Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

20 މާރިޗު 2026 | ހުކުރު 13:51

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ޓެރަރިސްޓް ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުޙައްމަދު ނާއިނީ ޝަހީދުކޮށްލުމާ ގުޅިގެން، އެ ޖަމާއަތުން އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށް ބަދަލު ހިފާނެ ކަމަށް ބުނެފައި.

ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 13:51
ބްރިގޭޑިއަރ ޖެނެރަލް އަލީ މުޙައްމަދު ނާއިނީ

ބްރިގޭޑިއަރ ޖެނެރަލް އަލީ މުޙައްމަދު ނާއިނީ | ތަސްނީމް ނިއުސް އޭޖެންސީ

ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި، އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްގައި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ރަސްމީ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުޙައްމަދު ނާއިނީ ޝަހީދުވެފައިވާކަން އީރާނުން އިއުލާންކޮށްފިއެވެ.

އައިއާރުޖީސީން ނެރުނު ބަޔާނެއްގައި، ދައުލަތަކުން އިސްވެ އޮވެ ހިންގި މި ޓެރަރިސްޓް އަމަލަކީ ފިނޑި އަމަލެއްގެ ގޮތުގައި ކުށްވެރިކޮށްފައިވެއެވެ. އަދި މި ހަމަލާގެ ބަދަލު ހިފާނެ ކަމަށް ވަޢުދުވެ، އިސްތިއުމާރީ ބާރުތަކުގެ އުދުވާނާ ދެކޮޅަށް ކުރާ މަސައްކަތުގައި ސާބިތުވެ ތިބޭނެކަން އެ ޖަމާއަތުން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.

އައިއާރުޖީސީގެ ރަސްމީ ބަޔާނުގައި ބުނެފައިވަނީ:

"ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އެމެރިކާއާއި ޒަޔަނިސްޓް ދުޝްމަނުން ދިން ލާއިންސާނީ ޓެރަރިސްޓް ހަމަލާގައި، މީޑިއާގެ ދާއިރާގެ ހިތްވަރުގަދަ މުޖާހިދު، އައިއާރުޖީސީގެ ޕަބްލިކް ރިލޭޝަންސްގެ ނައިބު އަދި ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަލީ މުޙައްމަދު ނާއިނީ ޝަހީދުވުމާ ގުޅިގެން، ކޮމާންޑަރ-އިން-ޗީފަށާއި، ޝަހީދުގެ ޢާއިލާއަށާއި، އިސްލާމިކް ރިވޮލިއުޝަން ގާޑްގެ ހުރިހާ ކޮމާންޑަރުންނާއި ހިތްވަރުގަދަ ސިފައިންނަށާއި، މީޑިއާގެ މެންބަރުންގެ އިތުރުން ކާޝާން ސަރަހައްދުގެ ލޮބުވެތި ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރަމެވެ.

ވޭތުވެދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ އިންގިލާބު ދިފާއުކުރުމުގައި މި ހިތްވަރުގަދަ ކޮމާންޑަރު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަކީ ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތަކެކެވެ. ޚާއްޞަކޮށް އަށް އަހަރު ދުވަހަށް ދެމިގެންދިޔަ ހަނގުރާމައިގެ ދުވަސްވަރު 'ސެކްރެޑް ޑިފެންސް' ގެ ކަންކަން ލިޔެކިޔުމުން ބަލަހައްޓައި، ހާމަ ކުރުމުގަ އާއި، ވޭތުވެދިޔަ ދެ އަހަރު ދުވަހު އައިއާރުޖީސީގެ ތަރުޖަމާނުގެ ހައިސިއްޔަތުންނާއި، 'އޮޕަރޭޝަން ޓްރޫ ޕްރޮމިސް' 2، 3 އަދި 4 ގެ ތެރޭގައި އޭނާ އަދާކުރެއްވި ދައުރުގެ ސަބަބުން، ޖިހާދާއި ގުރުބާނީގެ ތާރީޚުގައި އޭނާގެ ނަން އަބަދަށް ފަވާލެވިގެންދާނެއެވެ.

'ސޮފްޓް ވޯ' ނުވަތަ ފިކުރީ ހަނގުރާމައިގެ ދާއިރާގައި އޭނާ ގެންގުޅުއްވި އާދަޔާޚިލާފު ވިސްނުންތަކާއި ނަމޫނާތަކަކީ، ކިބުރުވެރި ބާރުތަކާ ދެކޮޅަށް ފިކުރީ ހަނގުރާމަ ކުރާ އިންގިލާބީ ގާޑުންނާއި އޮފިސަރުންނަށް ހުރި މަގުދައްކައިދޭނެ އުސޫލުތަކެކެވެ.

އެ ހިތްވަރުގަދަ އަދި އިޚްލާޞްތެރި ކޮމާންޑަރުގެ ސާފު ފުރާނައަށް އަޅުގަނޑުމެން ސަލާމް ފޮނުވަމެވެ. އޭނާއާއި އޭނާގެ ޝަހީދުވި އަޚާ ދެއްކެވި ނުގުޑާ ފަދަ ހިތްވަރަށް އިހުތިރާމް އަދާކުރާ ހާލު، ޓެރަރިސްޓް މުޖުރިމުންނާ ދެކޮޅަށް، ޚާއްޞަކޮށް ފިކުރީ ހަނގުރާމައިގެ މައިދާނުގައި އެބޭފުޅުން ފެއްޓެވި ސާބިތު މަގުގައި ކުރިއަށް ދިއުމަށް އަޅުގަނޑުމެން އަޒުމް ކަނޑައަޅަމެވެ. އަދި ރައްޔިތުންގެ މައްޗަށް ބިނާވެފައިވާ އައިއާރުޖީސީގެ ވަރުގަދަ އަޑު މުއުމިނުންގެ ހިތްތަކުގައި ކަނޑުވައިލުމަށް ފުރުސަތެއް ނުދޭނެ ކަމަށާއި، އައިއާރުޖީސީގެ ފިކުރީ އަދި ރޫހާނީ ބާރަށް އެއްވެސް އުނިކަމެއް އައުމަށް ފުރުސަތު ނުދޭނެކަމުގެ ޔަގީންކަން އަރުވަމެވެ."

އައިއާރުޖީސީއަލީ މުހައްމަދު ނާއިނީއޮޕަރޭޝަން ޓްރޫ ޕްރޮމިސްއީރާން-ޔޫއެސްއޭ-އިސްރާއީލް

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2026

އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ

20 އޯގަސްޓު 2026
އީރާނާ ދެކޮޅަށް "އިގްތިސާދީ ހަނގުރާމައެއް" ފައްޓަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެ
17 އޯގަސްޓު 2026

އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

17 އޯގަސްޓު 2026
އީރާން ހަނގުރާމަ އަށް ހުރަސް އަޅާނަމަ އޮމާންއަށް ބޮންއަޅާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
17 އޯގަސްޓު 2026

ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި

17 އޯގަސްޓު 2026
ދުޝްމަނުން އީރާނުގެ "ސަޕްރައިޒްތަކަށް" ތައްޔާރަށް ތިބުމަށް އެގައުމުގެ އިިސް ކޮމާންޑަރަކު އިންޒާރުދީފި
12 އޯގަސްޓު 2026

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

12 އޯގަސްޓު 2026
ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ
10 އޯގަސްޓު 2026

އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ކޮމާންޑަރުންގެ ބަދަލުގައި އައު ކޮމާންޑަރުން އީރާނުގެ ލީޑަރު އައްޔަނު ކުރައްވައިފި

10 އޯގަސްޓު 2026
އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި ކޮމާންޑަރުންގެ ބަދަލުގައި އައު ކޮމާންޑަރުން އީރާނުގެ ލީޑަރު އައްޔަނު ކުރައްވައިފި
03 އޯގަސްޓު 2026

އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި

03 އޯގަސްޓު 2026
އީރާނުން އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯނެއް ވައްޓާލައިފި
30 ޖުލައި 2026

އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި

30 ޖުލައި 2026
އުރުދުންގެ އެމެރިކާގެ އެއާބޭސްއަށް މިސައިލް ހަމަލާދީ, އެފް-35 މަރުކާގެ ތިން ބޯޓު ސުންނާފަތިކޮށްލައިފި ކަމަށް އީރާނުގެ އަސްކަރިއްޔާ އިން ބުނެފި
23 ޖުލައި 2026

ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި

23 ޖުލައި 2026
ކުވެއިތާއި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އިރާނުން ހަމަލާ ދީފި
21 ޖުލައި 2026

ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟

21 ޖުލައި 2026
ހުރްމުޒް ގައި ޓޭންކަރުތަލުގައި ރޯވެފައި، އެމެރިކާ އާއި އީރާނުން ހަމަލާތައް ބަދަލު ކުރަނީ، އެންމެ ފަހުގެ ޚަބަރަކީ ކޮބާ؟
20 ޖުލައި 2026

ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި

20 ޖުލައި 2026
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު ދެ ތެޔޮ ޓޭންކަރު ގޮއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް