Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކައުބަތުﷲ ގެފުޅު

4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ އާދަކާދަ ފެށިފައިވަނީ އިސްލާމްދީން ފެށިގެން އައި ދުވަސްވަރާ ހަމައިން

ރާއްޖެ އެމްވީ | 27 ޖޫން 2025 | ހުކުރު 04:27
ސައުދީ މަސައްކަތްތެރިން އާ އުރަކޮޅު ލެއްވުމުގެ މަަސައްކަތުގައި

ސައުދީ މަސައްކަތްތެރިން އާ އުރަކޮޅު ލެއްވުމުގެ މަަސައްކަތުގައި

އިސްލާމީ އައު އަހަރުގެ ފުރަތަމަ ދުވަހު މައްކާގައި ހުންނަ ކަޢުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލު ކޮށްފިއެވެ.

ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ބަދަލު ކުރުމަކީ ކީރިތި ނަބިއްޔާގެ ޒަމާނުން ފެށިގެން ކުރެވެމުން އަންނަ މުޤައްދަސް އާދަކާދައެކެވެ.

އައު ކިސްވާ ހަދާފައިވަނީ 670 ކިލޯގްރާމްގެ ޤުދުރަތީ ކަޅު ފަށުވިންނެވެ. އުރަކޮޅު ފެހުމަށް ބޭނުން ކޮށްފައިވަނީ 150 ކިލޯގްރާމްގެ ރަނާއި ރިހިން ޕްލޭޓް ކޮށްފައިވާ ބަރަންޏެވެ. އުރަކޮޅުގައި ކީރިތި ގުރުއާނުގެ 68 އާޔަތް 24 ކެރެޓް ރަނުން ޕްލޭޓް ކޮށްފައިވާ ރިހިން ލިޔެފައިވެއެވެ. އުރަކޮޅުގައިވާ އާޔަތް ތަކަކީ ޚާއްސަ ފަންނުވެރިންގެ އަތުން ފަހައިގެން ލިޔެފައިވާ އަތުލިޔުމެކެވެ.

އުރަކޮޅުގެ ފޮތިގަނޑުގެ ބޮޑުމިނަކީ 658 އަކަ މީޓަރެވެ. އުރަކޮޅު އެކުލެވިގެން ވަނީ 47 ފަށުވި ފޮތިގަނޑުގެ މައްޗަށެވެ. އުރަކޮޅުގެ ބަރުދަން، އެއް މެޓްރިކް ޓަނަށްވުރެ އިތުރުވެއެވެ.

އުރަކޮޅު އުފައްދަން ޚާއްސަ މަރުކަޒެއް ސައުދީގައި ވަނީ ގާއިމު ކޮށްފައެވެ. އުރަކޮޅަކީ މައްކާގައި ހުންނަ ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސް ފޮރ ދަ މެނުފެކްޗަރިންގ އޮފް ދަ ކަޢުބާ ކިސްވާ ގައި އަހަރަކު އެއްފަހަރު އުފައްދާ އެއްޗެކެވެ. މީގެ އަގު ގާތްގަނޑަކަށް 4.5 މިލިއަން އެމެރިކާ ޑޮލަރު (17 މިލިއަން ސަޢޫދީ ރިޔާލް) އަށް އަރާ ކަމަށް އަންދާޒާ ކުރެވެއެވެ.

އިޙްތިރާމާއި ފަރުވާތެރިކަމާއި އާދަކާތަކާއެކު ކިސްވާ ބަދަލުކުރެވެނީ ކޮންމެ އަހަރެއްގެ ވެސް މުޙައްރަމް މަހުގެ ފުރަތަމަ ދުވަހުއެވެ. މިއީ ހަނދު މަހުގެ ތާރީޚުން ބުރާސްފަތި ވީ ދުވަހެވެ. މިކަން ކުރެވެނީ 100 އަށް ވުރެ ގިނަ ޚާއްޞަ ފަންނުވެރިން ބައިވެރި ވެގެން ވަރަށް ފަރުވާތެރި ކަމާއެކު ރޭވިގެން ނެވެ.

މި މަސައްކަތް ކުރެވެނީ ކަރަންޓު ލިފްޓުތަކާއި ސްކެފޯލްޑިންގ ބޭނުންކޮށްގެން، އުރަކޮޅު ބަދަލު ކުރުމުގެ ތެރޭގައި ކަޢުބާގެ އެއްވެސް ބައެއް އެއްވެސް އިރެއްގައި ހާމަނުވާ ގޮތަށެވެ.

ޙައްޖު މޫސުމުގައި، އުރަކޮޅުގެ ތިރީ ބަޔަށް "އިޙްރާމުލް ކަޢުބާ" ކިޔާ ހުދު ކުލައިގެ ކޮޓަން ފޮތި ބައެއް އިތުރު ކުރެވެއެވެ. މިލިއަނުން މީހުން ކަޢުބާ ވަށައި ޠަވާފު ކުރާ އިރު މި ފޮތިގަނޑު އިތުރުު ކުރެވެނީ ކިސްވާ އަށް ގެއްލުން ވިޔަނުދިނުމަށާއި، ހަޑިވިޔަ ނުދިނުމަށެވެ.

އައު ކިސްވާ އެޅުވުމަށްފަހު، ކުރީގެ އަހަރުގެ ކިސްވާ ވަރަށް ފަރުވާތެރިކަމާއެކު ނަގައި، ސާފުކޮށް، ގާތްގަނޑަކަށް 56 ބަޔަކަށް ކަނޑައެވެ. އެއަށްފަހު މި ބައިތައް ރަސްކަމުގެ އަމުރުފުޅާ އެއްގޮތަށް ރަސްރަސްކަލުންނަށާއި، ޤައުމުތަކުގެ އިސްވެރިންނަށާއި، ބޭރުގެ ސަފީރުންނަށާއި ފާހަގަކޮށްލެވޭ ދީނީ މުއައްސަސާތަކަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާތަކަށް ބަހާލަނީއެވެ. ބާކީ ބައިތައް ޚާއްސަ ދާރުލް އާސާރެއްގައި ރައްކައުކުރެވެނީ އެވެ.

ދުނިޔެ އަށް ފެތުރިފައިވާ އެންމެ ޒަމާންވީ ކިސްވާގެ ބައިތަކުގެ ތެރެއިން ބައެއް ބައިތައް ނިސްބަތް ވަނީ މަމްލޫކު އަދި އުސްމާނީ ވެރިކަމުގެ ޒަމާނަށެވެ.

ފާހަގަކޮށްލެވޭ މިސާލެއްގެ ގޮތުން، ތުރުކީގެ ބުރްސާ ގައި ހުންނަ މަސްޖިދުލް ޖާމިޢުގައި ބެހެއްޓިފައިވާ 1517 ވަނަ އަހަރުގެ ކިސްވާގެ ބައެއް ފާހަގަ ކުރެވެއެވެ. އެހެނިހެން ތާރީޚީ ބައިތައް ބެހެއްޓިފައި ހުންނަނީ ޤާހިރާގެ އިސްލާމީ މިއުޒިއަމްތަކާއި ތުރުކީގެ އާކައިވް ތަކުގައެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރުމުގެ އާދަކާދަ ފެށިފައިވަނީ އިސްލާމްދީން ފެށިގެން އައި ދުވަސްވަރުގައެވެ.

ކީރިތި ނަބިއްޔާގެ ޒަމާނުގައި، ކަޢުބާ ގައި އެޅުވުމަށް ޔަމަނުން ގެންނަ ފޮތި ބޭނުން ކުރުމަކީ އާދައެކެވެ. ފަހުން، ޚަލީފާއިންނާއި އިސްލާމީ ވެރިކަންތަކުގެ ދަށުން، ކިސްވާ އުފެއްދެނީ މިޞްރުގައެވެ. އަދި އަހަރަކު އެއްފަހަރު ރަސްމީ ގާފިލާ އެއްގައި އުރަކޮޅު މައްކާ އަށް ފޮނުވެއެވެ.

1927 ވަނަ އަހަރުން ފެށިގެން، ރަސްގެފާނު އަބްދުލްއަޒީޒުގެ ރަސްކަމުގެ އަމުރުފުޅަކާ ގުޅިގެން، ސަޢޫދީ ޢަރަބިއްޔާ އިން ކިސްވާ އުފެއްދުމުގެ މަސައްކަތް ފެށިއެވެ.

މިއަދު، ކިންގް އަބްދުލްއަޒީޒް ކޮމްޕްލެކްސްގައި އުރަކޮޅު ތައްޔާރު ކުރުމުގައި އެތައް ސަތޭކަ ފަންނުވެރިންނާއި ތަޖުރިބާކާރުން މަސައްކަތް ކުރެއެވެ. ފަށުވީގައި ކުލަޖެއްސުމުން ފެށިގެން ފޮތިގަނޑު ވިޔުމާއި ކީރިތި ޤުރުއާނުގެ އާޔަތްތައް ރަނާއި ރިހިން ފެހުމުގެ މަސައްކަތް ކުރަނީ ވެސް މި ކޮމްޕްލެސްކް ގައެވެ.

ކައުބަތުﷲ ގެފުޅުކިސްވާމައްކާސައޫދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

ޓްރަމްޕް އާއިލާ އިން ރާއްޖޭގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަނީ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު