Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

މި ހާލަތުން އަރައިގަތުމަށްޓަކައި ޓިކެޓްގެ އަގުތަކަށް ކަނޑައަޅާފައިވާ މަތީ ލިމިޓް އުވާލުމަށް އެދިފައިވާއިރު، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލަކާއެކު އެއާލައިންތަކުގެ އޮޕަރޭޝަނަލް ޚަރަދުތައް އެތައް މިލިއަން ޑޮލަރަކުން އިތުރުވަމުންދާކަން އެ ފަރާތްތަކުން ފާހަގަކުރޭ.

ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 14:07
ޔުނައިޓެޑް ކިންގްޑަމްގެ ލަންޑަން ހީތުރޯ އެއާޕޯޓުގެ ރަންވޭއަށް ޖެއްސުމަށްޓަކައި އެއާ އިންޑިއާގެ އެއާބަސް A350-900 މަރުކާގެ ބޯޓެއް ދަތުރުކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް.

ޔުނައިޓެޑް ކިންގްޑަމްގެ ލަންޑަން ހީތުރޯ އެއާޕޯޓުގެ ރަންވޭއަށް ޖެއްސުމަށްޓަކައި އެއާ އިންޑިއާގެ އެއާބަސް A350-900 މަރުކާގެ ބޯޓެއް ދަތުރުކުރަނިކޮށް ނަގާފައިވާ ފޮޓޯ އެއް. | ގެޓީ އިމޭޖަސް

އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އިންޑިގޯ، އެއާ އިންޑިއާ އަދި ސްޕައިސްޖެޓް ތަމްސީލުކުރާ ފެޑަރޭޝަން އޮފް އިންޑިއަން އެއާލައިންސް އިން ވަނީ، ތެލުގެ އަގު އިންތިހާއަށް އުފުލެމުންދާތީ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ހުއްޓާލުމާއި، އައު ބޯޓުތައް ފްލީޓަށް އިތުރުކުރުން ލަސްކުރަން ޖެހިދާނެ ކަމަށް ބުނެ އިންޑިއާ ސަރުކާރަށް އިންޒާރު ދީފައެވެ.

އެ ފެޑަރޭޝަނުން ސަރުކާރަށް ފޮނުވި ސިޓީއެއްގައި ވަނީ، މިދިޔަ ޑިސެމްބަރު މަހު ސަރުކާރުން ކަނޑައެޅި ޓިކެޓްގެ އަގުތަކުގެ މަތީ ލިމިޓް ނުވަތަ "ފެއާ ކެޕްސް" އުވާލުމަށް އެދިފައެވެ.

ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިންޑިއާގެ އެއާލައިންތަކަށް އާމްދަނީގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާއިރު، އޮޕަރޭޝަނަލް ޚަރަދުތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ރޮއިޓާސްއަށް ފެނިފައިވާ އެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުގައި، މިހާރު އޮތް ހާލަތު މިގޮތަށް ކުރިއަށްދާނަމަ އެއާލައިންތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި މީގެ ސަބަބުން ބައެއް އެއާލައިންތައް ހިންގުމަށް ދަތިވެ، އެ ކުންފުނިތަކުގެ ދެމިއޮތުމަށް ވެސް ނުރައްކާވެދާނެ ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

އެޗް.އެސް.ބީ.ސީގެ އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި، ތެޔޮ ފީފާއެއްގެ އަގަށް އަންނަ ކޮންމެ 1 ޑޮލަރުގެ ބަދަލަކާއެކު، އިންޑިގޯ އެއާލައިންގެ އަހަރީ ތެލުގެ ޚަރަދު ގާތްގަނޑަކަށް 3 ބިލިއަން ރޫޕީސް (32 މިލިއަން ޑޮލަރު) އަށް އިތުރުވެގެންދާނެއެވެ.

އިންޑިގޯއެއަރ އިންޑިއާސްޕައިސްޖެޓްފެޑަރޭޝަން އޮފް އިންޑިއަން އެއާލައިންސްއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

20 މާރިޗު 2026

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

20 މާރިޗު 2026
ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި
20 މާރިޗު 2026

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

20 މާރިޗު 2026
އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި
20 މާރިޗު 2026

އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ

20 މާރިޗު 2026
އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ
18 މާރިޗު 2026

ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި

18 މާރިޗު 2026
ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި
18 މާރިޗު 2026

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

18 މާރިޗު 2026
އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު