Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންގެ ވަރުގަދަ އިންޒާރެއް އިނގިރޭސިވިލާތަށް

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީއާ ވާހަކަ ދައްކަވަމުން އަރާގްޗީ ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުން ކޮށްގެން އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމުގެ ފުރުސަތު ދިނުމަކީ އުދުވާނެއްގައި ބައިވެރިވުން ކަމަށް ކަނޑައެޅިގެން ބަލާނެ ކަމަށް. އަދި މިފަދަ އަމަލު ތަކަކީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުމުގެ ތާރީޚުގައި ނުބައި ސިފައެއްގައި ރެކޯޑު ކުރެވިގެންދާނެ ކަންކަން ކަމަށް ވެސް އަރާގްޗީ ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 08:48
އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ.

އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ އާއި، އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ. | ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުން ކޮށްގެން އެމެރިކާ އިން އީރާން އަށް ދޭ ކޮންމެ ހަމަލާ އަކީ، އިނގިރޭސިވިލާތުން އީރާންއާ ދެކޮޅާށް ހިންގާ އުދުވާނެއްގައި ބައިވެރިވުން ކަމަށް ބަލާނެ ކަމުގެ އިންޒާރު، އީރާންގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ދެއްވައިފި އެވެ. 

ހުކުރު ދުވަހު އީރާންގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ އެހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކައިގައި ކަމަށެވެ. ނަމަވެސް، އެ ފޯނު ކޯލު ކުރައްވާފައި ވަނީ ސީދާ ކޮން ދުވަހެއްގައި ކަމެއް ބުނެފައި ނުވެ އެވެ.

އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީއާ ވާހަކަ ދައްކަވަމުން އަރާގްޗީ ވިދާޅުވީ، އިނގިރޭސިވިލާތުގެ ބޭސްތައް ބޭނުން ކޮށްގެން އެމެރިކާ އިން އީރާން އަށް ހަމަލާ ދިނުމުގެ ފުރުސަތު ދިނުމަކީ އުދުވާނެއްގައި ބައިވެރިވުން ކަމަށް ކަނޑައެޅިގެން ބަލާނެ ކަމަށެވެ. އަދި މިފަދަ އަމަލު ތަކަކީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުމުގެ ތާރީޚުގައި ނުބައި ސިފައެއްގައި ރެކޯޑު ކުރެވިގެންދާނެ ކަންކަން ކަމަށް ވެސް އަރާގްޗީ ވިދާޅުވެފައިވެ އެވެ. 

އީރާން އިން މިފަދަ އިންޒާރެއް ދީފައި މި ވަނީ، އެމެރިކާ އާއި އިޒްރޭލް އިން އެ ޤައުމާ ދެކޮޅަށް ހިންގާ ހަނގުރާމައުގައި އިނގިރޭސިވިލާތުން އެހީތެރިވާ ކަމުގެ ތުހުމަތު ތަކެއް ކުރެވެމުންދާ ވަގުތެއްގަ އެވެ. ޚާއްސަކޮށް ސަރަހައްދުގެ ހަމަ ނުޖެހުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އީރާންގެ އިސްލާމީ ޖުމްހޫރިއްޔާއާ ދެކޮޅަށް އެއްވެސް އަސްކަރީ އަމަލެއްގައި ބައިވެރިވުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް، އީރާން އިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. 

މި ފޯނު ކޯލާ ގުޅޭ ގޮތުން އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން އަދި ސަރުކާރުން ވެސް ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން-ޔޫކޭއިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއިވެޓް ކޫޕަރ

އިތުރަށް ކިޔާލަން

21 މާރިޗު 2026

ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން

21 މާރިޗު 2026
ސްރީ ލަންކާގެ ރައީސް ޑިސަނަޔަކެ ސާބިތު ކޮށްދެއްވީ، އެމެރިކާ އަށް ބޯ ނުލަނބާނެކަން
21 މާރިޗު 2026

ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"

21 މާރިޗު 2026
ޓްރަމްޕްގެ ރުޅި ގަނޑު ނޭޓޯ އަށް، "ކަލޭމެން ތިއީ ފިނޑި ބައެއް، އަހަރެން އެކަން ހަނދާން ކުރާނަން!"
21 މާރިޗު 2026

އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް

21 މާރިޗު 2026
އީރާން އަލުން އާރާސްތު ކުރަން 10 އަހަރު ނަގާނެ، ވެރިކަން ބަދަލު ކުރާކަށް ނޫޅެން: ޓްރަމްޕް
21 މާރިޗު 2026

އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި

21 މާރިޗު 2026
އީރާނުން ޑިއޭގޯ ގާސިއާ އަށް އަމާޒުކޮށް ހަމަލާ ދީފި
21 މާރިޗު 2026

މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން

21 މާރިޗު 2026
މުޖުތަބާ ޚާމަނާއީގެ މެސެޖެއް: އީރާންގެ ދުޝްމަނުން ދަނީ ބަލިވަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު