Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ ޚާއްސަ ތަހުގީގު ކުރިއަށް ގެންދިޔަ މިއުލާ މަރުވެއްޖެ، ޓްރަމްޕް ވިދާޅުވީ އެކަމާ ވަރަށް އުފާވާ ކަމަށް

މިއުލާ މަރުވުމާ އެކު، ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ މިއުލާ މަރުވުމުން އެކަމާ ވަރަށް އުފާ ކުރާ ކަމަށް. އަދި މިއުލާ މަރުވުމުން، ދެން އޭނާ އަށް މައުސޫމު މީހުންނަށް އެއްވެސް އަނިޔާއެއް ނުދެވޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2026 | އާދީއްތަ 08:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަޓް މިއުލާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަޓް މިއުލާ | ބީބީސީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ގުޅުން ހުރި މައްސަލައެއްގެ ތަހުގީގު ގެންދެވި ސްޕެޝަލް ކައުންސެލް ރޮބަޓް މިއުލާ މަރުވެއްޖެ އެވެ.

އުމުރުން 81 އަހަރުގައި މިއުލާ މަރުވެފައިވާކަން އޭނާގެ އާއިލާ އިން ވަނީ ހާމަ ކޮށްފަ އެވެ. އެގޮތުން ހުކުރު ދުވަހުގެ ރޭ މިއުލާ މަރުވެފައިވާކަން ހާމަކޮށް އާއިލާ އިން ވަނީ، މި ވަގުތު އާއިލާ އަށް ޕްރައިވެސީ ބޭނުންވާ ކަމަށް އެދިފަ އެވެ. ނަމަވެސް، އޭނާ މަރުވި ސަބަބެއް ނުވަތަ މަރުވީ ބައްޔަކަށް ފަރުވާ ހޯދަމުން ދިޔުމުގެ ތެރޭގައި ކަމެއް ނުވަތަ ނޫން ކަމެއް އާއިލާ އިން ބުނެފައި ނުވެ އެވެ. 

މިއުލާ ވަނީ 2001 ވަނަ އަހަރުން ފެށިގެން، 2013 ވަނަ އަހަރާ ހަމައަށް އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ލީޑު ކުރައްވައިފަ އެވެ. އެފްބީއައިގެ ޑިރެކްޓަރުގެ މަޤާމަށް މިއުލާ ވަޑައިގެންފައި ވަނީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ހިނގި ޓެރަރިސްޓު ހަމަލާގެ ހަތް ދުވަސް ކުރިންނެވެ. ފަހުން އެފްބީއައި އަކީ ޓެރަރިޒަމް ކައުންޓާ ކުރާ އެޖެންސީ އަކަށް ބަދަލު ކުރުމުގައި މިއުލާގެ ދައުރު ވަރަށް ބޮޑެވެ. 

މިއުލާގެ ސްޕެޝަލް ކައުންސެލް ތަހުގީގުން ވަނީ 2016 ވަނަ އަހަރު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބަށް ރަޝިޔާގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގު ކޮށްފަ އެވެ. އެފަހަރުގެ އިންތިޚާބުގައި ވާދަ ކުރައްވައި ރިޔާސީ ފުރަތަމަ ދައުރަށް ޓްރަމްޕް ވަޑައިގެންނެވިއިރު، ރަޝިޔާ އިން އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރި އެވެ. ޓްރަމްޕް ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

މިއުލާ މަރުވުމާ އެކު، ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ މިއުލާ މަރުވުމުން އެކަމާ ވަރަށް އުފާ ކުރާ ކަމަށެވެ. އަދި މިއުލާ މަރުވުމުން، ދެން އޭނާ އަށް މައުސޫމު މީހުންނަށް އެއްވެސް އަނިޔާއެއް ނުދެވޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އެކި ފަހަރު މަތިން މިއުލާ އަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. 

މިއުލާ މަރުވުމާާ އެކު، އޭނާ އާއެކު ކުރިން މަަސައްކަތް ކުރި މުވައްޒަފުންނާއި، އެތައް ބަޔަކު ވަނީ އެކަމުގެ ހިތާމަ ފާޅު ކޮށްފަ އެވެ. އެގޮތުން މިއުލާ އަކީ ދިގު މުއްދަތެއް ވަންދެން ދައުލަތަށް އިޚުލާސްތެރިކަމާ އެކު މަސައްކަތް ކޮށްދެއްވި މީހެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ.

މީގެ އިތުރުން އެފްބީއައިގެ ޑިރެކްޓަރުގެ މަގާމުގައި މިއުލާާ ހުންނެވި މުއްދަތުގައި އެމެރިކާގެ ރައީސްކަން ކުރެއްވި ދެ ރައީސުން ކަމަށްވާ ޖޯޖް ޑަބްލިއު ބުޝް އާއި ބަރަކް އޮބާމާ ވެސް ވަނީ މިއުލާާގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވައިފަ އެވެ. 

ބުޝް ވިދާޅުވީ މިއުލާ މަރުވުމުން އެކަމާ ވަރަށް ބޮޑަށް ދެރަވާ ކަމަށާއި، 2001 ގައި އެފްބީއައިގެ ޑިރެކްޓަރުގެ މަގާމާ ހަވާލުވެ، އޭގެ ހަފުތާއެއް ފަހުން ހިނގި ސެޕްޓެމްބަރު 11 ގެ ހަމަލާ ތަކަށް ފަހު، އެ އެޖެންސީގެ މަޤުސަދު ދިފާއު ކުރައްވައި، މިއުލާ ގިނަ މަސައްކަތް ތަކެއް ކުރެއްވި ކަަމަށެވެ. 

މީގެ އިތުރުން އޮބާމާ ވިދާޅުވީ، މިއުލާ އަކީ އެފްބީއައިގެ ތާރީޚުގައި ވެސް އެ އިދާރާގެ އެންމެ ރަނގަޅު ޑިރެކްޓަރުގެ ތެރެއިން އެކަކު ކަމަށެވެ. އަދި ޤާނޫނީ ގޮތުން ވެރިކަން ހިންްގުމަށް ބާރު އަޅުއްވައި، އަސާސީ އުސޫލުތައް ކުރިއަށް ނެރުއްވައި، ޔަގީންކަމާ އެކު މަސައްކަތް ކުރެއްވި ކަމަށް ވެސް އޮބާމާ ވަނީ ވިދާޅުވެފަ އެވެ. 

މަސްދަރު: ބީބީސީ

އެމެރިކާއެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންރޮބަޓް މިއުލަރއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

21 މާރިޗު 2026

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން

21 މާރިޗު 2026
ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން
21 މާރިޗު 2026

ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

21 މާރިޗު 2026
ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"
21 މާރިޗު 2026

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

21 މާރިޗު 2026
އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް
21 މާރިޗު 2026

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

21 މާރިޗު 2026
ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް
19 މާރިޗު 2026

އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ

19 މާރިޗު 2026
އީރާން ހަނގުރާމައާ ދެކޮޅު ހެދުމުގެ ގޮތުން އިސްތިއުފާ ދެއްވި ޖޯ ކެންޓްގެ މައްސަލައެއް އެފްބީއައި އިން ތަހުގީގު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު