Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ސައުދީން އީރާނުގެ ޑިޕްލޮމެޓުން 24 ގަޑިއިރު ތެރޭ ފުރުމަށް އަމުރުކޮށްފި

ރިޔާޟްގައި ހުންނަ އީރާނު އެމްބަސީގެ ފަސް މުވައްޒަފަކު 24 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް ސައުދީ ސަރުކާރުން ވަނީ އަމުރުކޮށްފަ.

ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 01:31
ތެހެރާންގައި ހުންނަ އީރާނުގެ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ކޮންފަރެންސް ހޯލެއްގެ ދޮރުމަތީގައި، އީރާނުގެ ދިދައަކާއި ސައުދީ އަރަބިއްޔާގެ ގައުމީ ދިދައެއްގެ ކައިރީގައި ސައުދީގެ އޮފިޝަލަކު މަޑުކޮށްލައިގެން. މި ފޮޓޯ ނަގާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު.

ތެހެރާންގައި ހުންނަ އީރާނުގެ ފޮރިން މިނިސްޓްރީގެ އިމާރާތުގެ ކޮންފަރެންސް ހޯލެއްގެ ދޮރުމަތީގައި، އީރާނުގެ ދިދައަކާއި ސައުދީ އަރަބިއްޔާގެ ގައުމީ ދިދައެއްގެ ކައިރީގައި ސައުދީގެ އޮފިޝަލަކު މަޑުކޮށްލައިގެން. މި ފޮޓޯ ނަގާފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު. | ގެޓީ އިމޭޖަސް

ސައުދީގައި ހުންނަ އީރާނު އެމްބަސީގެ ބައެއް މުވައްޒަފުންނަކީ އެ ގައުމަށް ބޭނުންނުވާ "ޕާސޯނާ ނޮން ގްރާޓާ" މީހުންގެ ގޮތުގައި ކަނޑައަޅައި، 24 ގަޑިއިރު ތެރޭގައި ގައުމުން ފޭބުމަށް ސައުދީ އަރަބިއްޔާއިން ހޮނިހިރު ދުވަހު އަމުރުކޮށްފިއެވެ.

ސައުދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރިޔާޟްގައި ހުންނަ އީރާނު އެމްބަސީގެ މިލިޓަރީ އެޓޭޗޭ އާއި އޭނާގެ އެހީތެރިޔާގެ އިތުރުން، އެ ޑިޕްލޮމެޓިކް މިޝަންގެ އިތުރު ތިން މުވައްޒަފަކު ގައުމުން ފުރުމަށް އަންގާފައިވާ ކަމަށެވެ.

ސައުދީ އަރަބިއްޔާއަށާއި، ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ގައުމުތަކުގެ އިތުރުން އަރަބި އަދި އިސްލާމީ ގައުމުތަކަށް އީރާނުން ދެމުންދާ "ބޮޑެތި ހަމަލާތައް" އެ ވުޒާރާއިން ވަނީ ކުށްވެރިކޮށްފައެވެ.

އީރާނުން މެދުނުކެނޑި ސައުދީގެ ބިންތަކަށާއި، އާންމު އުމްރާނީ ވަސީލަތްތަކަށާއި، އިގްތިސާދީ މަސްލަހަތުތަކުގެ އިތުރުން ޑިޕްލޮމެޓިކް އިމާރާތްތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، އަވަށްޓެރިކަމުގެ އުސޫލުތަކާއި، ގައުމުތަކުގެ މިނިވަންކަމަށް އިހުތިރާމްކުރުމުގެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށް ސައުދީ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

މިފަދަ އަމަލުތަކަކީ 2023 ވަނަ އަހަރު ޗައިނާ މެދުވެރިވެގެން ސައުދީ އާއި އީރާނާ ދެމެދު ގުޅުން ގާއިމުކުރުމަށް އެއްބަސްވި "ބެއިޖިން އެގްރީމަންޓް" އާއި، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2817 (2026) އާ ޚިލާފު އަމަލުތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ. 

އީރާނުން ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ، މަސްރަހު އިތުރަށް ގޯސްވެ، ދެ ގައުމުގެ މިހާރުގެ ގުޅުމަށާއި މުސްތަގުބަލުގެ ގުޅުމަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމުގެ އިންޒާރު މި މަހުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއިން ވަނީ ދީފައެވެ.

އދ. ގެ ޗާޓަރުގެ 51 ވަނަ މާއްދާއިން ގައުމުތަކަށް ލިބިދޭ އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގުގެ ދަށުން، ސައުދީގެ ސިޔާދަތާއި، ސަލާމަތާއި، ބިމުގެ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށާއި، ރައްޔިތުންނާއި ގައުމުގައި ދިރިއުޅޭ މީހުންނާއި އިގްތިސާދީ މަސްލަހަތުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް "ފަސްނުޖެހޭނެ" ކަމަށް ޚާރިޖީ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ޣައިރު ގާނޫނީ ހަމަލާތަކެއްގައި އެ ގައުމުގެ އެންމެ މަތީ ލީޑަރު އަވަހާރަވުމާ ގުޅިގެން، އީރާނުން ބަދަލު ހިފުމުގެ ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން މެދުއިރުމަތީގައި ވަނީ ނުރައްކާތެރި ހަނގުރާމައެއް ފެށި، އެކަމުގެ އަސަރު މުޅި ދުނިޔެއަށް ފެތުރިފަ އެވެ. 

އީރާން-ސައުދީ އަރަބިއްޔާއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

އީރާނުން ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފި

22 މާރިޗު 2026
ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

ހޮރްމޫޒް ކަނޑުއޮޅި 48 ގަޑިއިރު ތެރޭގައި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް "ފުނޑުފުނޑުކޮށްލާނެ" ކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

22 މާރިޗު 2026
އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި

އިޒްރޭލުގެ ނިއުކްލިއާ މަރުކަޒު ހުންނަ ޑިމޯނާ ސަރަހައްދަށް އީރާނުން ވަރުގަދަ ހަމަލާތަކެއްދީ ސިއްސުވާލައިފި

22 މާރިޗު 2026
އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

20 މާރިޗު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު