Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ބިލު ތަސްދީގު ކުރުމުގެ މުއްދަތާ ގުޅޭގޮތުން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 މާރިޗު 2026 | ހޯމަ 07:58
ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓް | ރާއްޖެއެމްވީ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށްކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އިބްރާހީމް ޝިޔާމް އަދި އަލްއުސްތާޒު އައިކް އަހުމަދު އީސާއެވެ. މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަނެ މިހާރު މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ.

 އެހެންނަމަވެސް، ބިލު ތަސްދީގު ކުރުމުގެ މުއްދަތާ ގުޅޭގޮތުން ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ރިފަރެންޑަމް ވޯޓާ ގުޅޭގޮތުން ދެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، މި ދެ މައްސަލައަކީ އެކުއެކީގައި ހުށަހެޅުނު ދެ މައްސަލަ އެވެ.

 ރިފަރެންޑަމްގެ ސުވާލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައަށް ބަލާއިރު، އައިކް ވިދާޅުވީ، ސުވާލުގެ އިބާރާތް އޮތީ ޤާނޫނުއަސާސީއަށް ގެނައި 8 ވަނަ އިސްލާޙު ތަސްދީޤު ކުރަން ފެނޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެ އިސްލާޙުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގަން ޖެހޭ ކަންކަމާ ނުގުޅޭ ގިނަ ތަފްސީލުތަކެއްވެސް ހިމެނޭކަމަށެވެ. އަދި ވިދާޅުވީ، ހަގީގަތުގައި ސުވާލު ކުރަންޖެހޭނީ މަޖިލީހުގެ ދައުރު ކުރުކުރަން ރައްޔިތުން އެއްބަސްވޭތޯ ނުވަތަ ނޫންތޯ ކަމަށެވެ.

މި ސުވާލު މިހާރު އޮތްގޮތުން ރައްޔިތުންނަށް ވޯޓު ލެވެނީ ކޮން ކަމަކަށްކަންވެސް އަދި ނަތީޖާވެސް ސާފު ނުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ޤައުމަށް ދިމާވެދާނެ ގެއްލުންތައްވެސް ބޮޑުވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ޤާނޫނީ ވަކީލު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަށް ބަލާއިރު، އެ މައްސަލައިގައި ބުނެފައިވަނީ، ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާޙުތައް ތަސްދީޤު ކުރުމަށް ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައެޅިފައިވާ މުއްދަތާ މި މައްސަލަ ޚިލާފުވެފައިވާ ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީއަށް ގެނައި އިސްލާޙު ތަސްދީޤު ކުރުމަށް ފެބްރުއަރީ 11 ގައި ރައީސް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގައި ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙެއް ފާސް ކުރުމަށްފަހު ތަސްދީޤު ކުރުމަށް ލިބެނީ 15 ދުވަހުގެ މުއްދަތެކެވެ. އަލީ ހުސައިން ވިދާޅުވި ގޮތުގައި ބަންދު ދުވަސްތައް ހިމަނައިގެން ގުނި ނަމަވެސް މިހާރު އެ މުއްދަތު ވަނީ ފާއިތުވެފަ އެވެ.

އެހެންކަމުން މިހާރު އެ ބިލަކީ ބާތިލު ބިލެއް ކަމަށާއި، ބާތިލު ބިލެއްގެ މައްޗަށް އަހަންޖެހޭ ވޯޓެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ސުޕްރީމް ކޯޓަށް އޭނާ ހުށަހަޅާފައިވާ މައްސަލައިގައިވެސް އެދިފައިވަނީ އެގޮތަށެވެ.

ނޫނެކޭދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުއައިކް އަހުމަދު އީސާއަލީ ހުސެއިން

އިތުރަށް ކިޔާލަން

23 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

23 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ
22 މާރިޗު 2026

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު
22 މާރިޗު 2026

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

22 މާރިޗު 2026
މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ
22 މާރިޗު 2026

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު
21 މާރިޗު 2026

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

21 މާރިޗު 2026
ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު