Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ އަރަބިއްޔާ

ސައުދީ އަރަބިއްޔާ އަށް ވަގަށް އެތެރެކުރަން އުޅުން 4.7 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި

މި ތަކެތި އެތެރެ ކުރަން އުޅުނީ ދެލި ބަސްތާތަކެއްގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވައިގެން ޖިއްދާ އިސްލާމިކް ޕޯޓަށް ގެނައި ކާގޯ ޝިޕްމެންޓެއްގައި.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 17:14
ޖިއްދާ އިސްލާމިކް ޕޯޓަށް ގެނައި ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު އެމްފެޓަމިން ގުޅަ

ޖިއްދާ އިސްލާމިކް ޕޯޓަށް ގެނައި ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު އެމްފެޓަމިން ގުޅަ | ސައުދީ ގެޒެޓް

ސައުދީ އަރަބިއްޔާ އަށް ވަގަށް އެތެރެކުރަން އުޅުނު މަސްތުވާތެކެތީގެ ބާވަތެއް ކަމަށްވާ 4.7 މިލިއަން އެމްފެޓަމިން ގުޅަ އަތުލައިގަނެފި އެވެ.

ސައުދީ އަރަބިއްޔާގެ ޒަކާތް، ޓެކްސް އަދި ކަސްޓަމްސް އޮތޯރިޓީ (ޒަޓްކާ) އިން ޖިއްދާ އިސްލާމިކް ޕޯޓަށް ގެނައި ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 4,793,000 އެމްފެޓަމިން ގުޅަ އަތުލައިގަނެ، އެ ތަކެތި ސްމަގުލް ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލައިފި ކަމަށް ވަނީ ބުނެފައެވެ.

އެ އޮތޯރިޓީގެ ތަރުޖަމާނު ޙައްމޫދު އަލް-ޙަރްބީ ސައުދީ މީޑީއާ އަށް ވިދާޅުވި ގޮތުގައި، ދެލި (ޗާކޯލް) ކަމަށް ބުނެ އެތެރެކުރި މި ޝިޕްމަންޓް ކަސްޓަމްސްގެ އުސޫލުތަކުގެ ތެރެއިން ޒަމާނީ ސަލާމަތީ ވަސީލަތްތަކާއި ތަކެތި ދެނެގަންނަ ވަސީލަތްތައް (ކޭ-9) ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގައި މި މަސްތުވާތަކެތި ފެނިފައި ވަނީ ދެލި ބަސްތާތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުއްޓަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ތަކެތި އަތުލައިގަތުމާ ގުޅިގެން، އެ ގައުމުގެ މަސްތުވާތަކެއްޗާ ބެހޭ ޖެނެރަލް ޑައިރެކްޓަރޭޓާ ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިން، ސައުދީ އަރަބިއްޔާގެ ތެރެއިން މި ތަކެއްޗާ ހަވާލުވާން އައި މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެމްފިޓަމިންޒަޓްކާޖިއްދާޑްރަގް ސްމަގުލް ކުރުން

އިތުރަށް ކިޔާލަން

10 އޮކްޓޯބަރު 2025

މަނާ ބޭސްތަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

10 އޮކްޓޯބަރު 2025
މަނާ ބޭސްތަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
14 ސެޕްޓެމްބަރު 2025

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
05 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި

05 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު