Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރެފަރެންޑަމް ވޯޓު

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

ޔައުޤޫބް ވިދާޅުވީ، ދިވެހި ރައްޔިތުން އެމީހުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، ސުޕްރީމް ކޯޓުގެ މިނިވަންކަން އެނގެމުންދާނީ އެ މައްސަލަތަކާމެދު ކޯޓުން އަމަލުކުރާ ގޮތް ފެނުމުންކަމަށް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 14:38
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ.

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ. | ރާއްޖެ އެމްވީ

އެމްޑީޕީގެ ވެރިކަން ނޫން އެހެން ވެރިކަންތަކުގައި އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓު އެއްކޮށް ހަލާކުކޮށްލާ މަންޒަރުކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ވިދާޅުވީ، ސުޕްރީމް ކޯޓަށް މިހާރު ރައްޔިތުން ކުރަމުންދާ އިތުބާރު ގެއްލެމުންދާ ކަމަށާއި، ސުޕްރީމް ކޯޓު ކުރިން ހިނގަމުން އައި ގޮތް މިހާރު ބަދަލުވަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ވަކިން ޚާއްސަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމުން ކަންކަން ވެގެން ދިޔަ ގޮތުންވެސް ރައްޔިތުންނަށް ވަރަށް ގިނަ ކަންކަން ސާފުވެގެން ގޮސްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ސުޕްރީމް ކޯޓަށް ރިފަރެންޑަމްއާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލަވެސް ކުރިއަށްދާނެ ކަމާމެދު ޔައުޤޫބް ސުވާލު އުފެއްދެވި އެވެ.

ބޭނުންހާ ދުވަހެއް ވަންދެން ހަމަ އެއްވެސް މުއްދަތެއް ނެތްގޮތަށް ކޭސްތަކެއް އެގޮތަށް ފައިލްކޮށްފައި ބޭއްވޭނެ ތަނެއް ނޫން އެއީ، އެހެންނަމަވެސް ބައްލަވާ މިހާރުވެސް ސުޕްރީމް ކޯޓުގައި ވާނެ ފްލޯ ކްރޮސް ކުރުމުގެ މައްސަލަ.
ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުޤޫބް އަބްދުﷲ 

ޔައުޤޫބް ވިދާޅުވީ، ދިވެހި ރައްޔިތުން އެމީހުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭ މައްސަލަތައް ހުށަހެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި، ސުޕްރީމް ކޯޓުގެ މިނިވަންކަން އެނގެމުންދާނީ އެ މައްސަލަތަކާމެދު ކޯޓުން އަމަލުކުރާ ގޮތް ފެނުމުންކަމަށެވެ.

ޔައުޤޫބް އިތުރަށް ވިދާޅުވީ، އެމްޑީޕީ ވެރިކަމަށް އަންނައިރު ގެންނަ ސިޔާސަތުތަކުގެ ތެރެއިން އެންމެ މައިގަނޑު އެއް ސިޔާސަތެއްގެ ގޮތުގައި އަބަދުވެސް އޮންނާނީ ފަނޑިޔާރުގެ އިސްލާޙުކުރާ ވާހަކަ ކަމަށާއި، އެމްޑީޕީގެ ވެރިކަން ނޫން އެހެން ވެރިކަންތަކުގައި އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓު އެއްކޮށް ހަލާކުކޮށްލާ މަންޒަރު ކަމަށެވެ.

ޔައުގޫބު އަބްދުﷲއެމްޑީޕީރެފަރަންޑަމް ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

ސަރުކާރުން ދެ އިންތިޚާބު އެއްކުރަން އުޅޭ ގޮތް ގޯސް، ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ އެހެންވެގެން: މާރިޔާ

21 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

މި ސަރުކާރަކީ އަގަލެއް ހުރި ސަރުކާރެއް ނަމަ އައްޑޫ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދާން ނުކެރޭނެ: ނިޒާރު

20 މާރިޗު 2026
30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު