Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓުގައި އާނއެކޭ ބުނެއްޖެނަމަ ރައީސަށް ހުރިހާ ބާރެއް ލިބޭނެ، އެހިސާބުން ފެނާއި ކަރަންޓުގެ އަގުވެސް ބޮޑުވާނެ: އިލްހާމް

އިލްހާމް ވިދާޅުވީ، ގޮތް ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ސިޔާސީ ކަންކަމުގައި ޖެހި އަމިއްލަ އަތުގައި އޮތް ބާރު ދޫކޮށްނުލުމަށް އިލްތިމާސް ކުރައްވާ ކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:20
ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު

ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު | ރާއްޖެ އެމްވީ

ރެފަރެންޑަމް ވޯޓުގެ ނިންމުން ރައީސް ޑރ މުޙައްމަދު މުއިއްޒު ބޭނުންވާ ގޮތަށް އަންނަ ހިސާބުން ފެނާއި ކަރަންޓު އަދި ތެލުގެ އަގު ބޮޑުކުރާނެކަމަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ޙައްޤުތައް ނިގުޅައިގަނެވިގެންދާނަމަ ހަމަޖެހުމެއް ނޯންނާނެ ކަމަށާއި، ރައްޔިތުންނަށް ލިބިފައިވާ ޙައްޤުތައް ދޫކޮށްލަން އެ ރައްޔިތުން ވެސް ނުރުހޭނެ ކަމަށެވެ. އަދި އެކަމަށް ނުރުހޭކަން ދެއްކުމުގެ ގޮތުން ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނަން ޖެހޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، ރައީސް މުއިއްޒު ބޭނުންވާ ގޮތަށް ވޯޓުގެ ކަންކަން ދާ ހިސާބުން ފެނާއި ކަރަންޓު އަދި ތެލުގެ އަގު ބޮޑުކުރާނެ ކަމަށާއި، އެހިސާބުން ރައްޔިތުންނެއް މުހިއްމެއް ނުވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައްޔިތުން އެމީހުންގެ ބާރުވެރިކަން އަތުން ދޫކޮށްލަންވީހޭ ނުވަތަ ނޫންހޭ ރައްޔިތެއްގެ ގޮތުން އެންމެ ފުރަތަމަ އުފައްދަންޖެހޭ ސުވާލަކީ، ބާރު ދޫ ނުކުރަން ބޭނުންވާނަމަ މިއަށް ނޫނެކޭ ބުނަންވީ. މި އިންތިޚާބު ނިމޭތަނުން މުއިއްޒަށް އާނއެކޭ ބުނެ މޮޅުވެއްޖެއްޔާ ފެނާއި ކަރަންޓު ބިލު ބޮޑުކުރާނެ، އަދި ތެލުގެ އަގު ބޮޑުކުރާނެ، މަސްވެރިންވެސް ވިސްނަންޖެހޭ މިކަމާ.
ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު

އިލްހާމް ވިދާޅުވީ، ގޮތް ނިންމުމުގެ ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، ސިޔާސީ ކަންކަމުގައި ޖެހި އަމިއްލަ އަތުގައި އޮތް ބާރު ދޫކޮށްނުލުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ރައްޔިތުން ބާރު ދޫކޮށްލާ ހިސާބުން އެތައް ގެއްލުންތަކެއްވެފައިވާކަން ރާއްޖޭގެ ތާރީޚުންވެސް އެނގި ހާމަވާން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ރެފަރަންޑަމް ބިލުއިލްހާމް އަހުމަދުނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

23 މާރިޗު 2026
ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

23 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

23 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު