Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕިކަޕް ޖަލްސާ

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

މި ހިނގަމުންދާ ސަރުކާރުގައި ހަނގުރާމައިގެ ޙާލަތެއްގައިވެސް ފެންނަމުންދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ސިއްރު ކުރަމުންދާ މަންޒަރު ކަމަށާއި، މިއަދު އޮތް ސަރުކާރަށް މުހިއްމުވަނީ ހަމައެކަނި ސިޔާސީ ކުރިއެރުންކަމަށްވެސް އިހުސާން ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2026 | ހޮނިހިރު 14:40
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން. | ރާއްޖެ އެމްވީ

އޭޕްރީލް 4 ގައި އޮންނަ ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ދޭކަމަށް  އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން އެހެން ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ޕިކަޕް ޖަލްސާގަ އެވެ. އެގޮތުން ޕިކަޕް ޖަލްސާގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ އޭޕްރީލް 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސަރުކާރުން އޮޅުވާލުމެއްގެ ތެރެއިން ނަގާ ވޯޓެއްކަން ފާހަގަ ކުރައްވައި އެ ވޯޓުގައި ނޫނެކޭ ޖަހާފައިވާ ގޮޅީގައި ހެޔޮ ފާހަގަ ޖެހުމަށް އެދިވަޑައިގެންފަ އެވެ.

Advertisement - newsAdvertisement

މީގެ އިތުރުން، މި އިންތިޚާބުގައި ނަގާ ވޯޓުގެ ނަތިޖާ އަންނަ ގޮތެއްގެ ސަބަބުން ހިނގަހިނގާ އޮންނަ މަޖިލީހުގެ ދައުރެއްގެ 6 މަސް އުނިވެގެންދާކަން ފާހަގަ ކުރައްވައި މެމްބަރުން ވަނީ އެކަން ސަރުކާރުން އޮޅުވާލަމުންދާކަމަށް ވިދާޅުވެ، މިއަދުގެ ސަރުކާރާއި ބަންޑާރަނައިބަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ކޮވިޑް 19 ގެ ދަތި އުނދަގޫ ޙާލަތުގައިވެސް އޭރުގެ ސަރުކާރުން އިސްކަން ދީފައިވާނީ އާންމު ރައްޔިތުންނަށް ކުރިމަތިވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމަށާއި، އިންކަމް ސަޕޯޓު އެލަވަންސްއާއި އެނޫންވެސް އެކި ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިވާނެ މަގުތައް އެމްޑީޕީން ފަހިކޮށްދީފައިވާނެ ކަމަށެވެ.

އެހެންނަމަވެސް މި ހިނގަމުންދާ ސަރުކާރުގައި ހަނގުރާމައިގެ ޙާލަތެއްގައިވެސް ފެންނަމުންދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ސިއްރު ކުރަމުންދާ މަންޒަރު ކަމަށާއި، މިއަދު އޮތް ސަރުކާރަށް މުހިއްމުވަނީ ހަމައެކަނި ސިޔާސީ ކުރިއެރުންކަމަށްވެސް އިހުސާން ވިދާޅުވި އެވެ.

މިހާރު މި ހިނގަމުންދާ ސަރުކާރުގައި ހަނގުރާމައިގެ ޙާލަތެއްގައިވެސް ފެންނަމުންދަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލައި ސިއްރު ކުރަމުންދާ މަންޒަރު، މިއަދު އޮތް ސަރުކާރަށް ހަގީގަތުގައި މުހިއްމުވަނީ ހަމައެކަނި ސިޔާސީ ކުރިއެރުން.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން 

އިހުސާން ވިދާޅުވީ، ރެފަރެންޑަމް ވޯޓުގައި ނޫނެކޭ ބުނުމަކީ ރައްޔިތުންނަށް އެކަމުގެ ހެވާއި ލާބައާއި މަންފާ ކުރާނެ ނިންމުމެއް ކަމަށާއި، ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދިނުމަށް އެދޭ ކަމަށެވެ.

އިހުސާންރެފަރަންޑަމް ބިލުނޫނެކޭ

އިތުރަށް ކިޔާލަން

21 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް
20 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް
20 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"
19 މާރިޗު 2026

ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު

19 މާރިޗު 2026
ރައްޔިތުންނަށް އޮޅުވާލައި، އެހެން އިންތިޚާބެއްގެ ފަހަތުގައި ފޮރުވައިގެން ގެންނަ ކަރުދާސްކޮޅަށް ބުނަންވީ ހަމަ ނޫނެކޭ: ރައީސް ސޯލިޙު
19 މާރިޗު 2026

ވޯޓު ގަތުމަށް ވަޒީފާ ބަހަމުންގޮސް މިއަދު ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި: ރައީސް ސޯލިޙު

19 މާރިޗު 2026
ވޯޓު ގަތުމަށް ވަޒީފާ ބަހަމުންގޮސް މިއަދު ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުގައި 15،000ށް ވުރެ ގިނަ މުވައްޒަފުން އެބަތިބި: ރައީސް ސޯލިޙު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު