Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ

ވުލްވްސްއާ އެއްވަރުވެ، އާސެނަލް އަށް ލީޑު ފުޅާ ނުކުރެވުނު

މިވަގުތު އެއް ވަނައިގައި އާސެނަލް އޮތީ 27 މެޗުން 58 ޕޮއިންޓާ އެކު. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް 53 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 06:56
މެޗުގައި ލަނޑު ޖެހުމަށް ފަހު ވުލްވްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ވުލްވްސްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އަނެއްކާ ވެސް އާސެނަލް އިން ނަގާލައިފި އެވެ. 

ވުލްވްސްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި އާސެނަލް އިން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ވުލްވްސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 

މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި އާސެނަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ބުކަޔޯ ސަކާ އެވެ. އެއީ ޑެކްލަން ރައިސް ތަނަަވަސްކޮށްދިން ފުރުސަތެއްގައި ސަކާ ޖެހި ލަަނޑެކެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން އެގާރަ ވަނަ މިނެޓުގައި އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޕިއެރޯ ހިކަންޕީ އެވެ. އެއީ ގަބްރިއެލް މަގާޅައެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

އާސެނަލް އިން ދެ ވަނަ ލަނޑު ޖެހިތާ ފަސް މިނެޓު ފަހުން ވުލްވްސް އިން ވަނީ ފުރަތަމަ ލަނޑު ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު ވުލްވްސް އަށް ޖަހައިދިނީ ހޫގޯ ބުއެނޯ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ވުލްވްސް އަށް ނަތީޖާ ހަމަހަމަވީ އާސެނަލްގެ ރިކާޑޯ ކަލަފިރޯތީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. މެޗުގައި ކަލަފިއޯރީ ކުޅެން ނިކުތީ ވެސް މެޗުގެ ފަހު ވަގުތުގެ ތެރެގަ އެވެ. 

މެޗު އެއްވަރުވެ، އެއް ވަަނައިގައި އާސެނަލް ދަމަހައްޓަމުން އައި ލީޑު ވަނީ ކުޑަވެފަ އެވެ. މިވަގުތު އެއް ވަނައިގައި އާސެނަލް އޮތީ 27 މެޗުން 58 ޕޮއިންޓާ އެކު އެވެ. އާސެނަލް އަށް ވުރެ އެއް މެޗު މަދުން ކުޅެގެން ދެ ވަނައިގައި މެންޗެސްޓަރ ސިޓީ އަށް 53 ޕޮއިންޓު ލިބޭއިރު، މެޗުގެ އަދަދު ހަމަކޮށް ދެ ޕޮއިންޓަށް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ސިޓީ އަށް އޮންނާނެ އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްވުލްވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ހުރިހާ މުބާރާތެއްގައި އާސެނަލް އޮތުމަކީ އާޓެޓާ އަށް އޮތް ހިތްހަމަ ޖެހުމެއް

ހުރިހާ މުބާރާތެއްގައި އާސެނަލް އޮތުމަކީ އާޓެޓާ އަށް އޮތް ހިތްހަމަ ޖެހުމެއް

18 ފެބުރުއަރީ 2026
ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

ވިގަން އެތުލެޓިކް ބަލިކޮށް، އާސެނަލް ވެސް ގަދަ 16 އަށް

16 ފެބުރުއަރީ 2026
ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

ސަންޑަލޭންޑް ބަލިކޮށް، ލިވަޕޫލް އަށް ހަމަ ނޭވާއެއް

12 ފެބުރުއަރީ 2026
ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

ފުލަމް ބަލިކޮށް، ސިޓީ އިން ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފި

12 ފެބުރުއަރީ 2026
ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

ވެސްޓް ހޭމް ކައިރިން ޔުނައިޓެޑު ސަލާމަތްވީ ފަހު ވަގުތު

11 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު