Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

އިތުރުން ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ހޮރްމޫޒް ކަނޑު އޮޅި ބަންދުވެފައި އޮތުމުން ކަމަށާއި، އެތަން ހުޅުވުމަކީ ވަރަށް ނުރައްކާތެރި ކަމާ އެކު ކުރެވިދާނެ އަސްކަރީ މަސައްކަތެއް ކަމަށް. ނަމަވެސް އެކަން ކުރަން ނޭޓޯގެ ޤައުމު ތަކުން ފަސް ޖެހޭތީ، އެއީ ފިނޑި ބައެއް ކަަމަށް ޓްރަމްޕް ވިދާޅުވި. އަދި އެމެރިކާ އިން އެކަން ހަނދާން ބަހައްޓާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 05:09
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި، ނޭޓޯގެ ޤައުމު ތަކުގެ އެއްބާރުލުން ނުލިބޭތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޯޑަށް ކޯފާވެއްޖެ އެވެ. 

ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވަނީ، އެމެރިކާގެ އެހީތެރިކަމާ ނުލައި ނޭޓޯ އަކީ އެއްވެސް ބާރެއް ނެތް، ކަރުދާހުގެ މިނިކާވަގަކަށް ވެގެންދާނެ ކަމަށް ވިދާޅުވެފައި އެވެ. 

މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން މުޅި ދުނިޔޭގެ އިޤްތިޞާދަށް ވަނީ އެކަމުގެ އަސަރު ކުރަން ފަށައިފަ އެވެ. މި ހަނގުރާމަައިގައި އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފަ އެވެ. މި ހަނގުރާމަ ފެށުމުގެ ކުރިން އެމެރިކާ އިން އެއްވެސް ޤައުމަކާ މަޝްވަރާ ކޮށްފައި ނުވި ނަމަވެސް، ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރާ އުޅަނދު ފަހަރަށް ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް އެމެރިކާގެ ބައިވެރިންގެ އެހީތެރި ކަމަށް ޓްރަމްޕް ގެންދަވަނީ ބާރު އަޅުއްވަމުންނެވެ. 

ޓްރަމްޕް ވިދާޅުވީ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ނޭޓޯގެ ޤައުމު ތަކުން ބައިވެރިވާން ބޭނުން ނުވާއިރު، ތެލުގެ އަގު ބޮޑުވުމުން އެކަމުގެ ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. އަދި މިހާރު ހަނގުރާމައިގެ އަސްކަރީ ކާމިޔާބީ ލިބިފައިވާ ކަމަށާއި، އެ ޤައުމު ތަަކަށް އެއްވެސް ނުރައްކަލެއް ނެތް ޙާލަތެއްގައި ވެސް، ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް އެހީތެރި ނުވާތީ ޓްރަމްޕް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، ތެލުގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ހޮރްމޫޒް ކަނޑު އޮޅި ބަންދުވެފައި އޮތުމުން ކަމަށާއި، އެތަން ހުޅުވުމަކީ ވަރަށް ނުރައްކާތެރި ކަމާ އެކު ކުރެވިދާނެ އަސްކަރީ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެކަން ކުރަން ނޭޓޯގެ ޤައުމު ތަކުން ފަސް ޖެހޭތީ، އެއީ ފިނޑި ބައެއް ކަަމަށް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާ އިން އެކަން ހަނދާން ބަހައްޓާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ. 

ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމަށް އަސްކަރީ މަނަވަރު ފޮނުވުމަށް ޓްރަމްޕް ގޮވާލެއްވި ގޮވާލެއްވުމަށް، ގިނަ ޤައުމު ތަކުން ވަނީ ދެކޮޅު ހަދައިފަ އެވެ. އަދި އަސްކަރީ މަނަރުތައް ނުފޮނުވާނެ ކަމަށް ވެސް އެ ޤައުމު ތަކުން ވަނީ ބުނެފަ އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ނޭޓޯއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

21 މާރިޗު 2026
އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026
މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

21 މާރިޗު 2026
ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

21 މާރިޗު 2026
ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

ތެލުގެ އަގުބޮޑުވެ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ

21 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު