Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމަސްޖިދުލް ހަރާމް

މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި

މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާއަކުން މީހަކު ފުންމާލައި އަމިއްލަ އަށް މަރުވާން އުޅުނު ހާދިސާ ގައި ސަލާމަތީ އޮފިޝަލަކަށް ވެސް އަނިޔާވި.

ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 20:05
ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މުގައްދަސް މިސްކިތް މަސްޖިދުލް ހަރާމް

ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މުގައްދަސް މިސްކިތް މަސްޖިދުލް ހަރާމް

ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މުގައްދަސް މިސްކިތް - މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ބިންމައްޗަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅެފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި މި ނުރައްކާތެރި ހާދިސާ ގައި ސަލާމަތީ އޮފިޝަލަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

މަސްޖިދުލް ހަރާމްގެ ސަލާމަތީ ޚިދުމަތުން ބުނެފައިވަނީ މި ހާދިސާއަށް އަވަހަށް އިޖާބަދީފައިވާ ކަމަށާއި، ފުންމާލި މީހާ ވެއްޓިގެންދިޔަ ވަގުތު އެކަން ހުއްޓުވުމަށް މަސައްކަތްކުރަނިކޮށް ސަލާމަތީ އޮފިސަރަކަށް އަނިޔާވެފައިވާ ކަމަށެވެ.

ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ފުންމާލި މީހާ އާއި ސަލާމަތީ އޮފިސަރު ވެސް ވަނީ ފަރުވާ ދިނުމަށް ގެންގޮސްފަ އެވެ. 

ހަރާމްގެ ސަލާމަތީ ޚިދުމަތުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުގައި، "މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާއިން މީހަކު އަމިއްލަ އަށް މަރުވާން އުޅުމުގެ ހާދިސާ އެއް ވަނީ ހިނގާފައެވެ."

މަސްޖިދުލް ހަރާމްގެ އިމާމް ޝައިޚް ޑރ. ޢަބްދުއްރަޙްމާން އައް ސުދާއިސް މި ހާދިސާއާ ގުޅިގެން، "ޤަވާޢިދުތަކާއި އިރުޝާދުތަކަށް ބޯލެނބުމަށާއި، ތަނުގެ ކަރާމާތަށް އިހުތިރާމް ކުރުމަށާއި، އިސްލާމީ ރަނގަޅު އަޚްލާޤް ދެމެހެއްޓުމަށާއި، އަޅުކަމަށާއި ކިޔަމަންތެރިކަމަށް ސަމާލުކަން ދިނުމަށް" ވަނީ ގޮވާލައްވާފައެވެ.

މަސްޖިދުލް ހަރާމްމައްކާ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
27 ޖޫން 2025

4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި

27 ޖޫން 2025
4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި
05 ޖޫން 2025

އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ

05 ޖޫން 2025
އެތައް މިލިއަން މުސްލިމުން އަރަފާތު ދުވަސް ފާހަގަ ކުރަނީ
05 ޖޫން 2025

ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، ހާލު ރަނގަޅު

05 ޖޫން 2025
ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، ހާލު ރަނގަޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު