Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސައުދީ-އެމެރިކާ

ސައުދީ އަރަބިއްޔާގެ ޖިއްދާ ގައި ޓްރަމްޕް ބިނާ ކުރާ 1 ބިލިއަން ޑޮލަރުގެ ޕްލާޒާ މަޝްރޫއު ލޯންޗް ކޮށްފި

މި ޕްލާޒާގައި އެޕާޓްމަންޓްތަކާއި ވިޔަފާރި މަރުކަޒުތަކާއި ލަގްޒަރީ ކްލަބު ހިމެނޭ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ގޮތައް ތަރައްގީ ކުރާ ސަރަހައްދެއް ކަމަށް ބުނޭ.

ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 13:42
ރިއަލް އެސްޓޭޓް ޑިވެލޮޕަރު ދާރް ގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަނުން ރަސްމީކޮށް "ޓްރަމްޕް ޕްލާޒާ ޖިއްދާ" ލޯންޗުކޮށްފި

ރިއަލް އެސްޓޭޓް ޑިވެލޮޕަރު ދާރް ގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަނުން ރަސްމީކޮށް "ޓްރަމްޕް ޕްލާޒާ ޖިއްދާ" ލޯންޗުކޮށްފި | ދާރް ގްލޯބަލް

ދާރް ގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން ޖިއްދާ ގައި 1 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް އިފްތިތާޙްކޮށްފި އެވެ.

ޢިމާރާތްކުރުމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ދާރް ގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަން ގުޅިގެން، 1 ބިލިއަން ޑޮލަރަށްވުރެ އަގުބޮޑު "ޓްރަމްޕް ޕްލާޒާ ޖިއްދާ" ރަސްމީކޮށް އިފްތިތާޙްކޮށްފި ކަމަށް ހާމަ ކުރީ އެ ކުންފުނިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގަ އެވެ. މިއީ އެކި ބޭނުންތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބިޔަ މަޝްރޫޢެކެވެ.

ލަންޑަންގެ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓުކޮށްފައިވާ ލަގްޒަރީ ޑިވެލޮޕަރ، ދާރް ގްލޯބަލް އާއި ޓްރަމްޕް އޯގަނައިޒޭޝަނާ ދެމެދު ސައުދީ އަރަބިއްޔާ ގައި ކުރިއަށްގެންދާ މިއީ ތިންވަނަ ބޮޑު މަޝްރޫޢެވެ. މީގެ ކުރިން 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު "ޓްރަމްޕް ޓަވަރު ޖިއްދާ" ވެސް ވަނީ އިފްތިތާޙްކޮށްފަ އެވެ.

ކިންގް ޢަބްދުލްޢަޒީޒް މަގުގައި ހުންނަ "އަމާޔާ" ތަރައްޤީކުރާ ސަރަޙައްދުގައި ބިނާކުރާ މި ޕްލާޒާ އަކީ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކާއި، ވިޔަފާރި މަރުކަޒުތަކުގެ އިތުރުން ޒަމާނީ ދިރިއުޅުމުގެ އެންމެހާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ލިބޭނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ.

"ޖިއްދާގެ އެންމެ ފުރިހަމަ މަރުކަޒު" ގެ ގޮތުގައި ސިފަކުރެވޭ މި މަޝްރޫޢުގައި މަތީ ފަންތީގެ އޮފީސްތަކާއި، އަގުބޮޑު ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތަކުގެ އިތުރުން "ޓްރަމްޕް" ބްރޭންޑުގެ ލަގްޒަރީ ޚާއްޞަ ކްލަބެއް ހިމެނެއެވެ. މި ހުރިހާ ބިނާތަކެއް ވެސް ފަރުމާކޮށްފައި ވަނީ މެދުގައި އޮންނަ ޚާއްޞަ ބަގީޗާއެއްގެ ވަށައިގެންނެވެ. މިއީ ބައިނަލްއަޤްވާމީ ފެންވަރުގެ ދިރިއުޅުމަކަށް ބޭނުންވާ ހުރިހާ ވަޞީލަތްތަކެއް ހިމެނޭހެން ބިނާކުރާ ސަރަހައްދެއް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

ޓްރަމްޕް އޯގަނައިޒޭޝަންގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް އެރިކް ޓްރަމްޕް ވިދާޅުވި ގޮތުގައި، މި މަޝްރޫ ޢަކީ ދުނިޔޭގެ ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ޖިއްދާ ކުރިއަރަމުންދާ ކަމަށް އެ ކުންފުނިން ކުރާ އިތުބާރު ހާމަކޮށްދޭ ކަމެކެވެ. "ސައުދީ އަރަބިއްޔާ ގައި އަޅުގަނޑުމެންގެ މަސައްކަތްތައް ފުޅާކުރުމަކީ ދުނިޔޭގެ ފެންވަރުގެ ފަރުމާތަކަށާއި ފެންވަރު ރަނގަޅު މަސައްކަތްތަކަށް އަޅުގަނޑުމެން ދޭ ސަމާލުކަން ހާމަކޮށްދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ދާރް ގްލޯބަލްގެ ސީ.އީ.އޯ ޒިއާދު އަލް ޝާޢަރު ވިދާޅުވި ގޮތުގައި، މިއީ ސައުދީގައި އެ ކުންފުނިން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. "މިއީ ހަމައެކަނި ޢިމާރާތެއް ނޫން، މިއީ އެއް ތަނަކުން މަސައްކަތްކޮށް، ދިރިއުޅެ، ގުޅުންތައް ބަދަހިކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކުރެވިފައިވާ ފުރިހަމަ އަވަށެއް،" އޭނާ ފާހަގަކުރެއްވިއެވެ.

މަސްދަރު: އަލް އަރަބިއްޔާ އިންގްލިޝް

ދާރު ގްލޯބަލްޓްރަމްޕް އޯގަނައިޒޭޝަންޖިއްދާއެމެރިކާ-ސައުދީ އަރަބިއްޔާ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2026

ސައުދީ އަރަބިއްޔާ އަށް ވަގަށް އެތެރެކުރަން އުޅުން 4.7 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި

10 ޖެނުއަރީ 2026
ސައުދީ އަރަބިއްޔާ އަށް ވަގަށް އެތެރެކުރަން އުޅުން 4.7 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި
31 ޑިސެމްބަރު 2025

ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި

31 ޑިސެމްބަރު 2025
ޔަމަންގެ މައްސަލައިގައި ރޫބިއޯ އާއި ސައުދީގެ ފޮރިން މިނިސްޓަރު މަޝްވަރާ ކުރައްވައިފި
17 ނޮވެމްބަރު 2025

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު