Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްރަމަޟާން

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026 | ހޯމަ 09:00

މި އަހަރުގެ ރަމަޟާން މަހު މައްކާ އާއި މަދީނާއަށް ވާރޭ ވެހޭނީ އާންމު މިންވަރަށް ވުރެ މަދުން ކަމަށާއި، ނަމަވެސް އެ ދެ ސިޓީގެ ހޫނުމިން އެވްރެޖް މިންގަނޑަށް ވުރެ 1 ޑިގްރީއަށް ވުރެ ބޮޑަށް މަތިވާނެ ކަމަށް ސައުދީގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާކޮށްފައި. ވާރޭ ވެހުނަސް ވެހޭނީ ހިމަފޮދު ވާރޭ ކަމަށް ވެސް ލަފާކުރޭ.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 09:00
ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރާމްގައި، މުސްލިމް ހާޖީއަކު ކައުބަތުﷲ ގެފުޅު ކުރިމަތީގައި ދުއާކުރަނީ. މިއީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެއް.

ސައުދީ އަރަބިއްޔާގެ މައްކާގައި ހުންނަ މަސްޖިދުލް ހަރާމްގައި، މުސްލިމް ހާޖީއަކު ކައުބަތުﷲ ގެފުޅު ކުރިމަތީގައި ދުއާކުރަނީ. މިއީ 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހު ނަގާފައިވާ ފޮޓޯއެއް. | ގެޓީ އިމޭޖަސް

ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީ (އެންސީއެމް) އިން 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ލަފާކުރާ މޫސުމީ ރިޕޯޓް އާންމުކޮށްފި އެވެ. މި ރިޕޯޓުގައި ވާގޮތުން، ކުރިއަށް އޮތް ރަމަޟާން މަހު މައްކާ އާއި މަދީނާއަށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ މަދުންނެވެ. އަދި އެ ދުވަސްވަރު އެ ދެ ސިޓީގެ ހޫނުމިން އާންމު މިންގަނޑަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އެ ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، މައްކާ އާއި މަދީނާއަށް މި އަހަރުގެ ރަމަޟާން މަހު ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އެ ދުވަސްވަރުގެ މޫސުމީ އެވްރެޖަށް ވުރެ ދަށް މިންވަރަކަށެވެ.

އާންމު ގޮތެއްގައި ރަމަޟާން މަހުގެ ތެރޭގައި މައްކާއަށް އެވްރެޖްކޮށް 4.2 މިލިމީޓަރުގެ ވާރޭ ވެހޭއިރު، މަދީނާއަށް ވެހެނީ 4.3 މިލިމީޓަރުގެ ވާރޭ އެވެ. ނަމަވެސް، މި އަހަރުގެ ރަމަޟާން މަހު ވާރޭ ވެހުނު ކަމުގައި ވިޔަސް، އެއީ ހިމަފޮދު ވާރޭ ކަމަށް އެ ސެންޓަރުން ލަފާކުރެ އެވެ.

ހޫނުމިނަށް ބަލާއިރު، ކުރިއަށް އޮތް ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން ހުންނާނީ އާންމު މިންގަނޑަށް ވުރެ މަތީގަ އެވެ.

މޫސުމީ ލަފާކުރުންތަކުން ދައްކާ ގޮތުގައި، މައްކާގެ ހޫނުމިން އެވްރެޖަށް ވުރެ ގާތްގަނޑަކަށް 1 ޑިގްރީ ސެލްސިއަސް މަތިވާނެ އެވެ. އަދި މަދީނާގެ ހޫނުމިން އެވްރެޖަށް ވުރެ 1.2 ޑިގްރީ ސެލްސިއަސް މަތިވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

މާޒީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރަމަޟާން މަހުގެ ތެރޭގައި މައްކާގެ އެވްރެޖް ހޫނުމިން ހުންނަނީ 26.8 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި މަދީނާގެ އެވްރެޖް ހޫނުމިން ހުންނަނީ 23.1 ޑިގްރީ ސެލްސިއަސްގަ އެވެ.

އެންސީއެމް އިން ބުނި ގޮތުގައި މިފަދަ މޫސުމީ ލަފާކުރުންތަކެއް އާންމުކުރުމުގެ މަގްސަދަކީ، ރަމަޟާން މަހު ދެ ހަރަމްފުޅަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޚިދުމަތްދޭ އިދާރާތަކުން ދުރާލައި ތައްޔާރުވުމަށާއި، އޮޕަރޭޝަނަލް ކަންކަން ރޭވުމަށް އެހީތެރިވެދިނުމެވެ.

މަސްދަރު: ސައުދީ ގެޒެޓް

ރަަމަޟާންމައްކާމަދީނާމޫސުން

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2026

ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި

15 ފެބުރުއަރީ 2026
ރަމަޟާން މަހުގެ ހަނދު ބެލުމަށް ސައުދީ ރައްޔިތުންނަށް ގޮވާލައިފި
15 ފެބުރުއަރީ 2026

ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް

15 ފެބުރުއަރީ 2026
ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް
14 ފެބުރުއަރީ 2026

ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ

14 ފެބުރުއަރީ 2026
ސްޓެލްކޯ އިން އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރޯދަ މަހަށް 400ރ. ގެ ބިލެއް ހަދަނީ
13 ފެބުރުއަރީ 2026

ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ

13 ފެބުރުއަރީ 2026
ރަމަޟާން މަހު ފަތުރުވެރީންނަށް އާންމުންގެ ކުރިމަތީގައި ކެއިންބުއިމުގެ ޚިދުމަތް ދިނުމަކީ ހުއްދަ ކަމެއް ނޫން: ޚުތުބާ
12 ފެބުރުއަރީ 2026

ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި

12 ފެބުރުއަރީ 2026
ފެނަކަ މުވައްޒަފުންނަށް ރަމަޟާން މަހު ދޭން ނިންމި ހަދިޔާ ނުދޭން ނިންމައިފި
12 ފެބުރުއަރީ 2026

ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު

12 ފެބުރުއަރީ 2026
ސަރުކާރުން ރައްޔިތުންނަށް ދޭ ތަފާތު އެހީތަކާއި، ފޯރުކޮށްދޭ އެއްވެސް ބާވަތެއްގެ ޚިދުމަތަކީ ޤާނޫނީގޮތުން “ހަދިޔާ” ގެ ނަމުގައި ސިފަކުރެވޭނެ އެއްޗެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
11 ފެބުރުއަރީ 2026

ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު

11 ފެބުރުއަރީ 2026
ރޯދަ އަށް ހަނދު ބަލާނީ ފެބްރުއަރީ 17 ވާ އަންގާރަ ދުވަހު
10 ފެބުރުއަރީ 2026

މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި

10 ފެބުރުއަރީ 2026
މި އަހަރު އިހްޔާ ފޯރަމް އޮންނާނީ ބޮޑު ތިލަދުއްމަތިން އިހަވަންދޫ ގައި އެކަނި
09 ފެބުރުއަރީ 2026

ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ

09 ފެބުރުއަރީ 2026
ރޯދަ މަހު މެންދަމު 3 ށް ހޮޓާތައް ހުޅުވާފައި ބެހެއްޓޭ
09 ފެބުރުއަރީ 2026

ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ

09 ފެބުރުއަރީ 2026
ރާއްޖޭގެ މޫސުން ގޯސް، ކުރިއަށް އޮތް 4 ދުވަހު ދުންފުހުގެ އަސަރު އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ކުރާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް