Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

އީރާނުގެ ވެރިކަން ބަދަލު ކުރުމަކީ އެމެރިކާގެ އަމާޒެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އީރާނުގެ ވެރިކަން ބަދަލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި. އަދި އީރާނުގެ ވެރިކަމުގައި ހުންނަން ޖެހޭނީ އެމެރިކާ އާއި އޭނާ ވެސް ރުހޭ މީހެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 05:01
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލުން އީރާނަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާ ތަކުގެ ސަބަބުން އެ ޤައުމު އަލުން އާރާސްތު ކުރުމަށް 10 އަހަރު ދުވަސް ނަގާނެ ކަމަށާއި، އީރާންގެ ވެރިކަން ބަދަލު ކުރުމަކީ އެމެރިކާާގެ އަމާޒެއް ނޫން ކަމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން އިތުރަށް އީރާނުގައި ތިބެއްޖެ ނަމަ، އަދި އެ ޤައުމަށް ދެމުން އަންނަ ހަމަލާތައް ދެމުން ގެންދާ ނަމަ، އީރާން އަލުން ބިނާ ކުރުމަށް 10 އަހަރު ދުވަސް ނަގާނެ ކަމަށެވެ. އަދި އީރާން އަލުން ބިނާ ކުރުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ޓްރަމްޕް ވިދާޅުވީ އީރާންގެ ވެރިކަން ބަދަލު ކުރުމަކީ އެމެރިކާގެ މައިގަނޑު އަމާޒެއް ނޫން ކަމަށެވެ. އެންމެ މުހިންމު ކަމަކީ އީރާން އަށް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ޤާބިލުކަން ނެތި ކުރުން ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އީރާންގެ ވެރިކަން ކޮންޓްރޯލް ކުރަމުން އަންނަ ފަރާތް ތަކަށް، އެމެރިކާ އިން ނުފޫޒު ފޯރުވޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވަނީ، ކުރިން ވެސް އޭނާ ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ. އެގޮތުން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށް ނައްތާލެވިފއިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު، އަދި ވެސް އީރާންގައި ނިއުކްލިއާ ހުރި ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ. 

އީރާނުގެ ވެރިކަން ބަދަލު ކުރުމަކީ އެމެރިކާގެ އަމާޒެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މީގެ ކުރިން އޭނާ ވަނީ އީރާންގެ ވެރިކަން ބަދަލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި އީރާނުގެ ވެރިކަމުގައި ހުންނަން ޖެހޭނީ އެމެރިކާ އާއި އޭނާ ވެސް ރުހޭ މީހެއް ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އީރާނުގެ ރޫހީ ލީޑަރުގެ މަޤާމަށް މުޖުތަބާ ޚާމަނާއީ އައްޔަން ކުރެއްވުމާ އެކު ވެސް، ޓްރަމްޕް ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމެރިކާ އިން ޤަބޫލު ނުވާ މީހަކު ރޫހީ ލީޑަރުގެ މަޤާމަށް އައްޔަން ކުރި ނަމަވެސް، އެ މީހަކަށް މާ ގިނަ ދުވަހު މަގާމުގައި ނުހުންނެވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026
މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

21 މާރިޗު 2026
ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު