Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

ނޫސްވެރިން ކުރިމަތި ކުރުވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ނަަމަވެސް، ހަމަލާ ބަދަލު ކުރުން ހުއްޓާލަން ބޭނުންފުޅު ނުވާ ކަމަށް. އަދި އިދިކޮޅު ފަރާތްތައް މުޅިން ބަލިކޮށް، ފުނޑު ފުނޑު ކޮށްލަމުންދާ ދަނޑިވަޅެއްގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 04:50
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ | ގެޓީ އިމޭޖަސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރިއަށް ގެންދާ ހަނގުރާމައިގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ދާން ބޭނުން ނުވާ ކަމަށާއި، އެމެރިކާ މޮޅުވެފައިވާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ފުރައި ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާ އިން ދަނީ އީރާންގެ ސަރުކާރު މުޅިން ފުނޑު ފުނޑު ކޮށްލަމުން ކަމަށެވެ. 

ނޫސްވެރިން ކުރިމަތި ކުރުވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު އޮތް ނަަމަވެސް، ހަމަލާ ބަދަލު ކުރުން ހުއްޓާލަން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތައް މުޅިން ބަލިކޮށް، ފުނޑު ފުނޑު ކޮށްލަމުންދާ ދަނޑިވަޅެއްގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފައި އޮތް އޮތުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަސްކަރީ ގޮތުން ބަލާއިރު އެ ސަރަހައްދު ހުޅުވާލުމަކީ ވަރަށް އާދައިގެ ކަމެއް ކަަމަށެވެ. ނަމަވެސް، އެކަމަށްޓަކައި ވަރަށް ގިނަ އަދަދެއްގެ މަނަވަރު ތަކާއި، އެހީތެރިކަން ބޭނުންވާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ހަމަ އެހެންމެ، ހޮރުމޫޒް ކަނޑު ކަނޑު އޮޅީގެ ސާލަމަތީ ކަންކަން ބެލެހެއްޓުމުގައި ޗައިނާގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް އިތުރުވުމަކީ އެދެވިގެންވާ ކަމެއް ކަަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާ އަށް މިހާރު ވެސް ކާމިޔާބު ހޯދިފައިވާ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވި އެވެ. އަދި ވިދާޅުވީ އީރާންގެ ކަނޑުގެ ސިފައިންނާއި، ވައިގެ ސިފައިންގެ އިތުރުން، ވައިގެ ހަމަލާ ތަކުގެ ދިފާއުވުމަށް ބޭނުން ކުރާ ނިޒާމުތައް ވެސް އެމެރިކާ އިން ނައްތާލާފައިވާ ކަމަށެވެ. އެގޮތުން އީރާންގެ އަސްކަރީ ހުރިހާ ބާރެއް މިހާރު ނެތި ގޮސްފައިވާ ކަމަށާއި، އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި އެއްވެސް ހުރަހެއް ނެތި ހަރަކާތްތެރި ވަމުންދާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. 

އިތުރަށް ޓްރަމްޕް ވިދާޅުވީ، އީރާނަށް މިހާރު ކުރެވޭނެ ހަމައެކަނި ކަމަކީ ކަނޑު އޮޅި ބަންދު ކޮށްގެން އުނދަގޫ ތަކެއް ކުރިމަތި ކުރުވުން ކަމަށެވެ. ނަމަވެސް، އަސްކަރީ ނަޒަރަކުން ބަލާއިރު، އީރާނުގެ ބާރު މިހާރު މުޅިން ކެނޑި، އެ ޤައުމު އޮތީ މުޅިން ނިމިފައި ކަމަށް ޓްރަމްޕް ސިފަ ކުރެއްވި އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

21 މާރިޗު 2026

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ
20 މާރިޗު 2026

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި
19 މާރިޗު 2026

ހަކަތައިގެ ތަންތަނަށް ހަމަލާ ދިނުމަކީ ހެދި ބޮޑު ގޯހެއް، ރައްދުގައި ދޭ ހަމަލާތައް އަދި ނުނިމޭ: އީރާން

19 މާރިޗު 2026
ހަކަތައިގެ ތަންތަނަށް ހަމަލާ ދިނުމަކީ ހެދި ބޮޑު ގޯހެއް، ރައްދުގައި ދޭ ހަމަލާތައް އަދި ނުނިމޭ: އީރާން
19 މާރިޗު 2026

އީރާން އިން އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް 2004 ވަނަ އަހަރު ފަޠުވާއެއް ނެރަފައި، އެއާ ޚިލާފުވި ކަމުގެ އެއްވެސް ހެއްކެއް ނެތް: ޖޯ ކެންޓް

19 މާރިޗު 2026
އީރާން އިން އޮތީ ނިއުކްލިއާ ހަތިޔާރު އުފެއްދުމާ ދެކޮޅަށް 2004 ވަނަ އަހަރު ފަޠުވާއެއް ނެރަފައި، އެއާ ޚިލާފުވި ކަމުގެ އެއްވެސް ހެއްކެއް ނެތް: ޖޯ ކެންޓް
19 މާރިޗު 2026

އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ

19 މާރިޗު 2026
އީރާން އަށް ދޭ ހަމަލާތައް މެކްރޮން ކުށްވެރި ނުކުރާތީ، އަރާގްޗީ ފާޑު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު