Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ބްރައިޓަން ބަލިކޮށް، އާސެނަލް އަށް ހަތް ޕޮއިންޓުގެ ލީޑެއް.

ބްރައިޓަން އަތުން ހޯދި މޮޅާ އެކު، އާސެނަލް ތާވަލުގެ އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކުން. މިހާތަނަށް ލީގުގައި ކުޅެފައިވާ 30 މެޗުން އާސެނަލް އަށް ލިބެނީ 67 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 މާރިޗު 2026 | ބުރާސްފަތި 03:19
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެއް ވަަނައިގައި ލީޑު ފުޅާ ކޮށްފި އެވެ.

ބްރައިޓަންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލްގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ ވެސް ނުވަ ވަނަ މިނިޓުގަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ބްރައިޓަން އަށް ވަނީ އާސެނަލް ކޮޅަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އާސެނަލްގެ ޑިފެންސް އިން ހެދުނު ގޯހެއްގައި ލިބުނު ބޯޅަ ބްރައިޓަންގެ ކާލޮސް ބަލެބާ ފޮނުވާލި ނަމަވެސް، އެ ބޯޅަ ސަލާމަތް ކުރީ ގަބްރިއެލް މަގާލައެސް އެވެ.

އޭގެ ފަހުން މެޗުގެ ނުވަ ވަނަ މިނެޓުގަައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އެ ލަނޑު ޖަހަން ސަކާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޔޫރިއެން ޓިމްބާ އެވެ. އޭގެ ފަހުން ވެސް މެޗުގައި އާސެނަލް އިން ވަނީ އިތުރު ލަނޑު ޖަހަން ފުރުސަތު ހޯދައިފަ އެވެ. 

ބްރައިޓަން އަތުން ހޯދި މޮޅާ އެކު، އާސެނަލް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 30 މެޗުން އާސެނަލް އަށް ލިބެނީ 67 ޕޮއިންޓެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް ލިބެނީ 60 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްބްރައިޓަން

ކޮމެންޓް

އިތުރަށް ކިޔާލަން

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

އެސްޓަން ވިލާ އަތުން މޮޅުވެ، ޗެލްސީ ފަސް ވަނައިގައި

05 މާރިޗު 2026
ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

ފަހު ވަގުތު ވުލްވްސް އަތުން ލިވަޕޫލް ބަލިވެއްޖެ

04 މާރިޗު 2026
ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

ޗެލްސީ ބަލިކޮށް، އާސެނަލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

02 މާރިޗު 2026
ފަހު ވަގުތު ޕެލަސް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

ފަހު ވަގުތު ޕެލަސް ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

02 މާރިޗު 2026
ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

ލީޑްސް އާކުޅެ ހޯދި އުނދަގޫ މޮޅާ އެކު، ސިޓީ އިން ފަރަގު ކުޑަ ކޮށްފި

01 މާރިޗު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު