Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރައީސްގެ ޤަރާރާ ގުޅިގެން އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާންމު އުސޫލާ ޚިލާފަށް ލަސްކުރަމުންދާކަން ފާހަގަވޭ: މައުރޫފް

މައްސަލަ ރަޖިސްޓަރީ ކޮށްދޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާކަން ފާހަގަ ކުރައްވައި މައުރޫފް ވިދާޅުވީ، ކޯޓުގެ އާންމު އުސޫލާ ހިލާފަށް މި މައްސަލައިގައި ކޯޓުން އަމަލުކުރަމުންދަނީ ގަސްތުގައި މައްސަލަ ލަސްކުރުމުގެ ބޭނުމުގައިކަން ފާހަގަކުރެވޭކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މާރިޗު 2026 | ހޯމަ 09:16
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް | ރާއްޖެއެމްވީ

ރެފަރެންޑަމްއާ ގުޅޭ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ގަސްތުގައި ލަސްކުރަމުންދާކަން ފާހަގަ ކުރެވޭކަމަށް ޤާނޫނީ ވަކީލް އަދި އިދިކޮޅު އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލުމަށްޓަކައި 4 އެޕްރީލްގައި އާއްމު ވޯޓު ނެގުމަށް ނިންމައި ނެރުނު ރިޔާސީ ޤަރާރު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފޯމު 4 ވަނަ ފަހަރަށް އިސްލާހުކޮށް، 11 މާރޗުގައި ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ކޯޓަށް އެ ފޯމު ލިބިފައިވާކަމަށް ހޯމަ ދުވަހު އަންގާފައިވާކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް، އެ މައްސަލަ ރަޖިސްޓަރީ ކޮށްދޭނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ކޯޓުގެ އާންމު އުސޫލާ ހިލާފަށް މި މައްސަލައިގައި ކޯޓުން އަމަލުކުރަމުންދަނީ ގަސްތުގައި މައްސަލަ ލަސްކުރުމުގެ ބޭނުމުގައިކަން ފާހަގަކުރެވޭ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، 2026 ފެބްރުވަރީ 16 ވަނަ ދުވަހު ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނެރުއްވާފައިވާ ޤަަރާރުގައި ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 10 ވަނަ މާއްދާއިން ހިމެނުމަށް، ލާޒިމުކުރާ ފަދަ މައުލޫމާތު ކަރުދާހެއް ހިމަނައިފައި ނުވާތީ، އެ ޤަރާރުގައި ޤާނޫނީ ހައިސިއްޔަތު ނެތް ސަބަބަށް ޓަކައި، އެ ޤަރާރު ބާތިލުކަމަށް ކަނޑައެޅުމަށް ދައުވާ ކުރާ ކަމަށެވެ. 

ދައުލަތުގެ އިދާރާ އަކުން އެޅި ފިޔަވަޅެއްގެ ސަބަބުން ޙައްޤަކަށް އުނިކަން ލިބުނު އިދާރީ ފިޔަވަޅުގެ ތަފުސީލުގައި އެމްޑީޕީ އިން ބުނެފައި ވަނީ  ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނު އަސާސީ އަށް ގެނައުމަށް ފާސްކޮށްފައިވާ އިސްލާހަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓް ނަގާނީ، "ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026" ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކޮށްފައިވާ 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުން ކަމަށެވެ. 

 މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ، އެ ނިންމެވުން ނިންމެވިކަން އާޢްމުކޮށްފައިވާ ހުއްޖަތުތައް ބަޔާންކުރާ މައުލޫމާތު އެކުލެވިގެންވާ "މައުލޫމާތު ކަރުދާސް" ހިމަނައިފައި ނެތް ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. 

މައުރޫފްނޫނެކޭރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

ރެފަރެންޑަމް ވޯޓުގެ ސުވާލު އިބާރާތްކޮށްފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

23 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

ދެ އިންތިހާބު އެއްކޮށްލަން އަހާ ސުވާލު އޮތީ ޤާނޫނުއަސާސީގެ ތެރެއިން އަދި ރެފަރަންޑަމަކަށް ވޯޓަށް އެހޭ ކަހަލަ ގޮތަކަށް ވެސް ނޫން: ބިގޭ

23 މާރިޗު 2026
ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

22 މާރިޗު 2026

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު