Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްްރިމިއާ ލީގު

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

މޮޅާ އެކު ޔުނައިޓެޑު ތިން ވަނައިގައި އޮތީ، މިހާތަނަށް ލީގުގައި ކުޅެފައިވާ 30 މެޗުން 54 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 މާރިޗު 2026 | ހޯމަ 03:12
މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ޔުނައިޓެޑުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން ހޯދި މުހިންމު މޮޅާ އެކު، މެންޗެސްޓަރ ޔުނައިޓެޑުން ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ދެ ވަނަ ހާފުގައި ޔުނައިޓެޑުން ލީޑު ނަގާފައި ވަނިކޮށް، އެސްޓަން ވިލާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އިތުރު ދެ ލަނޑު ޖަހައިގެން ޔުނައިޓެޑު ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ކަސެމީރޯ އެވެ. އެއީ ކެޕްޓަން ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެެކެވެ. އޭގެ ފަހުން މެޗުގެ 64 ވަނަ މިނެޓުގައި އެސްޓަން ވިލާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮސް ބާކްލޭ އެވެ.

މެޗުގައި ދެ ވަނަ ފަހަރަށް ޔުނައިޓެޑުން ލީޑު ނެގީ 71 ވަނަ މިނެޓުގައި މަތުއުސް ކުންހާ ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން އޭނާ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ފެނާންޑޭސް އެވެ. އޭގެ ފަހުން މެޗުގެ 81 ވަނަ މިނެޓުގައި ބެންޖަމިން ސެސްކޯ ވަނީ ޔުނައިޓެޑުގެ ތިން ވަނަ ލަނޑު ޖަހައި އިތުރަށް ލީޑު ފުޅާ ކޮށްފަ އެވެ. 

މޮޅާ އެކު ޔުނައިޓެޑު ތިން ވަނައިގައި އޮތީ، މިހާތަނަށް ލީގުގައި ކުޅެފައިވާ 30 މެޗުން 54 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑު އަތުން ބަލިވި އެސްޓަން ވިލާ އޮތީ 30 މެޗުން 51 ޕޮއިންޓާ އެކު ހަތަރު ވަަނައިގަ އެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްއެސްޓަން ވިލާ

އިތުރަށް ކިޔާލަން

15 މާރިޗު 2026

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
15 މާރިޗު 2026

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ
15 މާރިޗު 2026

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
05 މާރިޗު 2026

ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

05 މާރިޗު 2026
ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ
05 މާރިޗު 2026

ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.

05 މާރިޗު 2026
ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު