Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ހިޖުރަ

ކީރިތި ރަސޫލާގެ ހިޖުރައިގެ ތާރީޚީ މަގު ދައްކުވައިދޭ މަޝްރޫއު ސައުދީން ފަށައިފި

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ތާރީޚީ ހަނދާންތައް އާލާކުރުމަށް "ޢަލާ ޚުޠާ" ނަމުގައި ސައުދީ އަރަބިއްޔާއިން ޚާއްޞަ މަޝްރޫއެއް ފަށައިފިއިފި. މީގެ ބޭނުމަކީ އިސްލާމީ ތާރީޚުގެ މި މުހިންމު ހާދިސާއާ މެދު އޮންނަ ހޭލުންތެރިކަން އިތުރުކޮށް، އެ ދަތުރުފުޅުގެ ރޫހާނީ އަދި އިލްމީ ފިލާވަޅުތައް ޒަމާނީ ގޮތަކަށް އާންމުންނަށް ފޯރުކޮށްދިނުން.

ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2026 | ހޯމަ 10:20
ސައުރު ފަރުބަދައިން ހިޖުރައިގެ ތަޖުރިބާ ފެށިގެންދާއިރު، މިއީ ކީރިތި ރަސޫލާ ﷺ އަބޫބަކުރުގެފާނާއެކު ސައުރު ފަރުބަދައިގެ ހޮހޮޅަ އަށް ވަޑައިގެންނެވި ހިސާބު. އެކަލޭގެފާނާއި އަބޫބަކުރުގެފާނު އެ ހޮހޮޅައިގައި ތިން ރޭ ހޭދަކުރެއްވިއިރު، އެއީ ނުތަނަވަސްކަމާއި ބިރުވެރިކަން އޮތް ވަގުތުތަކެއް ނަމަވެސް، އެ ތަނުން ލިބިގެންދިޔައީ ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި ވަރުގަދަ އީމާންތެރިކަން.

ސައުރު ފަރުބަދައިން ހިޖުރައިގެ ތަޖުރިބާ ފެށިގެންދާއިރު، މިއީ ކީރިތި ރަސޫލާ ﷺ އަބޫބަކުރުގެފާނާއެކު ސައުރު ފަރުބަދައިގެ ހޮހޮޅަ އަށް ވަޑައިގެންނެވި ހިސާބު. އެކަލޭގެފާނާއި އަބޫބަކުރުގެފާނު އެ ހޮހޮޅައިގައި ތިން ރޭ ހޭދަކުރެއްވިއިރު، އެއީ ނުތަނަވަސްކަމާއި ބިރުވެރިކަން އޮތް ވަގުތުތަކެއް ނަމަވެސް، އެ ތަނުން ލިބިގެންދިޔައީ ނުހަނު ބޮޑު ހިތްހަމަޖެހުމަކާއި ވަރުގަދަ އީމާންތެރިކަން. | އަލާ ޚުތާ

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގެ ތާރީޚީ މަގު ދައްކުވައިދޭ "ޢަލާ ޚުޠާ" މަޝްރޫއު ސައުދީ އަރަބިއްޔާއިން އާދީއްތަ ދުވަހުގެ ރޭ އިފްތިތާހުކޮށްފި އެވެ. މި މަޝްރޫއަކީ މައްކާއާއި މަދީނާއާ ދެމެދު 470 ކިލޯމީޓަރުގެ ދިގު ރާސްތާއެއްގައި ހިމެނޭ 11 ސަރަހައްދެއް ހިމެނޭހެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ.

އިނގިރޭސި ބަހުން "އިން ދަ ޕްރޮފެޓްސް ސްޓެޕްސް" ގެ ނަމުން ނަންދީފައިވާ މި މަޝްރޫއަކީ، "ޢަލާ ޚުޠާ" ގެ ރަސްމީ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މާތްވެގެންވާ ހިޖުރައިގެ ތާރީޚީ ހަނދާންތައް އާލާކުރުމަށް ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މިއީ އިސްލާމީ ތާރީޚުގެ އެންމެ މުހިންމު އެއް ހާދިސާގެ ރޫހާނީ އަދި ތާރީޚީ އަސަރުތަކާ ގުޅިލާމެހި، އެކަންކަމާ މެދު ފުންކޮށް ވިސްނާލުމުގެ ފުރުސަތު ކޮންމެ ދަތުރުވެރިއަކަށް ވެސް ލިބިގެންދާނެ މަޝްރޫއެކެވެ.

ސައުދީ އަރަބިއްޔާގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީ (ޖީ.އީ.އޭ) ގެ ރައީސް ތުރުކީ އާލް އައްޝައިޚް ވަނީ މި މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ވީޑިއޯ ކްލިޕެއް އޭނާގެ ރަސްމީ އެކްސް (ކުރީގެ ޓްވިޓާ) ޕޭޖުގައި ހިއްސާކުރައްވާފަ އެވެ.

ޖީ.އީ.އޭ ގެ ރައީސް ވިދާޅުވި ގޮތުގައި، މަދީނާގައި އިފްތިތާހު ކުރެވުނު "ޢަލާ ޚުޠާ" މަޝްރޫއަކީ ކީރިތި ރަސޫލާ ކުރެއްވި ހިޖުރައިގެ މަގު ދައްކުވައިދޭ 470 ކިލޯމީޓަރުގެ ތާރީޚީ މަސައްކަތެކެވެ. މި މަޝްރޫއުގެ ދަށުން، ރަސޫލާގެ ސީރަތަށް އޮންނަ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، ތަރުތީބުކުރެވިފައިވާ އިލްމީ އޮނިގަނޑެއްގެ ތެރެއިން ހިޖުރައިގެ ތާރީޚީ މުހިންމު މަރުހަލާތައް ފެންނާނެހެން ވަނީ ލިޔެކިޔުންތަކުން ބަލަހައްޓާފަ އެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، މަދީނާގެ ގަވަރުނަރު އަދި މަދީނާ ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ރައީސް، އަމީރު ސަލްމާން ބިން ސުލްތާން ބިން އަބްދުލްއަޒީޒް ވަނީ "ހިޖުރަ: އިން ދަ ފުޓްސްޓެޕްސް އޮފް ދަ ޕްރޮފެޓް" މައުރަޒު ހުޅުވައިދެއްވާފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސް.ޕީ.އޭ) އިން ރިޕޯޓުކޮށްފައިވެ އެވެ.

އެސް.ޕީ.އޭ އިން ބުނި ގޮތުގައި، މި މައުރަޒުގައި ކީރިތި ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅު ދައްކުވައިދެނީ ސައުދީ އަދި ބައިނަލްއަގުވާމީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު ފަރުމާކޮށްފައިވާ 14 އިންޓަރެކްޓިވް ސްޓޭޝަނެއްގެ އެހީގަ އެވެ.

މީގެ އިތުރުން، "ހިޖުރަ: އިން ދަ ފުޓްސްޓެޕްސް އޮފް ދަ ޕްރޮފެޓް" މި ނަމުގައި އަރަބި އަދި އިނގިރޭސި ބަހުން ތައްޔާރުކޮށްފައިވާ ފޮތަކާއި، ވާޗުއަލް ރިއަލިޓީ (ވީ.އާރް) މެދުވެރިކޮށް ރަސޫލާގެ ދަތުރުފުޅުގެ ވާހަކަ އެކި ކަހަލަ މީޑިއާތަކުގެ އެހީގައި ތަޖުރިބާކޮށްލެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އެސް.ޕީ.އޭ ގެ ރިޕޯޓުގައިވެ އެވެ.

މި މަޝްރޫއުގައި ތާރީޚީ ލިޔެކިޔުންތަކާއި އިންޓަރެކްޓިވް ތަޖުރިބާތައް އެކުލަވާލައިގެން ޒަމާނީ ގޮތަކަށް މައުލޫމާތުތައް ހުށަހަޅައިދެއެވެ. އަދި ހިޖުރައިގައި އެކުލެވޭ އިންސާނީ އަދި ހަޟާރީ ވެލިއުތަކާއި، ރޭވުންތެރިކަމާއި، ކެތްތެރިކަމާއި، މުޖުތަމައު ބިނާކުރުމުގެ ފިލާވަޅުތަކަށް މި މަޝްރޫއުގައި އަލިއަޅުވާލާފައިވާ ކަމަށް އެ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވެ އެވެ.

ކީރިތި ރަސޫލާގެ ހިޖުރައިގެ ދަތުރުފުޅަކީ އަށް ދުވަހުގެ ތެރޭގައި 400 އަށްވުރެ ގިނަ ކިލޯމީޓަރު ކަޑައްތުކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅަކީ އަރަބި ކަރައިގެ އިޖުތިމާއީ، ސިޔާސީ އަދި އިގްތިސާދީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް ގެނުވި ދަތުރުފުޅެއް ކަމަށް އެސް.ޕީ.އޭ އިން ފާހަގަކޮށްފައިވެ އެވެ.

ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَމައްކާމަދީނާހިޖުރަޢަލާ ޚުޠާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

ރަމަޟާން މަހު މައްކާ އާއި މަދީނާގެ ހޫނުމިން މަތިވާނެ

16 ފެބުރުއަރީ 2026
މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި

މަސްޖިދުލް ހަރާމްގެ މަތީ ފަންގިފިލާ އިން މީހަކު ފުންމާލައިގެން މަރުވާން އުޅެފި

25 ޑިސެމްބަރު 2025
މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި

4.5 މިލިއަން ޑޮލަރުގެ އަގުހުރި އައު އުރަކޮޅު ގެފުޅުގައި ލައްވައިފި

27 ޖޫން 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު