Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރީ ހައްޖު އެންޑް ޢުމްރާ ގްރޫޕް

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕް: މިހާރު ޖޫން މަހު އުމްރާ އަށް ދިއުމަށް ރަޖިސްޓްރީ ވެވޭނެ

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން ޖޫން މަހު ކުރާ އުމްރާ ދަތުރުގެ އަގަކީ 28،990 ރުފިޔާ ކަމަށް އެ ގްރޫޕުން ހާމަކޮށްފި. މި ދަތުރުގައި ތިން އުމްރާ ކުރުމުގެ ފުރުސަތާއި، ދީނީ އިރުޝާދާއެކު ތާރީޚީ ތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން ދިވެހި ކެއުމާއި އުމްރާ ކިޓް ފަދަ ޚާއްސަ ޚިދުމަތްތައް ލިބިގެންދާނެ. އޮންލައިން ފޯމު މެދުވެރިކޮށް މިހާރު ރަޖިސްޓްރީ ވެވޭއިރު، މިއަހަރުގެ ޖުލައި، ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހަށް ވެސް އެ ގްރޫޕުން ވަނީ އުމްރާ ދަތުރުތައް ތާވަލުކޮށްފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 22 މާރިޗު 2026 | އާދީއްތަ 10:25
ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ގޮސް ތިބި އުމުރާވެރިން.

ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ގޮސް ތިބި އުމުރާވެރިން. | ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕް

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖޫން މަހު އުމްރާ އަށް ދިއުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިކަމުގެ މައުލޫމާތު ރާއްޖެއެމްވީ އާ ހިއްސާކޮށް އެ ގްރޫޕުން ބުނީ ޖޫން އުމްރާ ގައި އުމްރާވާން ރަޖިސްޓްރީ ވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވާއިރު އުމްރާ އަށް ދިއުމަށް ދައްކަން ޖެހެނީ 28،990 ރުފިޔާ ކަމަށެވެ.

Advertisement - newsAdvertisement

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން ދޭ ޚާއްސަ ޚިދުމަތްތަކުގެ ތެރޭގައި ހިލޭ 3 އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާއިރު މައްކާ އަދި މަދީނާގެ މުގައްދަސް ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޝައިޚުންގެ ދީނީ އިރުޝާދާއެކު ތާއިފް ޖިއްދާ އަދި ބާޒާރު ދަތުރުތައް ކުރެވޭއިރު ދިވެހިންނަށް ކަމުދާގޮތަށް ކެއުން ލިބޭނެ އެވެ.

މީގެ އިތުރުން ކޮންމެ މީހަކަށް ވެސް އުމްރާ ކިޓަކާ، އިތުރު އުމްރާ ކުރުމުގެ ފުރުސަތުގެ އިތުރުން ސިއްހީ އެހީތެރިކަމާ ބާޒާރު ދަތުރު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.

ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://forms.gle/dRjy8eVoneRDcGNR8 ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް ވެސް އެ ގްރޫޕުން ބުނެ އެވެ.

އެ ގްރޫޕުން ބުނީ 9110909 /9632514/ 9545451 ނަންބަރުން އިތުރު މައުލޫމާތު ލިބޭނެ ކަމަށެވެ.

އެ ގްރޫޕްގެ ހަވާލުގައި، ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ދިޔަ އުމްރާވެރިން ވަނީ މަދީނާ އަށް ޒިޔާރަތްކޮށް އިސްލާމީ ގަދީމީ ތަންތަނަށް ޒިޔާރަތްކޮށް ތަޖްރިބާ ކޮށްފަ އެވެ. މިގޮތުން ރައުލާ ޒިޔާރަތްކޮށް، ގުބާ އާއި އަދި އުހުދު ހަނގުރާމަ ކުރެވުނު މައިދާނަށް ވަނީ އުމުރާވެރިން ޒިޔާރަތްކޮށްފަ އެވެ. މި ހުރިހާ ޒިޔާރަތެއްގައި ވެސް ޝައިހުންގެ ނަސޭހަތާއި އަދި އެ ސަރަހައްދަކާއި ގުޅޭ ތާރީޚީ މައުލޫމާތު ދިނުން ކުރިއަށް ގެންދެވިފައިވެ އެވެ.

އެ ގްރޫޕުން ބުނީ އެ ހުރިހާ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ސްކޫލް ޗުއްޓީ ތަކާއި ދިމާވާނެހެން ގިނަ ޢުމްރާ ދަތުރުތަކެއް ވަނީ ތާވަލުކުރެވިފަ އެވެ. މިގޮތުން ޖޫން، ޖުލައި، ސެޕްޓެމްބަރ އަދި ޑިސެމްބަރ 2026 ގައި އުމްރާ ދަތުރުތައް ވަނީ ތާވަލުކުރެވިފަ އެވެ.

ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްމައްކާމަދީނާތާއިފްޖިއްދާ

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2026

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އުމުރާވެރިން މިހާރު ތިބީ މައްކާގައި؛ އުމްރާވެރިން ވަނީ މިހާތަނަށް 2 އުމްރާ ފުރިހަމަކޮށްފައި

26 ފެބުރުއަރީ 2026
ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އުމުރާވެރިން މިހާރު ތިބީ މައްކާގައި؛ އުމްރާވެރިން ވަނީ މިހާތަނަށް 2 އުމްރާ ފުރިހަމަކޮށްފައި
16 ފެބުރުއަރީ 2026

ކީރިތި ރަސޫލާގެ ހިޖުރައިގެ ތާރީޚީ މަގު ދައްކުވައިދޭ މަޝްރޫއު ސައުދީން ފަށައިފި

16 ފެބުރުއަރީ 2026
ކީރިތި ރަސޫލާގެ ހިޖުރައިގެ ތާރީޚީ މަގު ދައްކުވައިދޭ މަޝްރޫއު ސައުދީން ފަށައިފި
16 ފެބުރުއަރީ 2026

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ
12 ޖެނުއަރީ 2026

ސައުދީ އަރަބިއްޔާގެ ޖިއްދާ ގައި ޓްރަމްޕް ބިނާ ކުރާ 1 ބިލިއަން ޑޮލަރުގެ ޕްލާޒާ މަޝްރޫއު ލޯންޗް ކޮށްފި

12 ޖެނުއަރީ 2026
ސައުދީ އަރަބިއްޔާގެ ޖިއްދާ ގައި ޓްރަމްޕް ބިނާ ކުރާ 1 ބިލިއަން ޑޮލަރުގެ ޕްލާޒާ މަޝްރޫއު ލޯންޗް ކޮށްފި
10 ޖެނުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ވަގަށް އެތެރެކުރަން އުޅުން 4.7 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި

10 ޖެނުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ވަގަށް އެތެރެކުރަން އުޅުން 4.7 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު