Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން

އެމެރިކާ އިން އެ ހުއްދަ އަށް އެދިފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު ކަމަށް ފާހަގަ ކުރައްވައި ޑިސަނަޔަކެ ވިދާޅުވީ، އެއީ އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އެންމެ ދެ ދުވަސް ކުރިން ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 07:20
ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ އަދި އެމެރިކާގެ ރައީސް ޓްރަމްޕް

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ އަދި އެމެރިކާގެ ރައީސް ޓްރަމްޕް | ސޯޝަލް މީޑިއާ

ސްރީ ލަންކާގެ ސިވިލް އެއާޕޯޓެއްގައި އެމެރިކާގެ ވައިގެ ދެ އުޅަނދު ޖެއްސުމުގެ ހުއްދަ އަކަަށް އެދިފައި ވަނިކޮށް، ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ އެ ފުރުސަތު ނުދެއްވަން ނިންމަވައިފި އެވެ. 

ހުކުރު ދުވަހު ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެ ޤައުމުގެ ރައީސް ޑިސަނަޔަކެ ވިދާޅުވީ، މާޗު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން، އަށް ވަނަ ދުވަހުގެ ނިޔަލަށް ސްރީ ލަންކާގެ ދެކުނުގައި އޮންނަ މައްތަލާ ރާޖަޕަކްސަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވައިގެ އުޅަނދު ތަކެއް ޖެއްސުމުގެ ހުއްދަ އަށް އެމެރިކާ އިން އެދުނު ކަަމަށެވެ. 

އެމެރިކާ އިން އެ ހުއްދަ އަށް އެދިފައި ވަނީ ފެބްރުވަރީ މަހުގެ 26 ވަނަ ދުވަހު ކަމަށް ފާހަގަ ކުރައްވައި ޑިސަނަޔަކެ ވިދާޅުވީ، އެއީ އެމެރިކާ އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ އެންމެ ދެ ދުވަސް ކުރިން ކަމަށެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފަށާފައި ވަނީ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. 

ޤާނޫނު ހަދާ މަޖިލީހުގައި ޑިސަނަޔަކެ ވިދާޅުވީ، އެމެރިކާ އިން ބޭނުންވީ ޖިބޫތީގައި ހުންނަ އެމެރިކާގެ ބޭސް އަކުން އަށް ކަނޑު މަތީގެ މިސައިލް އެޅިފައިވާ ދެ ހަނގުރާމައިގެ ވައިގެ އުޅަނދު ގެންނަން ކަމަށެވެ. ނަމަވެސް، ސްރީ ލަންކާގެ ވަކި އަތަކަށް ނުޖެހޭ ސިޔާސަތު ދެމެހެއްޓުމުގެ ގޮތުން، އެ ހުށަހެޅުން ބަލައި ނުގަންނަން ނިންމީ ކަމަށް ޑިސަނަޔަކެ ވިދާޅުވި އެވެ. އެއާ އެކު، ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ ޑިސަނަޔަކެ އަށް ވަރަށް ބޯޑަށް ތައުރީފު ކުރައްވައިފަ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، ހަނގުރާމައިގައި އެކުވެރި ޤައުމު ތަކުން އެމެެރިކާ އަށް އެއްބާރުލުން ދޭން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހޮރްމޫޒް ކަނޑު އޮޅި ހުޅުވުމުގެ އަސްކަރީ އޮޕަރޭޝަން އަށް ޤައުމު ތަކުން މަނަވަރު ފޮނުވަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އެއްވެސް ޤައުމަކުން އެކަމަށް އިޖާބަދީފައި ނުވެ އެވެ. 

މީގެ ކުރިން ވެސް ލަންކާގެ ރައީސް ޑިސަނަޔަކެ ވިދާޅުވެފައި ވަނީ، ސްރީ ލަންކާގެ ސިޔާސަތަކީ ވަކި ފަރާތަކަށް ޖެހުމެއް ނެތް، މިނިވަން ސިޔާސަތެއް ކަމަށެވެ. ހަމަ އެއާ އެކު، ސްރީ ލަންކާ އިން އިންސާނިއްޔަތުގެ އަގުތަކާއި، އިންސާނިއްޔަތުކަން ދަމަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ވެސް އެ ޤައުމުން އަމަލު ކޮށްފައި ވަނީ ބައިނަލްއަޤުވާމީ މުއާހަދާ ތަކަށް އިޙުތިރާމް ކުރުމާ އެކު، ޤައުމުގެ އަބުރާއި ޤަދަރު ހިފެހެއްޓޭނެ ފަދަ ގޮތަކަށް ކަމަށް ވެސް ޑިސަނަޔަކެ ވިދާޅުވި އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަނުރަ ކުމާރަ ޑިސަނަޔަކެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

21 މާރިޗު 2026
އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

21 މާރިޗު 2026
އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026
މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

21 މާރިޗު 2026
ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

ހަނގުރާާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ބޭނުމެއް ނޫން، އަހަރަމެން މޮޅުވެއްޖެ: ޓްރަމްޕް

21 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު