Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ވޯޓު ގަންނަން ކުރިއަށްގެންދާ ކެމްޕޭނުގައި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބޭނެކަން ރައީސަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަސައްކަތް ކުރަނީ އެ ސަބަބާ ހުރެ ކަމަށް ވެސް ވައްޑެ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2026 | ހޮނިހިރު 18:07
ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމް

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމް | ރާއްޖެ އެމްވީ

ރިޔާސީ އިންތިޚާބަށް ފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ވޯޓު ގަންނަން ކުރިއަށްގެންދާ ކެމްޕޭނުގައި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބޭނެކަން ރައީސަށްވެސް އެނގިވަޑައިގަންނަވާކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ، މަޖިލިސް މެމްބަރުން މުލިއާގެއަށް ވަނުމުން ކުރިން ދައްކަމުން އަންނަ ވާހަކަތައް ބަދަލުވާ ކަމަށާއި، މިހާރު ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ މި ސަރުކާރުގެ އަޅުން ކަމަށެވެ.

Advertisement - newsAdvertisement

ހަމައެއާއެކު، މީގެ ކުރިން ޕީއެންސީގައި އެންމެ ކުޑަމިނުން ބަސް ވިދާޅުވާން ކެރޭ މެމްބަރުން ތިބޭކަމަށްވެސް ވައްޑެ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއަދު މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެމްބަރުންނަކީ ނުހަނު ބަލިކަށި ބައެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.

އެ ކަންބޮޑުވުން ހުދު ޕީއެންސީގެ މެމްބަރުންވެސް ހިއްސާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ވައްޑެ އިތުރަށް ވިދާޅުވީ، މަޖިލީހުގައި ބިދޭސީ މުވައްޒަފުން ނަގައިގެން ގެންގުޅެވޭނަމަ މިއަދުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ކަންކުރައްވާނީ އެގޮތަށް ކަމަށެވެ. އެގޮތުން ރައީސް ބޭނުންފުޅުވާ ގޮތަކަށް މަޖިލީހުގެ މެމްބަރުންނާމެދު ކަންކަން ކުރައްވަމުން ގެންދަވާކަމަށް ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން، ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ވޯޓު ގަންނަން ކުރިއަށްގެންދާ ކެމްޕޭނުގައި ޕީއެންސީގެ މެމްބަރުންގެ އެއްބާރުލުން ނުލިބޭނެކަން ރައީސަށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން މަސައްކަތް ކުރަނީ އެ ސަބަބާހުރެކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.

މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުން ތިއްބެވީ ރިޝްވަތުގެ ފައިސާގައި ޖެހިގެންކަމަށް މި ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާން އަބްދުﷲ ވަހީދުވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މިއަދު އެންމެ ކުޑަމިނުން ދާއިރާއާ ގުޅުންހުރި ކަމެއްގައިވެސް ސުވާލެއް ކޮށްލަން ޕީއެންސީގެ މެމްބަރުންނަށް ކެރިވަޑައިނުގަންނަވާ ކަމަށެވެ.

ވަހީދު ވިދާޅުވީ، އިންތިޚާބުގެ ކަންކަން ތަރުތީބުވަމުންދާ ގޮތުން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

ރެފަރަންޑަމް ބިލުނޫނެކޭމުހައްމަދު ވަހީދު (ވައްޑެ)

އިތުރަށް ކިޔާލަން

21 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން
21 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް
20 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް
20 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"
19 މާރިޗު 2026

ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު

19 މާރިޗު 2026
ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު