Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި އޮންނާނެ ކަމުގެ ޔަޤީންކަން ޕުޓިން ދެއްވައިފި

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަށާއި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ފޮނުއްވި މެސެޖުގައި ޕުޓިން ވިދާޅުވީ، އީރާންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަރުކަށި އިންތިހާނު ތަކުން އަބުރުވެރިކަމާ އެކު އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް. އަދި މި ނާޒުކު ދަނޑިވަޅުގައި، ރަޝިޔާ އަކީ އީރާންގެ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް ޕުޓިން ވަނީ ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 08:48
ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން | ރޮއިޓާސް

ރަޝިޔާ އަކީ އީރާންގެ ވަފާތެރި އެކުވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށާއި، އީރާން އަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ދަނޑިވަޅުގައި އެ ޤައުމާ އެކު ސާބިތުކަމާ އެކު ރަޝިޔާ އޮންނާނެ ކަމުގެ ޔަޤީންކަން، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ދެއްވައިފި އެވެ. 

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން އިން ހޮނިހިރު ދުވަހު ހާމަ ކުރެއްވި ގޮތުގައި ޕުޓިން އެހެން ވިދާޅުވެފައި ވަނީ އީރާންގެ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުގެ ލީޑަރުންނަށް ފޮނުވި މެސެޖުގަ އެވެ. 

އީރާންގެ ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ އަށާއި، އީރާންގެ ރައީސް މަސްއޫދު ޕެޒެޝްކިއާން އަށް ފޮނުއްވި މެސެޖުގައި ޕުޓިން ވިދާޅުވީ، އީރާންގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހަރުކަށި އިންތިހާނު ތަކުން އަބުރުވެރިކަމާ އެކު އަރައިގަނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި ނާޒުކު ދަނޑިވަޅުގައި، ރަޝިޔާ އަކީ އީރާންގެ އިތުބާރު ހުރި ބައިވެރިއެއްގެ ގޮތުގައި ދެމި އޮންނާނެ ކަމަށް ވެސް ޕުޓިން ވަނީ ވިދާޅުވެފަ އެވެ. 

މެދު އިރުމަތީގެ މަސްރަހާ ގުޅޭ ގޮތުން ރަޝިޔާ އިން ބުނެފައި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދެމުންދާ ހަމަލާ ތަކުގެ ސަބަބުން މުޅި ސަރަހައްދު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އަރާފައިވާ ކަމަށް ވެސް ރަޝިޔާ އިން ބުނެފައިވެ އެވެ. މީގެ އިތުރުން، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހަރާ ކޮށްލުމަކީ ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ރަޝިޔާ އިން ވަޏީ ސިފަ ވެސް ކޮށްފަ އެވެ. 

މި ދަނޑިވަޅުގައި ޕޮލިޓިކޯ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައާ ގުޅޭ ޖާސޫސީ މައުލޫމާތު އެމެރިކާ އިން ފޯރުކޮށްދިނުން ހުއްޓާލައިފި ނަމަ، ރަޝިޔާ އިން އީރާން އަށް ދޭ ޖާސޫސީ މައުލޫމާތު ހުއްޓާލާނެ ކަމުގެ ހުށަހެޅުމަށް ރަޝިޔާ އިން ވަނީ އެމެރިކާ އަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެމެރިކާ އިން އެ ހުށަހެޅުން ޤަބޫލު ކޮށްފައި ނުވާ ކަމަށް ބުނެފައިވާއިރު، ރަޝިޔާ އިން ބުނެފައި ވަނީ އެއީ ދޮގު ރިޕޯޓެއް ކަމަށެވެ. 

ރަޝިޔާ އާއި އީރާން އަކީ ގާތް ގުޅުމެއް އޮންނަ ދެ ޤައުމު ކަމަށްވާއިރު، ދެ ޤައުމުން ވެސް އަންނަނީ އެ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ދޭން ފެށި ހަމަލާތައް ކުށްވެރި ކުރި ޤައުމު ތަކުގެ ތެރޭގައި ރަޝިޔާ ހިމެނޭއިރު، ރަޝިޔާ އިން ވަނީ އެ ޤައުމު އޮތީ އީރާންއާ އެކު ކަމަށް މީގެ ކުރިން ވެސް ހާމަ ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރަޝިއާ-އީރާންރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީއިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ވަރުގަދަ އިންޒާރެއް އިނގިރޭސިވިލާތަށް

އީރާންގެ ވަރުގަދަ އިންޒާރެއް އިނގިރޭސިވިލާތަށް

21 މާރިޗު 2026
ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން

21 މާރިޗު 2026
ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

21 މާރިޗު 2026
އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

21 މާރިޗު 2026
އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު