Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗެކް ރިޕަބްލިކް

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

އިޒްރޭލުގެ އަސްކަރިއްޔާއަށް ހަތިޔާރު ފޯރުކޮށްދޭ އެލްބިޓް ސިސްޓަމްސްއާ ގުޅުންހުރި ޗެކް ރިޕަބްލިކްގެ ފެކްޓްރީއަކަށް ދިން މި ހަމަލާގައި އެތަނުގެ ބައެއް އިމާރާތްތައް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދާފައި. މި އަމަލުގެ ޒިންމާ އުފުލި "ދަ އާތުކުއޭކް ފެކްޝަން" އިން ބުނިގޮތުގައި، މިއީ ފަލަސްތީނާއި އީރާނާ ދެކޮޅަށް އިޒްރޭލުން ހިންގާ ގަތުލުއާންމުތަކަށް އެހީތެރިވާ ވަސީލަތްތައް ނައްތާލުމަށް ދިން ހަމަލާއެއް.

ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 14:00
އިޒްރޭލުގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެލްބިޓް ސިސްޓަމްސްއާ ގުޅިގެން މަސައްކަތްކުރާ އެލް.ޕީ.ޕީ ހޯލްޑިންގްގެ ގުދަނަކާއި އިދާރީ އިމާރާތެއްގައި ވަނީ ރޯކޮށްލައި އަންދާލާފައި.

އިޒްރޭލުގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެލްބިޓް ސިސްޓަމްސްއާ ގުޅިގެން މަސައްކަތްކުރާ އެލް.ޕީ.ޕީ ހޯލްޑިންގްގެ ގުދަނަކާއި އިދާރީ އިމާރާތެއްގައި ވަނީ ރޯކޮށްލައި އަންދާލާފައި. | އެކްސް

އިޒްރޭލުގެ ހަތިޔާރު އުފައްދާ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެލްބިޓް ސިސްޓަމްސްއާ ގުޅުން ހުރި، ޗެކް ރިޕަބްލިކްގައި ހުންނަ ފެކްޓްރީއެއްގައި ރޯކޮށްލައިފިއެވެ. މި ހަމަލާގެ ޒިންމާ އަަންޑަގްރައުންޑް ގްރޫޕަކުން މިހާރު ވަނީ އުފުލާފައެވެ.

މި ހާދިސާއާ ގުޅިގެން ޗެކް ރިޕަބްލިކްގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ފަށާފައިވާއިރު، ފުލުހުން ބުނީ މިއީ ޓެރަރިޒަމާ ގުޅުން ހުރި އަމަލެއްތޯ ބަލަމުންދާ ކަމަށެވެ.

ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ދިން މި ހަމަލާގައި، ޗެކް ރިޕަބްލިކްގެ ކުންފުންޏަކާއި އިޒްރޭލުގެ އެލްބިޓް ސިސްޓަމްސް ގުޅިގެން ހިންގާ އެ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ.

އެލްބިޓް ސިސްޓަމްސްއަކީ އިޒްރޭލުން ޣައްޒާ އާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަތަކުގައި ބޭނުންކުރާ އެއްގަމާއި ވައިގެ ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ކުންފުންޏެވެ.

މި ހަމަލާގެ ޒިންމާ އުފުލި "ދަ އާތުކުއޭކް ފެކްޝަން" ނަމަކަށް ކިޔާ ގްރޫޕަކުން ޓެލެގްރާމްގައި ބުނީ، އެ ސަރަހައްދަކީ އިޒްރޭލުގެ ހަތިޔާރު އުފައްދާ އެންމެ ބޮޑު ކުންފުނިން ޔޫރަޕްގައި ހިންގާ އޮޕަރޭޝަންތަކުގެ މަރުކަޒު ކަމަށާއި، މިހާރު އެތަން ވަނީ އަނދާހުލިވެފައި ކަމަށެވެ.

އެ ގްރޫޕުން އިތުރަށް ބުނީ، އިޒްރޭލުގެ އަމަލުތަކަށް އެހީތެރިވާ ބައިނަލްއަގުވާމީ ސަރުކާރުތަކުގެ ކިބައިން އާދޭސްކުރާނެ ވަގުތެއް މިހާރު ނެތް ކަމަށާއި، މީހުން މެރުމަށް އެ ފަރާތްތަކުން ބޭނުންކުރާ ވަސީލަތްތައް ނައްތާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެ ގްރޫޕުން އަޅަމުންދާނެ ކަމަށެވެ.

އިޒްރޭލްއެލްބިޓް ސިސްޓަމްޗެކް ރިޕަބްލިކްއީރާންދަ އާތުކުއޭކް ފެކްޝަންއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

20 މާރިޗު 2026

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

20 މާރިޗު 2026
އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި
20 މާރިޗު 2026

އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ

20 މާރިޗު 2026
އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ
18 މާރިޗު 2026

ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި

18 މާރިޗު 2026
ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި
18 މާރިޗު 2026

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

18 މާރިޗު 2026
ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް
18 މާރިޗު 2026

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

18 މާރިޗު 2026
އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު