Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަރީ ހައްޖު އެންޑް އުމްރާ ގްރޫޕު

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އުމުރާވެރިން މިހާރު ތިބީ މައްކާގައި؛ އުމްރާވެރިން ވަނީ މިހާތަނަށް 2 އުމްރާ ފުރިހަމަކޮށްފައި

ދިވެހި ކައްކާގެ ކެއުމާއި ތަޖުރިބާކާރު އެހީތެރިންގެ ޚިދުމަތާއެކު އުމްރާވެރިންގެ ހާލު ރަނގަޅުކަމަށް އެ ގްރޫޕުން މައުލޫމާތުދޭ. މީގެ އިތުރުން، 2026 ވަނަ އަހަރުގެ ޗުއްޓީ ދުވަސްވަރު ކުރާ އުމްރާ ދަތުރުތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފަ.

މަޚްތޫމް
މަޚްތޫމް | 26 ފެބުރުއަރީ 2026 | ބުރާސްފަތި 10:43
ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ގޮސް ތިބި އުމުރާވެރިން.

ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި ގޮސް ތިބި އުމުރާވެރިން. | ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕް

ރާއްޖޭގެ އުމްރާވެރިންގެ ތެރޭގައި އެންމެ އިތުބާރު ކުރެވޭ ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހަވާލުގައި، ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ގިނަ އަދަދެއްގެ ޢުމްރާވެރިން ދަނީ މައްކާގައި ޚަރަކާތްތެރިވަމުންނެވެ.

އެ ގޮތުން ފުރަތަމަ ގްރޫޕް 16 ފެބްރުއަރީ 2026 ވީ ހޯމަ ދުވަހު އަދި ދެވަނަ ގްރޫޕް ވަނީ 17 ފެބްރުއަރީ ވީ އަންގާރަ ދުވަހު ވަނީ މައްކާއަށް ދަތުރުކޮށްފަ އެވެ.

Advertisement - newsAdvertisement

މި ގްރޫޕްގެ ހަވާލުގައި ޢުމްރާ އަޅުކަމަށް ދިޔަ ޢުމްރާވެރިން ވަނީ މިހާތަނަށް 2 ޢުމްރާ ފުރިހަމަކޮށްފަ އެވެ. މީގެ އިތުރުން މަދީނާ އަށް ޒިޔާރަތްކޮށް އިސްލާމީ ޤަދީމީ ތަންތަނަށް ޒިޔާރަތްކޮށް ތަޖްރިބާ ކޮށްފަ އެވެ. މިގޮތުން ރަޢުލާ ޒިޔާރަތްކޮށް، ގުބާ އާއި އަދި ޢުހުދު ހަނގުރާމަ ކުރެވުނު މައިދާނަށް ވަނީ އުމުރާވެރިން ޒިޔާރަތްކޮށްފަ އެވެ. މި ހުރިހާ ޒިޔާރަތެއްގައި ވެސް ޝައިހުންގެ ނަސޭހަތާއި އަދި އެ ސަރަޙައްދަކާއި ގުޅޭ ތާރީޙީ މަޢުލޫމާތު ދިނުން ކުރިއަށް ގެންދެވިފައިވެ އެވެ.

ފަރީ ގެ އިރުޝާދުގެ ދަށުން ދެ ޖިންސުގެ އެހީތެރިންގެ އަޅާލުމާއި ލޯތްބާއިއެކު، ޢުމްރާގެ އަޅުކަން އަދާކުރަމުންދާ ފަރާތްތަކުން ދަނީ، ދިވެހި ކައްކާއިންގެ ރަހަތަކަށް އިންސާފުކޮށް ހިތްހަމަޖެހުމާއި އެކު އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަމުންނެވެ. އަލަށް ޢުމްރާ ކުރާ ފަރާތްތަކަށްވެސް ދުރާލާ ރޭވިގެން އޮންލައިން ކްލާސް ތަކާއި ބައްދަލުވުންތަކުން ހޭލުންތެރި ކުރުވާ، ދިމާވެދާނެ ހުރިހާ ޚާލަތަކަށް ދުރާލާ ޢުމްރާވެރިން ތައްޔާރު ކުރެވިފައިކަން ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ އިސް ފަރާތްކަމުގައިވާ ފަރީ ފާހަގަ ކުރި އެވެ. 

މި ވަގުތު މައްކާގައި ޚަރަކާތްތެރި ވަމުންދާ ހުރިހާ ޢުމްރާވެރިންގެ ޚާލުވެސް ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން ރަނގަޅު ކަމަށާއި ކުރިއަށްވެސް ގިނަ މަޢުލޫމާތު ލިބެނިވި ޚަރަކާތްތަކާއި ޒިޔާރަތްތައް ތާވަލު ކުރެވިފައިވާ ކަމަށް އެ ގްރޫފްގެ އޮފިޝަލުން މަޢުލޫމާތު ދެ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް ސްކޫލް ޗުއްޓީ ތަކާއި ދިމާވާނެހެން ގިނަ ޢުމްރާ ދަތުރުތަކެއް ވަނީ ތާވަލުކުރެވިފަ އެވެ. މިގޮތުން ޖޫން، ޖުލައި، ސެޕްޓެމްބަރ އަދި ޑިސެމްބަރ 2026 ގައި ޢުމްރާ ދަތުރުތައް ވަނީ ތާވަލުކުރެވިފަ އެވެ. ޢުމްރާގެ އަޅުކަމަށް ދިއުމަށް ގަސްދުކުރާ ފަރާތްތަކުންނާއި އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްގެ ހޮޓްލައިން ނަމްބަރ 9110909 އަދި 9632514 އާއި ގުޅައިގެން މަޢުލޫމާތު ހޯދުމަށް އެ ފަރާތުން އެދެ އެވެ.

ރަޖިސްޓްރީ ވުމަށް ތިރީގައިމިވާ ލިންކް ބޭނުން ކުރެއްވޭނެ އެވެ.

https://forms.gle/dRjy8eVoneRDcGNR8

ފަރީ ޚައްޖު އެންޑް ޢުމްރާ ގްރޫޕްމައްކާމަދީނާ

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2026

ކީރިތި ރަސޫލާގެ ހިޖުރައިގެ ތާރީޚީ މަގު ދައްކުވައިދޭ މަޝްރޫއު ސައުދީން ފަށައިފި

16 ފެބުރުއަރީ 2026
ކީރިތި ރަސޫލާގެ ހިޖުރައިގެ ތާރީޚީ މަގު ދައްކުވައިދޭ މަޝްރޫއު ސައުދީން ފަށައިފި
16 ފެބުރުއަރީ 2026

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ
25 ޑިސެމްބަރު 2025

މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި

25 ޑިސެމްބަރު 2025
މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި
17 ޑިސެމްބަރު 2025

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު