Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ބޯންމައުތުން ޔުނައިޓެޑާ އެއްވަރު ކޮށްފި

މެޗުން މޮޅުވެ ތިން ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަަމަވެސް، މެޗު އެއްވަރުގެ ތިން ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅެފައިވާ 31 މެޗުން 55 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 މާރިޗު 2026 | ހޮނިހިރު 03:11
މެޗުގައި ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކުމުން ޔުނައިޓެޑުގެ މެގުއާ ރެފްރީއާ ވާހަކަ ދައްކަނީ

މެޗުގައި ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކުމުން ޔުނައިޓެޑުގެ މެގުއާ ރެފްރީއާ ވާހަކަ ދައްކަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއަރ ލީގުގައި ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު އެއްވަރު ވެއްޖެ އެވެ. 

ބޯންމައުތުގެ އަމިއްލަ ދަނޑުގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ޔުނައިޓެޑުން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، ބޯންމައުތުން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 61 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަގައިދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް އެވެ. އެއީ ބޯންމައުތުގެ އޭރިޔާ ތެރެއިން ޔުނައިޓެޑުގެ މަތެއުސް ކުންހާ އަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބޯންމައުތަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރްޔާން ކްރިސްޓީ އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ލިބުނީ ބޯންމައުތުގެ ޑިފެންޑަރު ޖޭމްސް ހިލް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ޔުނައިޓެޑަށް ލިބުނު ކޯނަރެއްގައި ފެނާންޑޭސް ނެގި ބޯޅަ އޭނާގެ ބޮލުގައި ޖެހި ގޯލަށް ވަދެގެންނެވެ. ދެ ވަނަ ފަހަރަށް ބޯންމައުތުން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އިންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލި ޖޫނިއާ ކްރޫޕީ އެވެ.

މެޗުން މޮޅުވެ ތިން ވަނައިގައި ލީޑު ފުޅާ ކުރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަަމަވެސް، މެޗު އެއްވަރުގެ ތިން ވަނައިގައި އެ ޓީމު އޮތީ މިހާތަނަށް ކުޅެފައިވާ 31 މެޗުން 55 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑަށް ވުރެ އެއް މެޗު މަދުން ކުޅެގެން ހަތަރު ވަނައިގައި އެސްޓަން ވިލާ އަށް ލިބެނީ 51 ޕޮއިންޓެވެ.

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްބޯންމައުތު

އިތުރަށް ކިޔާލަން

16 މާރިޗު 2026

ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

16 މާރިޗު 2026
ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި
16 މާރިޗު 2026

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
16 މާރިޗު 2026

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

16 މާރިޗު 2026
އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް
15 މާރިޗު 2026

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
15 މާރިޗު 2026

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު