Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރެފަރެންޑަމް ވޯޓު

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

ދަނޑުފޯރިއާއި، ސަޕޯޓަރުންގެ ގަދަ އަޑާއި، ޓީމުގެ ވަރުބަލިކަމާއި، ތަށި ހޯދުމަށް އެ އޮހޮރާ ދަލަކީ އޭގެ މައްޗަށް ފުޓުބޯޅައިގެ އެ ކުޅިވަރު ބިނާވާ އަސާސްތައް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 07:22
ދަނޑުފޯރިއާއި، ސަޕޯޓަރުންގެ ގަދަ އަޑާއި، ޓީމުގެ ވަރުބަލިކަމާއި، ތަށި ހޯދުމަށް އެ އޮހޮރާ ދަލަކީ އޭގެ މައްޗަށް ފުޓުބޯޅައިގެ އެ ކުޅިވަރު ބިނާވާ އަސާސްތައް

ދަނޑުފޯރިއާއި، ސަޕޯޓަރުންގެ ގަދަ އަޑާއި، ޓީމުގެ ވަރުބަލިކަމާއި، ތަށި ހޯދުމަށް އެ އޮހޮރާ ދަލަކީ އޭގެ މައްޗަށް ފުޓުބޯޅައިގެ އެ ކުޅިވަރު ބިނާވާ އަސާސްތައް | ރާއްޖެ އެމްވީ

 

ފުޓުބޯޅައަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޤްބޫލުކަން އޮންނަ ކުޅިވަރެކެވެ. އެއީ ޒަމާނުއްސުރެ ދިވެހިންގެ އެއްބައިވަންތަކަމާއި، އެކުވެރިކަން ދައްކުވައިދޭ ކުޅިވަރެކެވެ. ބައެއް ފަހަރު އެ ކުޅިވަރުގެ ފޯރީގައި ކޮންމެވެސް ވަރަކަށް ބައިބައިވުން އުފެދުނުނަމަވެސް، އެއީވެސް ބައެއް ފަހަރު ފުޓުބޯޅައިގެ ފޯރިއާއެކު އަންނަ ކަމެކެވެ.

އަޅުގަނޑުވެސް ވަރަށް ފުޓުބޯޅަ މެޗުތައް ބަލާ ހިތްވެއެވެ. މާ ބޮޑަށް ފުޓުބޯޅައިގެ ޓެކްނިކަލް ކަންކަން ފަހުމު ނުވިނަމަވެސް، ގޯލެއް ޖެހީމާ އެ ޖެހީކަން، ރަތްކާޑެއް ދެއްކީމާ އެ ދެއްކީކަން އަޅުގަނޑަށްވެސް ފަހުމުވެއެވެ.

އެހެންވެ އިހަކަށް ދުވަހު ފުޓުބޯޅަ މެޗެއް ބަލާލުމަށް ދަނޑަށްދާން ރޭވީމެވެ. މިއީ ފޯރިގަދަ މެޗަކަށްވާނެއޭ ކިޔާ އަޑުއަހާތީ، ނިކަން ޝައުޤުވެރިކަމެއްވެސް ހުއްޓެވެ.

އެހެންނަމަވެސް މެޗު ބަލަން ދިޔައިރު އެނގުނީ މިފަހަރު މެޗުގެ ޤަވާއިދު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމެވެ. މެޗު އޮގަނައިޒް ކުރި ފަރާތްތަކުން ބޮޑެތި ބަދަލުތަކެއް މިފަހަރު ގެނެސްފައިވާކަމެވެ. އަޅުގަނޑު ހިތަށް އެރިއެވެ. މިއީ ފުޓުބޯޅައެވެ. ގެންނަން ހުންނާނީ ވަކި ކޮން ބޮޑެތި ބަދަލުތަކެއް ބާއެވެ. ދެ ހާފް ކުޅުމަށްފަހު، މޮޅުވާ ބަޔަކު މޮޅުވާނީ ނޫން ހެއްޔެވެ؟ ޕެނަލްޓީ ޖަހަން ޖެހިއްޖެއްޔާ ޕެނަލްޓީ ޖަހާނީ ނޫންހެއްޔެވެ؟

އެހެން ހިތާ ކޮންމެވެސް ވަރަކަށް މި އައި ބަދަލުތައް މީހުން ގާތުގައި އަހައިގެން އޮޅުންފިލުވަން ފަށައިފީމެވެ. ވާނީވެސް އެހެންތާއެވެ. މިވަރުގެ ބޮޑު ފޯރިގަދަ މެޗެއްގެ ޤަވާއިދަށް ބަދަލުތަކެއް އައިކަންވެސް މި އެނގުނީ މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށެވެ.

މީހުން ގާތުގައި އަހައި އޮޅުން ފިލުވުމުން އެނގިގެން ދިޔައީ މިފަހަރު މެޗުގައި ކުޅެނީ އެންމެ ހާފެއް ކަމެވެ. އެ ހާފްގައި މޮޅުވި ބަޔަކު މޮޅުވީއެވެ. އެ ބަދަލު ގެނައީވެސް ނުރަސްމީ ގަޑީގައި އޮގަނައިޒަރުން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު ކަމަށް ވެ އެވެ.

ކޮންމެއަކަސް، އެ ބަދަލު ގެނައުމާއެކު އެއް ޓީމުން ނުކުމެ އަޑުގަދަކުރަން ފަށައިފިއެވެ. ފުޓުބޯޅަ މެޗެއްވިއްޔާ ދެ ހާފް އޮންނަންވާނެ ކަމާއި، އެއް ހާފް ނިންމާލުމަށްފަހު ދެން އަންނަ ހާފްއާ ދެމެދު އެ ހިނގާ ވަގުތުތަކަކީ ދެ ޓީމަށްވެސް މުޅި ގޭމްގެ ސްޓްރެޓެޖީ އަތުރާލައި ވިސްނުންތެރިކަމާއެކު ގެންނަންޖެހޭ ރަނގަޅު ބަދަލުތައް ގެންނަންވެސް މުހިއްމު ވަގުތުކޮޅެއްކަމަށް ބުނެ އަޑުގަދަކުރަން ފެށިއެވެ. އަދި އެންމެ ހާފަކުން މުޅި މެޗު ނިންމާލައި ނަތީޖާ އިއުލާނުކުރާނަމަ، ފުޓުބޯޅައިގެ އެންމެ އަސާސީ ކަންކަންވެސް ފުރިހަމަނުވާނެކަމަށް އެ ޓީމުން ބުނަމުން ދިޔައެވެ.

ޓީމުން އެ ކަންބޮޑުވުންތައް ހިފައިގެން ފުރަތަމަ ދިޔައީ މެޗުގެ އޮގަނައިޒަރުން ގާތަށެވެ. ނަމަވެސް އޮގަނައިޒަރުންގެ ފަރާތުން ލިބުނީ މާޔޫސީ ޖަވާބެކެވެ. އެގޮތުން އޮގަނައިޒަރުން ކިޔާދިން ގޮތުގައި އެމީހުންގެ އަތް އޮތީ ބަނދެވިފައެވެ. އެމީހުންނަށް ކުރެވޭނެ ކަމެއް ނެތެވެ. މިފަދަ ބޮޑު މެޗެއްގެ ޤަވާއިދަށް މި އައި ބަދަލުތައް ސަޕޯޓަރުންނާއި މެޗު ބަލާ މީހުންނަށް ކިޔާދޭން ނުކުންނަންވެސް އޮގަނައިޒަރުން ޖެހިލުންވެއެވެ. ސަބަބަކީ އެމީހުންނަށް އޯޑަރު އައީ މާ މަތިންކަމަށްވާތީއެވެ.

ދެން އެ ޓީމުން ދިޔައީ މެޗުގެ ރެފްރީންގެ ގާތަށެވެ. ރެފްރީން ވެސް ހަމަ އެ ހާލެވެ. އެންމެ ކުޑަމިނުން ހަތަރުކަޅި ހަމަކޮށްލަންވެސް އެ ރެފްރީންނަށް ވެސް ނުކެރުނެވެ. މެޗު ފެށުމުގެ މާ ކުރިން މި މެޗު ނިމޭނެ ގޮތް އެހިސާބުންވެސް އަންދާޒާ ކޮށްލެވޭ ކަހަލައެވެ.

ރެފްރީން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން ވަގުތު ސަލާމަތްވެ، ދެވަނަ ހާފަކަށް ތައްޔާރުވާން ދެ ޓީމުންނާއި އޮގަނައިޒަރުންވެސް ކުރަންޖެހޭ ހޭދަ ކުޑަވާނެއެވެ.

އެހިސާބުން އެ ޓީމުން މަސައްކަތް ކުރީ ސަޕޯޓަރުންނާއި ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް މި ވާ ގޮތުގެ މައުލޫމާތު ކިޔައިދޭށެވެ. އެގޮތުން ކުރި މަސައްކަތުން މި ބަދަލަށް އެންމެން ވެސް ނޫނެކޭ ބުނަން ފަށައިފިއެވެ. ދެ ހާފް އޮންނަންޖެހޭ ތަނެއްގައި އެއް ހާފަށް ކުރުކޮށްލި ކުރުކޮށްލުމަށް އެންމެންވެސް ނޫނެކޭ ބުނަން ފަށައިފިއެވެ.

ކަންވާނީވެސް އެހެންނޫންތޯއެވެ؟ މިފަދަ ބޮޑު ބަދަލެއް ކުއްލި ގޮތަކަށް ގެނައުމުގެ ސަބަބެއްކަމަށް ރެފްރީންނާއި އޮގަނައިޒަރުން މި ބުނަނީ ދެވަނަ ހާފެއް ކުޅެންވާއިރަށް ފަހަރެއްގައި ދަނޑުގައި ފުޓުބޯޅައިގެ ފޯރީގައި ހަމަނުޖެހުން އުފެދިދާނެތީ އެވެ. އެއް އާއިލާއެއްގައި ދެ ޓީމަކަށް ސަޕޯޓު ކުރާ މީހުން ތިބޭއިރު، ވީހާވެސް އާއިލާތަކުގެ މަސްލަހަތު ރައްކާތެރި ކުރެވޭނެ ގޮތެއް ބެލުމަށް ކަމަށެވެ. ދެވަނަ ހާފެއް ކުޅޭނަމަ ކުޅުންތެރިންގެ ހަކަތަ އިތުރަށް ބޭރުވެގެން ދާނެތީ ކަމަށެވެ.

އަޅުގަނޑު ހިތަށް އެރިއެވެ. މިއީ ހަމަ އަޖައިބެކެވެ. ބަލަ އެއީ ފުޓުބޯޅައިގެ ތޮބީއަތެއް ނޫންހެއްޔެވެ؟ ދަނޑުފޯރިއާއި، ސަޕޯޓަރުންގެ ގަދަ އަޑާއި، ޓީމުގެ ވަރުބަލިކަމާއި، ތަށި ހޯދުމަށް އެ އޮހޮރާ ދަލަކީ އޭގެ މައްޗަށް ފުޓުބޯޅައިގެ އެ ކުޅިވަރު ބިނާވާ އަސާސްތައް ނޫންހެއްޔެވެ؟ އެހިސާބުން އެންމެން އެއް އަޑެއްގައި ނޫނެކޭ މި ބުނާ ސަބަބު އަޅުގަނޑަށް ވެސް ވިސްނި، މެޗު ބަލަން ވެސް ފޫހިވެއްޖެއެވެ.

 

 

ރެފަރަންޑަމް ބިލުނޫނެކޭ ކެމްޕެއިންއެމްޑީޕީއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އއ، ބ އަދި ރ އަތޮޅަށް ފުރާވަޑައިގެންފި

22 މާރިޗު 2026
މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

މުއިއްޒު އެ ގެންނަވަން އުޅުއްވަނީ ރަސްކަލެއްގެ ބާރުގައި ރައީސްކަމުގައި ހުރެވޭނެ ފަދަ ނިޒާމެއް، ކޮންމެހެންވެސް ނޫނެކޭ ބުނަން ޖެހޭ: ވައްޑެ

22 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

ރެފަރެންޑަމްގަ ނޫނެކޭ ބުނަން ޖެހެނީ ބަސް ބުނުމުގެ މިނިވަންކަމާ ހައްގުތަކާ ބާރުތައް އަތުގަ އޮންނަން އެދޭތީ: ކުޑޫ

22 މާރިޗު 2026
ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

21 މާރިޗު 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު