރު އޮތީ ވެރިކަމަށް ދަހިވެތިވެފައި ކަމަށާއި، ރައްޔިތުން ކުޑަކުޑަ ޖާގައެއް ދިން ނަމަވެސް، އެއަށްވުރެ ބޮޑުތަން މި ސަރުކާރުން ދަމައިގަންނާނެ ކަމަށެވެ. އެހިސާބުން ދެން ރައްޔިތުންނަށްވެސް ކުރެވޭނެ ކަމެއް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ގޮތަކީ މަޖިލިސް އުމުރު ކުރުކޮށްލާނީ، އަނެއް ގޮތަކީ ރިޔާސީ ދައުރު ދިގުކޮށްލާނީ، އަޅުގަނޑު ޤަބޫލު ކުރަނީ މަޖިލިސް ދައުރު ކުރެއް ނުކުރާނެއޭ، ރިޔާސީ ދައުރު ދިގޭ ކުރާނީ، ރައްޔިތުން ރުހުން ދީފައޭ އެ އޮތީ ދައުރު ދިގުކުރަން، ކައިވަތެއް ދީފިއްޔާ މޭލެއް ދަމައިގަންނާނެއޭ ބުނާހެން
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) 


ވައްޑެ އިތުރަށް ވިދާޅުވީ، ދިވެހި ރައްޔިތުންވެސް އަބަދު ހުދުމުހުތާރު ވެރިކަމަކަށް އާނބަސް ބުނެގެން ނުތިބޭނެ ކަމަށާއި، އަޅުވެތިކަމުގައިވެސް ތާއަބަދު ނުތިބޭނެ ކަމަށެވެ. އަދި ވިދާޅުވީ، ރައިސް ޑރ މުހައްމަދު މުއިއްޒު ގެންނަވަން އެ އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުންނެވޭނެ ފަދަ ނިޒާމެއް ކަމަށެވެ.

ހަގީގަތުގައި މުއިއްޒު ވިރާސީ ރަސްކަން ނުކިޔުއްވާ މި އައްސަވަނީ އެއްކަލަ ބުނާހެން ރައިސްކަމުގައި އެކަމަކު ރަސްކަލެއްގެ ބާރުގައި ހުންނެވޭނެ ނިޒާމެއް ގެންނަން އެ އުޅުއްވަނީ، އެހެންވީމާ ރައްޔިތުން މިފަހަރު ނޫނެކޭ ބުނަން ޖެހެނީ، އަލުން އަނބުރާ ވިރާސީ ރަސްކަމަކަށް ނޫނެކޭ ބުނަން މި ޖެހެނީ،
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) 

މީގެ އިތުރުން، ދުނިޔޭގެ ހުދުމުހުތާރު ވެރިކަންތައް ހިނގަމުންދާ ބައެއް ޤައުމުތަކުގައިވެސް ކަންކަން ހިނގަނީ އެމަގުންކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސް އުފައްދަވަން އުޅުއްވަނީ ރަސްކަމަކަށްވުރެވެސް އެމަނިކުފާނުގެ ބާރު ގަދަވާނެ ފަދަ ވެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން ރެފަރެންޑަމް ވޯޓުގައި ހުރިހާ ރައްޔިތުންވެސް ނޫނެކޭ ބުނުމަށް ވައްޑެ ވަނީ އެދިވަޑައިގެންފައެވެ.

 

 

މުހައްމަދު ވަހީދު (ވައްޑެ)ނޫނެކޭރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު