Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚިޔާލު ހޯދުމުގެ ވޯޓު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުންގެ ގާތަށް ދިއުމަށް ސަރުކާރަށް މަޖުބޫރުވާތީ، އެ ފުރުސަތު ގެއްލޭ ގޮތަށް ރެފަރެންޑަމްގައި ވޯޓު ނުދިނުމަށް މެންބަރު ޒިިޔާދު ގޮވާލެއްވި. އިންތިޚާބުތައް މަދުކޮށްފިނަމަ ސަރުކާރުން ރައްޔިތުންގެ ހާލަތު ބަލާނީ ފަސް އަހަރުން އެއްފަހަރު ކަމަށާއި، މިހާރު ފެންނަ ތަރައްގީގެ ބާރު ސްޕީޑަކީ ވެސް އިންތިޚާބުތަކާ ގުޅިފައިވާ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވި. އެހެންކަމުން ވާނުވާ ނޭނގޭ ކަންކަމަށް "އާއެކޭ" ނުބުނުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ދެމެހެއްޓުމަށް އިންތިޚާބުތައް ބޭއްވުން މުހިންމު ކަމަށް ޒިޔާދު ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 21 މާރިޗު 2026 | ހޮނިހިރު 10:33
ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއެކު ނަގާ  މި ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، އޭގައި ރައްޔިތުންނަށް ވާނުވާ ނޭނގޭ ކަމަށެވެ. އަދި ވާނުވާ ނޭނގޭ ކަމެއްގައި އާއެކޭ ވެސް ނުވަތަ ނޫނެކޭ ވެސް ނުބުނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޑިމޮކްރަސީގެ ކޮންމެ ވެރިކަމެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދަނީ އިންތިޚާބުތަކާ އެކުކަން  ފާހަގަކުރައްވައި މެންބަރު ޒިޔާދު ވިދާޅުވީ، ރެފަރެންޑަމް ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ އެކަން ވެސް ބަދަލުވެ، ފަސް އަހަރުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުގެ ބޭފުޅުން ރައްޔިތުން ގާތަށް ދާ ގޮތަށް ބަދަލުވާނެ ކަމަށެވެ. 

މެންބަރު ޒިޔާދު ވިދާޅުވީ، އިންތިޚާބުތަކާ ދިމާކޮށް ސަރުކާރަށް ރައްޔިތުންގެ ގާތަަށް ދާން ޖެހޭ ކަމަށާއި، އެ ކަން ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ހަވީރު މެންދުރު ނަމާދުން ފައިބައިގޮތަށް އެ ހިނގަނީއޭ މާލޭގެ އެއްގެއިން އަނެއް ގެއަށް. މިއީ އިންތިޚާބު. ހަމަ މަޣްރިބް ނަމާދު ނިމޭގޮތަށް އަޅުކަން ކުރުމަށް ފަހު 10 އެއްކޮށް ބަންދުކޮށްގެން މަޣްރިބް ނަމާދު ނިމޭގޮތަށް ދެމަފިރިން އެ ނުކުންނަނީ ޖަގަހަ ހުޅުވަން. ހަމަ މި އިންތިޚާބަށް އެއީ. އެހެންވީމާ، އިންތިޚާބެއް އައިމާ ރައްޔިތު މީހާ ކައިރިއަށް ދަނީ. އެއީ ސަރުކާރަށް ވެސް ބޭނުން ޖެހޭތީ ރައްޔިތުންގެ ގާތަށް ދާން. އެހެންވީމާ، އެ ފުރުސަތު ބަންދު ނު ކޮށްލާށޭ. އޭގެ މިސާލު ވެސް އަޅުގަނޑު ދައްކަމުން މި ދަނީ، ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުން ވެސް ހަމަ ހަގީގަތުތުގައި ވެސް ކަންބޮޑުވޭ ދާއިރާގެ ކަންކަން ނުވާތީ.
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މީގެ އިތުރުން ވެސް މެންބަރު ޒިޔާދު ވަނީ ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

އިންތިޚާބުތަކާ ދިމާކޮށް ރައީސް މުއިއްޒު ކަޑަ ނުޖަހާ ކަމަށް ވިދާޅުވި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށާއި، ބޮޑެތި ބިލްބޯޑުތައް ޖަހާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލިސްޚިޔާލު ހޯދުމުގެ ވޯޓުނޫނެކޭ ކެމްޕެއިންވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު

އިތުރަށް ކިޔާލަން

21 މާރިޗު 2026

ރެފަރެންޑަމްގައި ނޫނެނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

21 މާރިޗު 2026
ރެފަރެންޑަމްގައި ނޫނެނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ
20 މާރިޗު 2026

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު
20 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"
19 މާރިޗު 2026

ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

19 މާރިޗު 2026
ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން
19 މާރިޗު 2026

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް
19 މާރިޗު 2026

ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު

19 މާރިޗު 2026
ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތަށް ފެންނަ ނުފެންނަ ވޯޓުގެ ކަންކަން ތަރުތީބުކުރެވުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ކަމެއް: ވަހީދު
19 މާރިޗު 2026

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

19 މާރިޗު 2026
ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް
18 މާރިޗު 2026

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން
18 މާރިޗު 2026

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026
ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން
17 މާރިޗު 2026

ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

17 މާރިޗު 2026
ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް