Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާން ހަނގުރާމަ

އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ

20 މާރިޗު 2026 | ހުކުރު 13:43

އިރާނުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދިން ނަމަވެސް، އެ ގައުމުގެ ވެރިކަމުގެ ނިޒާމަކީ ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް ކަމަށް އެ ގައުމުން ބުނޭ. މިފަދަ ހަމަލާތަކުގެ ސަބަބުން އިރާނުގެ އަސްކަރީ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާކަމަށާއި، ރޮކެޓާއި ޑްރޯން ހަމަލާތައް މެދުކެނޑުމެއްނެތި ކުރިއަށްދާކަން އެ ގައުމުން ފާހަގަކުރެވޭ.

ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 13:43
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އެ ދެ ގައުމާ ދެކޮޅަށް އަޑުއުފުލުމަށް 2026 ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަހު އީރާނުގެ ތެހެރާންގައި އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަނީ.

އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، އެ ދެ ގައުމާ ދެކޮޅަށް އަޑުއުފުލުމަށް 2026 ފެބްރުއަރީ 28 ވީ ހޮނިހިރު ދުވަހު އީރާނުގެ ތެހެރާންގައި އެ ގައުމުގެ ރައްޔިތުން މުޒާހަރާކުރަނީ. | ގެޓީ އިމޭޖަސް

އިރާނުގެ އިސްވެރިން އަވަހާރަކޮށްލުމުގެ ސިލްސިލާ ހަމަލާތަކެއް ކުރިއަށްދިޔަ ނަމަވެސް، އެ ގައުމުގެ ސަރުކާރު ބަލިކަށިވެ ވެއްޓިދާނެކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. އަނެއްކޮޅުން އެމެރިކާއާއި އިޒްރޭލުން ގަބޫލުކުރާ ގޮތުގައި، މިގޮތަށް ދެވޭ ހަމަލާތަކުގެ ސަބަބުން މަޑުމަޑުން އިރާނުގެ ސަރުކާރު ރޫޅި، ނިމުމަކަށް އަންނާނެއެވެ.

ނަމަވެސް، އިރާނުގެ ވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، އެފަދަ ހަމަލާތަކުގެ ސަބަބުން އެދެވޭ ނަތީޖާއެއް ހާސިލުނުވާނެ ކަމަށެވެ.

އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، އިރާނުގެ ވެރިކަމުގެ ނިޒާމަކީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ބިނާވެފައިވާ، މުޖުތަމައުގައި ފުންކޮށް މޫލާފައިވާ ނިޒާމެކެވެ. އެހެންކަމުން، ކިތަންމެ ގިނަ ބަޔަކު މަރާލި ނަމަވެސް، އެ ނިޒާމަށް އެއްވެސް ގުޑުމެއް ނާރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.

ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް ބަލާއިރު، އިރާނުގެ ސަރުކާރުގެ އޮނިގަނޑަށް ނުވަތަ ހަނގުރާމައިގެ އޮޕަރޭޝަންތަކަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ފެނިފައެއް ނުވާ ކަމަށް އަލް ޖަޒީރާ އިން ރިޕޯޓުކޮށްފައިވެ އެވެ. އިރާނުން ކުރިއަށްގެންދާ ހަނގުރާމައިގެ ހަރަކާތްތައް އެއްވެސް މެދުކެނޑުމެއް ނެތި ދަނީ ކުރިއަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ރޮކެޓާއި، މިސައިލާއި، ޑްރޯން ހަމަލާތައް ފޮނުވަމުންދަނީ އެއްވެސް ބަދަލެއް ނައިސް، ކުރިއެކޭވެސް އެއްގޮތަށެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާންއީރާން-ޔޫއެސްއޭ-އިޒްރޭލް

އިތުރަށް ކިޔާލަން

18 މާރިޗު 2026

ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި

18 މާރިޗު 2026
ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި
18 މާރިޗު 2026

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

18 މާރިޗު 2026
ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް
18 މާރިޗު 2026

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

18 މާރިޗު 2026
އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ
18 މާރިޗު 2026

ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

18 މާރިޗު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި
18 މާރިޗު 2026

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

18 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި
18 މާރިޗު 2026

ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

18 މާރިޗު 2026
ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ
18 މާރިޗު 2026

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި
18 މާރިޗު 2026

ގަލްފު ގައުމުތަކުގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިޔަށް ހަދާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި

18 މާރިޗު 2026
ގަލްފު ގައުމުތަކުގެ ތެލާއި ގޭސް މަރުކަޒުތައް އަންދާ އަޅިޔަށް ހަދާލާނެ ކަމުގެ އިންޒާރު އިރާނުން ދީފި
17 މާރިޗު 2026

ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި

17 މާރިޗު 2026
ހަނގުރާމައިގެ ސަބަބުން ބައިނަލްއަގުވާމީ އެއާލައިންތަކުން މެދުއިރުމައްޗަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތް އޮތުން ދަންމާލައިފި
17 މާރިޗު 2026

އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ

17 މާރިޗު 2026
އީރާނުގައި ކުރަމުންދާ ހަނގުރާމަ އަންނަ ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނަމަ، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލާ ކުރިމަތިލާންޖެހޭނެ: ޑަބްލިޔުއެފްޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް