Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރެފަރެންޑަމް ވޯޓު

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި އިންތިޚާބާ ބެހޭ ޤާނޫނުތަކުގެ ދަށުން އެ ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާ ކޮބައިތޯ ސުވާލު ކުރައްވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 މާރިޗު 2026 | އާދީއްތަ 03:45
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު

އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު | ރާއްޖެ އެމްވީ

 އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ޑރ މުޙައްމަދު މުއިއްޒު ފޮނުއްވެވި ޤަރާރުކަމަށް އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ރެފަރެންޑަމް ވޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށާއި، އިންތިޚާބާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްނުދޭ ސަބަބާ ގުޅޭގޮތުން އެމްޑީޕީން ސުވާލުވެސް ކޮށްފައިވާނެ ކަމަށެވެ.

Advertisement - newsAdvertisement

ވަހީދު ވަނީ އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނާއި އިންތިޚާބާ ބެހޭ ޤާނޫނުތަކުގެ ދަށުން އެ ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ މީޑިއާއިންވެސް ފަތުރަމުންދަނީ ހަމައެކަނި ރައީސް ބޭނުންފުޅުވާ މައުލޫމާތު އެކަނި ކަމަށާއި، ހުރިހާ މުއައްސަސާތަކެއް މިއަދު އޮތީ ހިސޯރުކޮށްފައިކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އެބޭފުޅުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީގައި އޮތީ ހަމައެކަނި ރައްޔިތުން ކައިރީގައި ހޭ އަހާލާށޭ، ނުވަތަ އާނއެކޭ ނޫނީ ނޫނެކޭތޯ އަހާލާށޭ. ކޮބައިތޯ އެބޭފުޅުންގެ ޒިންމާ
އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު


މީގެ އިތުރުން، މެދުއިރުމަތީގައި ހަނގުރާމައެއް ހިނގަމުންދާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، މިފަދަ ދަނޑިވަޅެއްގައިވެސް ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި މުޅި ސަރުކާރުގެ ފޯކަސް ހުރީ ކުރިއަށް ހުރި އިންތިޚާބުތައް ކާމިޔާބު ކުރުމަށް ކަމަށެވެ.

ވަހީދު ވިދާޅުވީ، އިންތިޚާބުގެ ކަންކަން ތަރުތީބުވަމުންދާ ގޮތުން ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި، މިނިވަން މުއައްސަސާތަކުގެ މައްޗަށް ސަރުކާރުގެ ނުފޫޒު އޮތްކަން ފާހަގަކުރެވޭ ކަމަށެވެ.

 

ވަހީދުރެފަރަންޑަމް ބިލުނޫނެކޭއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

21 މާރިޗު 2026

ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ

21 މާރިޗު 2026
ރިޔާސީ އިންތިޚާބަށްފަހު މަޖިލިސް އިންތިޚާބު ބާއްވާނަމަ ޕީއެންސީ މެމްބަރުންވެސް ކެމްޕޭން ނުކޮށްދޭނެކަން ރައީސަށް އެނގޭ: ވައްޑެ
21 މާރިޗު 2026

ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން

21 މާރިޗު 2026
ފެންނަ ނުފެންނަ ވޯޓުގައި ނޫނެކޭ އާ ދިމާލުގައި ޖަހާ ހެޔޮ ފާހަގައަކީ ރައްޔިތުންނަށް ނުހަނު ހެޔޮ ފާހަގައަކަށް ވެގެންދާނެ: އިހުސާން
21 މާރިޗު 2026

ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް

21 މާރިޗު 2026
ރެފަރެންޑަމްއާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާމެދު ކަންކުރާ ގޮތުން ކޯޓުގެ މިނިވަންކަން އެނގޭނެ: ޔައުޤޫބް
20 މާރިޗު 2026

ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް

20 މާރިޗު 2026
ދެ އިންތިޚާބު އެއްކޮށްލުމާއި ދެކޮޅަށް "ނޫނެކޭ" ބުނަން ނ. ލަންދޫ އިން ބޮޑުތަނުން ތައްޔާރަށް
20 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު