Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ސައޫދީ އަރަބިއްޔާ

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

ސޯޝަލް މީޑިއާގައި ފެތުރިފައިވާ ވާހަކަތާ ޚިލާފަށް، ސައުދީ އަރަބިއްޔާ އިން 2026 ވަނަ އަހަރުގެ ހައްޖު ގައި ފޮޓޯ ނެގުން މަނާ ކުރިކަން އެނގޭ އެއްވެސް އިޢުލާނެއް ނެރެފައެއް ނުވޭ.

ރާއްޖެ އެމްވީ | 17 ޑިސެމްބަރު 2025 | ބުދަ 14:16
ޙައްޖުވެރިއަކު ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅުގެ ކައިރީގައި "ސެލްފީ" އެއް ނަގަނީ.

ޙައްޖުވެރިއަކު ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ހުންނަ މާތްވެގެންވާ ގެފުޅުގެ ކައިރީގައި "ސެލްފީ" އެއް ނަގަނީ.

އަންނަ އަހަރު ހައްޖަށް ދާ މީހުން މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން ސައުދީ އަރަބިއްޔާ ސަރުކާރުން މަނާ ކޮށްފި ކަމަށް ސޯޝަލް މީޑިއާ ގައި ވާހަކަތައް ދަނީ ފެތުރެމުންނެވެ.

ސޯޝަލް މީޑިއާ ގައި ފެތުރެމުންދާ ވާހަކަތަކުގެ ހަގީގަތް ބެލުމުން މައްކާގެ މަސްޖިދުލް ހަރާމާއި މަދީނާގެ މަސްޖިދުލް ނަބަވީގެ ތެރޭގައި ފޮޓޯ ނެގުން މަނާ ކޮށްފައިވާ އެއްވެސް ރަސްމީ ލިޔުމެއް ފެންނާކަށް ނެތެވެ.

ހައްޖާއި ޢުމްރާ އާ ބެހޭ ސައުދީ ސަރުކާރުގެ ވުޒާރާ އިން ހައްޖު މޫސުމުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުން މަނާ ކޮށްފައިވާ ކަމަށާއި އަދި މޮބައިލް ފޯނު ބޭނުން ކޮށްގެން ވެސް މަންޒަރު ނެގުން ހައްޖު މޫސުމުގައި މަނާ ކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް ވަރަށް ބާރަށް ސޯޝަލް މީޑިއާ ގައި ވަނީ ފެތުރިފައެވެ. އަދި އެކަން އެގޮތައް ނިންމީ ތޮއްޖެހުން ކުޑަ ކުރުމަށާއި، އަޅުކަމަށް ސަމާލުކަން ދިނުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ވެސް މި ފެތުރުނު ވާހަކަތަކުގައިވެ އެވެ.

ނަމަވެސް، ސައުދީ އަރަބިއްޔާ ރަސްމީ އިދާރާތަކުގެ ވެބްސައިޓްތަކުގައި މިވާހަކަތައް ބާރު ލިބޭ އެއްވެސް އިޢުލާނެއް ފެންނާކަށް ނެތެވެ. ސައުދީ ސަރުކާރުގެ މިފަދަ މުހިންމު ނިންމުންތައް ޝާއިއު ކުރާ ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން މިފަދަ ޚަބަރެއް ޝާއިއު ކޮށްފައި ނުވާ އިރު، ހައްޖާއި ޢުމްރާގެ ކަންކަމާ ބެހޭ ވުޒާރާ އާއި ޖެނެރަލް އޮތޯރިޓީ ފޯ ދަ ކެއަރ އޮފް ދަ ޓޫ ހޯލީ މޮސްކްސް އިން ވެސް މިފަދަ ސާކިއުލާ އެއް އާންމު ކޮށްފައި ނެތްކަން ފާހަގަ ކުރެވެއެވެ.

މާތް ވެގެންވާ ދެ މިސްކިތުގެ ތެރޭގައި ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމުގައި ޒަމާނުއްސުރެ އަމަލު ކުރަން ބާރު އަޅާ އުސޫލުގައި މީހުންނަށް އުނދާގޫ ނުވާގޮތައް އަމަލުތައް ބެހެއްޓުމާއި، ބްލޮކް ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމާއި، ނަމާދުގައި ތިބޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް އަމަލުކުރުމަށް ބާރު އަޅައެވެ. މި ކަންކަން ސްޓޭންޑަޑް ޕްރެކްޓިސް އެއް ގޮތުގައި ހަމަ ޖެހިފައި އޮތް އޮތުން ބަދަލު ކޮށް، 2026 ވަނަ އަހަރުގެ ހައްޖަށް ދާ މީހުންނަށް އިތުރު ގަވައިދެއް ހަދާފަ އެއް ނެތެވެ.

ހަގީގަތެއް ނެތް މި ވާހަކަ އުފަންވެފައި ވަނީ ވެރިފައި ނުކުރެވޭ އެކައުންޓަކުން އާންމު ކުރި ޕޯސްޓަކުންނެވެ. އަދި އެ ވާހަކަ އެކި ގޮތްގޮތައް ބަދަލު ކޮށްގެން އެކި ޕްލެޓްފޯމުތަކުގައި އެކި ފަރާތްތަކުން ފަތުރާފައިވެ އެވެ. އެހެން ނަމަވެސް މިއިން އެއްވެސް ޕޯސްޓެއް ގައި ރަސްމީ އިދާރާ އެއްގެ ބަޔާނެއް އެޓޭޗް ކޮށްފައި ނެތްކަން ފާހަގަ ކުރެވެއެވެ.

ސައުދީ ސަރުކާރުން އަބަދު ވެސް އިލްތިމާސް ކުރަނީ ކަންކަމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސައުދީ ސަރުކާރުގެ ރަސްމީ މަސްދަރުތައް ބެލުމަށެވެ. 

ސައޫދީ އަރަބިއްޔާހައްޖުމައްކާމަދީނާމަސްޖިދުލް ހަރާމްމަސްޖިދުލް ނަބަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ސައުދީ އަރަބިއްޔާ އިން އަގުބޮޑު ދެ ގެ ގަނެފި

23 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު