Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއީރާން ހަނގުރާމަ

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ސަރަހައްދީ އެހެން ގައުމުތަކުގެ ތެލުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދިނުމާއެކު، ބްރެންޓް ކުރޫޑް ފީފާއެއްގެ އަގު 108 ޑޮލަރަށް އަރައި، ވިލާތުގެ ބާޒާރުގައި ގޭހުގެ އަގުވެސް ވަނީ މައްޗަށް ގޮސްފައި.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 18:30
އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.

އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް އީރާނުން ދިން ވަރުގަދަ މިސައިލް ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. | ޕްރެސްޓީވީ

އީރާނުގެ ގޭސް ފީލްޑަކަށް އިޒްރޭލުން ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ އެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުތައް ދަނީ ހަލުވިކަމާއެކު މައްޗަށް އަރަމުން ކަމަށް އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވެ އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިންކުރާ މިންގަނޑެއް ކަމަށްވާ ބްރެންޓް ކުރޫޑްގެ އަގު ވަނީ 4.92 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 108.51 ޑޮލަރަށް އުފުލިފައެވެ.

މީގެ އިތުރުން އެމެރިކާގެ ސާފުނުކުރާ ތެލުގެ އަގު ވަނީ 1.86 އިންސައްތަ މައްޗަށް ގޮސް، ފީފާއެއްގެ އަގު 98 ޑޮލަރަށް އަރާފައެވެ.

ތެލުގެ އަގުތަކަށް މި ބަދަލު އައިސްފައިވަނީ އީރާނުގެ ޕާސް ގޭސް ފީލްޑަށް ދިން ހަމަލާއަކާ ގުޅިގެންނެވެ. އެ ހަމަލާއަށްފަހު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރުގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުގެ ވެރިރަށް ތެހެރާނުން ވަނީ ދީފައެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ވިލާތުގެ ގައުމުތަކުގައި ގޭސް ވިއްކާ އަގުވެސް ވަނީ 6.6 އިންސައްތަ މައްޗަށް ގޮސްފައެވެ. މިއާއެކު މެގަވޮޓް އަވަރ އަކަށް ޖެހޭ އަގު ވަނީ ގާތްގަނޑަކަށް 55 ޔޫރޯ (ގާތްގަނޑަކަށް 63 ޑޮލަރު) އަށް އުފުލިފައެވެ.

އީރާންޔުނައިޓެޑް އަރަބް އެމިރޭޓްސްގަތަރުބްރެންޓް ކުރޫޑްއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

އިތުރަށް ކިޔާލަން

18 މާރިޗު 2026

ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި

18 މާރިޗު 2026
ގަތަރަށާއި ސައުދީ އަށް އީރާނުން މިސައިލް ހަމަލާ ދީފި
18 މާރިޗު 2026

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

18 މާރިޗު 2026
ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް
18 މާރިޗު 2026

ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

18 މާރިޗު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި
18 މާރިޗު 2026

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

18 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި
18 މާރިޗު 2026

ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ

18 މާރިޗު 2026
ތެހެރާންގައި ބޭއްވި ލަރީޖާނީ އާއި އިތުރު ޝަހީދުންގެ ޖަނާޒާގައި އެތައް ހާސް މީހުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު