Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީ

ރައީސް މުއިއްޒު ސަރުކާރުގެ ސިޔާސަތެއް ނެތް، ސިޔާސަތަކަށް ގެންގުޅެނީ ''ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް'' : މެންބަރު ޒިޔާދު

މެންބަރު ޒިޔާދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ބޭނުންވަނީ ޚަރަދު ކުޑަކުރަން ކަމަށް ބުނި ނަމަވެސް، ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެކަން ރައްޔިތުން ގަބޫލުނުކުރާ ކަމަށް. ސަރުކާރު ހިންގާ ޕީއެންސީން ވަޒީފާގެ ނުފޫޒާއި ފައިސާ ބޭނުންކޮށްގެން ކެމްޕޭން ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވައި، މެންބަރު ޒިޔާދު ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކާއި އެމްބަސީތަކަށް ބޮޑު ހޭދައެއް ކުރާ ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 10:27
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު ވާހަކަ ދައްކަވަނީ | ރައްޔިތުންގެ މަޖިލިސް

 ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތެއް ނެތް ކަމަށާއި، ސިޔާސަތަށް ގެންގުޅެނީ '' ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހެއް '' ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ފުރަތަމަ ދެއްކީ ހަރަދުގެ ވާހަކަ ކަމަށެވެ. ނަމަވެސް ސަރުކާރުން ކަންކަން ކުރާ ގޮތުން އެކަން ރައްޔިތުން ގަބޫލުނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ކޮންމެ ގޮތަކުން ވެސް ދެ އިންތިޚާބު އެއްކޮލުމަށް ނަގާ ރެފަރެންޑަމް ކާމިޔާބު ކުރަން ސަރުކާރުން ބޭނުންވާކަން ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ސިޔާސަތެއް ރައްޔިތުންނަށް ވިއްކަން ޖެހޭ ކަމަށެވެ. ޕީއެންސީގެ ހަގީގީ ސިޔާސަތެއް ނެތް ނަމަވެސް ސިޔާސަތެއްގެ ގޮތުގައި ގެންގުޅެނީ ގަނޑުކަނޑާ ފޮތަކާއި، ކަޅު ދަބަހެއް ކަމަށެވެ. 

އެގޮތުން އެރަށެއްގައި ވަޒީފާގައި ނެތީ ކިތައް މީހުންތޯ އާއި، އެ އާއިލާއަކަށް އެވަގުތަކު އެންމެ ބޭނުންވާ ކަންކަން ބަލައި، ވަޒީފާގެ ޕްރޮމޯޝަންތައް ދެމުންދާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

ބަލާނީ އަބަދުވެސް ވަޒީފާ. ކިތައް ކުދިންތޯ މި ރަށުގައި އުޅެނީ ވަޒީފާ ނުލިބި، ކޮން އާއިލާއަކަށް ވަޒީފާއަށް ދީގެންތޯ އެ އާއިލާ މީހުންގެ ވޯޓު ލިބޭނީ، ކާކަށްތޯ ކޯއްޗެއް، ކޮން ގޮތެއް ހަމަޖައްސައިދީގެންތޯ މިކަން ކުރެވޭނީ؟ އެއީ ސިޔާސަތަކީ. ގެންގުޅޭނީ ހަމަ ގަނޑުކަނޑާ ފޮތަކާއި ކަޅު ދަބަހަކާ. އެއީ ސިޔާސަތަކީ. އެ ސިޔާސަތުތަކާ އެއްކޮށް ރައްޔިތުންގެ ކުރިމައްޗަށް ނުކުތީމަ މިހެން އެވަނީ. ރަށަކުން އަޑެއް ނީވޭ ޚަރަދުގެ ވާހަކައެއް. ހަރަދުގެ ވާހަކަ ކިހިނެއްތޯ ދައްކާނީ؟ އިންތިޚާބު ފަސް އަހަރު އެއް އަހަރު ބާއްވާ އިންތިޚާބެއްގައި މި ކިޔަނީ ފަންސާސް މިލިއަން ޚަރަދުވެއޭ. އެ ބޮޑޭ. މަހަކު ފަންސާސްހަތަރެއް މިލިއަން އެމްބަސީތަކަށް އެބަ ހަރަދު ކުރޭ. މަހަކު ފަންސާސްހަތަރެއް މިލިއަން. އެ ރަށެއްގެ ރައްޔިތުންނަށް އިނގޭނެތާ ނުކަތާވަރަށް އެތަނުގައި މުވައްޒަފު އެބަ ތިބިކަން. އެ ރަށުގެ ރައްޔިތުންނަށް އިނގޭތޯ އައްޔަންކުރި. މި ކައުންސިލުން އަދަދު މަދުކުރި ފަހަކުން ތިނަކަށް. މަދުކޮށްފައ 5 އައްޔަންކޮށްފައި އެބަހުރި. އޭގެ ޑަބަލް މުސާރައިން. އެކަން އެރަށުގައި އުޅޭ ރައްޔިތުންނަށް ފެންނާނެ. އަދި ބަޔަކު ޓީވީން ކޮންމެ އެއްޗެއް ކިޔަސް، މި ފެންނަން ހުރި ކަންކަން.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ، ޕީއެންސީން ކެންޕޭން ކުރަމުންދަނީ ތަފާތު ސްޓައިލެއްގައި ކަމަށެވެ.

އެއީ މަޖުބޫރުން މުވައްޒަފުން ނެރިގެން ކަމަށާއި، އެމުވައްޒަފުންނަށް ރުފިޔާ ދީގެން ކަމަށެވެ.

އެހެންކަމުން ޕީއެންސީން ކުރިއަށް ގެންދާ ހުރިހާ ހަރަކާތްތައް ހަރަދު އިންތިހާއަށް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕީއެންސީގެ ހަރަދު ބޮޑުވި ނަމަވެސް ދިވެހި ރައްޔިތުން އިންތިޚާބުތަކަށް ވަރަށް ހޭލުންތެރި ކަމަށާއި، މިވާނުވާ ރައްޔިތުންނަށް އެނގޭ ކަމަށެވެ.

ޕީއެންސީޚިޔާލު ހޯދުމުގެ ވޯޓުވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުނޫނެކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

22 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު