Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

މެޗު އެއްވަރުވެފައިވާއިރު، މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އާސެނަލް މޮޅު ނުވެ ނިންމާލަން ޖެހުނު ފުރަތަމަ މެޗު. އާސެނަލް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެގެން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 މާރިޗު 2026 | ބުރާސްފަތި 05:20
ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަން އާއި އާސެނަލް ބައްދަލު ކުރި މެޗުގެ ތެރެއިން

ޗެމްޕިއަންސް ލީގުގައި ބަޔާ ލެވަކޫސަން އާއި އާސެނަލް ބައްދަލު ކުރި މެޗުގެ ތެރެއިން | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިގެ ބުރުގެ ފުރަތަމަ ލެގުގައި ޖަރުމަނުގެ ބަޔާ ލެވަކޫސަންއާ ދެކޮޅަށް ކުޅުނު މެޗުން ފަހު ވަގުތު އާސެނަލް ބަލި ނުވެ ސަލާމަތް ވެއްޖެ އެވެ. 

ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެެވެ. މެޗުގެ ދެ ވަނަހާފުގައި ލެވަކޫސަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އާސެނަލް އިން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ލެވަކޫސަން އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ލެވަކޫސަން އަށް ޖަހައިދިނީ ރޮބާޓް އެންޑްރިޗް އެވެ. އެ ލަނޑު ޖަހަން އެންޑްރިޗް އަށް ފުރުސަތު ތަނަވަސްކޮށްދިނީ އެލެކްސް ގްރިމާލްޑޯ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، އާސެނަލް އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އާސެނަލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކައި ހަވާޓްޒް އެވެ. 

މެޗު އެއްވަރުވެފައިވާއިރު، މިއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އާސެނަލް މޮޅު ނުވެ ނިންމާލަން ޖެހުނު ފުރަތަމަ މެޗެވެ. އާސެނަލް އިން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ ލީގު ބުރުގައި ކުޅުނު އަށް މެޗުން ވެސް މޮޅުވެގެންނެވެ. ގަދަ 16ގެ ފުރަތަމަ ލެގު އެއްވަރުވީއިރު، ދެ ވަނަ ލެގު ކުޅޭނީ އާސެނަލްގެ އަމިއްލަ ދަނޑުގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްބަޔާ ލެވަކޫސަން

އިތުރަށް ކިޔާލަން

11 މާރިޗު 2026

އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި

11 މާރިޗު 2026
އެޓަލަންޓާ ބަލިކޮށް، ބަޔާން އިން ކުއާޓާ ފައިނަަލްގެ ފުރުސަތު ބޮޑު ކޮށްފި
11 މާރިޗު 2026

ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ

11 މާރިޗު 2026
ނިއުކާސަލް އަތުން ފަހު ވަގުތު ބާސެލޯނާ ސަލާމަތް ވެއްޖެ
11 މާރިޗު 2026

ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް

11 މާރިޗު 2026
ގަލަތަސަރާއި އަތުން ބަލިވެ ލިވަޕޫލް ޕްރެޝަރަށް
10 މާރިޗު 2026

މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް

10 މާރިޗު 2026
މިއީ ސީޒަނުގެ އެންމެ މުހިންމު ވަގުތު ކޮޅު: ފްލިކް
10 މާރިޗު 2026

ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި

10 މާރިޗު 2026
ލިވަޕޫލް އާއެކު 100 ވަނަ މެޗަށް ނިކުންނައިރު، ސްލޮޓް ހުރީ ވަރަށް ބޮޑު އުންމީދެއްގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު