Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްވިޒަރލެންޑް

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި

އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން، އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓް ކުރުމުގެ ހުއްދަތައް ދޫކުރުން ސުވިޒަލޭންޑުން ވަނީ ހިފަހައްޓާފައި. މި ނިންމުމާ ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅުންހުރި އުދުހުންތަކަށް އެމެރިކާއިން އެދުނު ބައެއް ހުއްދަތަކަށް ވެސް އެ ގައުމުން ވަނީ އިންކާރުކޮށްފައި. ސުވިޒަލޭންޑް ސަރުކާރުން ބުނި ގޮތުގައި އިޒްރޭލަށް ހަތިޔާރު ފޮނުވުން ހުއްޓާލާފައިވާތާ މިހާރު ގިނަ އަހަރުތަކެއް ވެފައިވާއިރު، އެމެރިކާއަށް މުދާ އެކްސްޕޯޓް ކުރުމާ ގުޅޭ ކަންކަން މާހިރުންގެ ޓީމަކުން ދަނީ ގަވާއިދުން މުރާޖައާ ކުރަމުން.

ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 15:28
އިރާންގެ ތެހެރާނަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާތަކާ އެކު 2026 މާރިޗު 02 ވަނަ ދުވަހު އެ ސިޓީގެ ސަރަހައްދުތަކުން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް.

އިރާންގެ ތެހެރާނަށް އިޒްރޭލާއި އެމެރިކާ އިން ދިން ހަމަލާތަކާ އެކު 2026 މާރިޗު 02 ވަނަ ދުވަހު އެ ސިޓީގެ ސަރަހައްދުތަކުން ދުން އަރަމުންދާ މަންޒަރު ފެންނަ ފޮޓޯއެއް. | ގެޓީ އިމޭޖަސް

އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓްކުރުން ހުއްޓާލުމަށް ސުވިޒަލޭންޑް ސަރުކާރުން ނިންމައިފި އެވެ.

އަސްކަރީ ގޮތުން ވަކި ފަރާތަކަށް ނުޖެހުމަށް ގެންގުޅޭ ދިގު މުއްދަތުގެ ސިޔާސަތަށް ރިއާޔަތްކޮށް، އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓް ކުރުމަށް ދޫކުރާ ހުއްދަތައް ސުވިޒަލޭންޑުން ހިފަހައްޓާފައިވާ ކަމަށް އަލްޖަޒީރާ އިން ވަނީ ރިޕޯޓުކޮށްފައި.

ސުވިޒަލޭންޑް ސަރުކާރުން ބުނި ގޮތުގައި، އީރާން ހަނގުރާމަ ފެށުނު ފަހުން އެމެރިކާއަށް ހަނގުރާމަވެރި ސާމާނު އެކްސްޕޯޓް ކުރުމުގެ އެއްވެސް އާ ހުއްދައެއް ދޫކޮށްފައެއް ނުވެއެވެ. އަދި އިޒްރޭލަށްހަތިޔާރު އެކްސްޕޯޓް ކުރުމުގެ އެއްވެސް ހުއްދައެއް ނުދޭތާ މިހާރު އެތައް އަހަރެއް ވެފައިވާ ކަމަށްވެސް އެ ސަރުކާރުން ބުނެއެވެ.

އެ ގައުމުގެ ސަރުކާރުން ހާމަކުރި ގޮތުގައި، ކަމާބެހޭ މާހިރުންގެ ޓީމަކުން އެމެރިކާއަށް މުދާ އެކްސްޕޯޓް ކުރުމާ ގުޅޭ ކަންކަން ގަވާއިދުން މުރާޖައާ ކުރަމުންދާނެއެވެ. އަދި ވަކި ފަރާތަކަށް ނުޖެހުމުގެ ގާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ މެދު އެ ޓީމުން ގޮތްތައް ނިންމާނެއެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި، އީރާން ހަނގުރާމައާ ގުޅުންހުރި އުދުހުންތަކަށް އެމެރިކާއިން އެދުނު ދެ ހުއްދައަކަށް ސުވިޒަލޭންޑުން ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް، ވަކި ފަރާތަކަށް ނުޖެހުމުގެ ގާނޫނަށް ރިއާޔަތްކޮށް، އެހެން ތިން އުދުހުމަކަށް އެ ގައުމުން ވަނީ ހުއްދަ ދީފައެވެ. 2023 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އިރާގަށް އެރި ހާދިސާއާ ގުޅިގެން ވެސް، ސުވިޒަލޭންޑުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމާއި ހަނގުރާމައިގައި ބައިވެރިވި ގައުމުތަކަށް ހަތިޔާރު އެކްސްޕޯޓްކުރުން އެ ގައުމުން މަނާކުރިއެވެ. ނަމަވެސް ފަހުން އެ މަނާކުރުންތައް ވަނީ އުވާލާފައެވެ.

ސްވިޒަރލެންޑްއީރާންއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

20 މާރިޗު 2026
އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

20 މާރިޗު 2026
ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

20 މާރިޗު 2026
އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

20 މާރިޗު 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު