Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން ޓޮޓެންހަމް ބަލިކޮށް، އާސެނަލް ލީޑުގައި

މެޗުން މޮޅުވެ އާސެނަލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކުން. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުން އާސެނަލް އަށް ލިބެނީ 61 ޕޮއިންޓު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2026 | ހޯމަ 04:55
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެއް ވަނަ މަގާމުގައި ލީޑު ހިފަހައްޓައިފި އެވެ. 

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 4-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން ލީޑު ނަގާފައި ވަނިކޮށް، ޓޮޓެންހަމް އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ތިން ލަނޑު ޖަހައިގެން އާސެނަލް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ އެބްރެޗީ އެޒޭ އެވެ. ނަމަވެސް، އޭގެ ދެ މިނެޓު ފަހުން ފްރާންސްގެ ރަންޑަލް ކޯލޯ މުއާނީ ވަނީ ލަނޑު ޖަަހައި ޓޮޓެންހަމް އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. 

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި އަލުން އާސެނަލް އިން ލީޑު ނެގީ ވިކްޓަ ޔޮކަރޭޝް ޖެހި ލަނޑުންނެވެ. އެއީ ޔޫރިއެން ޓިމްބާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ 61 ވަނަ މިނެޓުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ އެޒޭ އެވެ. އަދި މެޗުގައި އާސެނަލްގެ ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޖެހީ ޔޮކަރޭޝް އެވެ.

މެޗުން މޮޅުވެ އާސެނަލް އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 28 މެޗުން އާސެނަލް އަށް ލިބެނީ 61 ޕޮއިންޓެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެ ދެ ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައި ވަނީ 56 ޕޮއިންޓެވެ. މެޗުގެ އަދަދު ހަމަކޮށް، ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްޓޮޓްނަމް ހޮޓްސްޕަރ

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

ނިއުކާސަލް ބަލިކޮށް، ސިޓީ އިން ޕޮއިންޓަކަށް ފަރަގު ކުޑަ ކޮށްފި

22 ފެބުރުއަރީ 2026
ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

19 ފެބުރުއަރީ 2026
ހުރިހާ މުބާރާތެއްގައި އާސެނަލް އޮތުމަކީ އާޓެޓާ އަށް އޮތް ހިތްހަމަ ޖެހުމެއް

ހުރިހާ މުބާރާތެއްގައި އާސެނަލް އޮތުމަކީ އާޓެޓާ އަށް އޮތް ހިތްހަމަ ޖެހުމެއް

18 ފެބުރުއަރީ 2026
ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

16 ފެބުރުއަރީ 2026
ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

12 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު