Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫނެކޭ ކެމްޕެއިން

ރެފަރެންޑަމްގައި ނޫނެކޭ ބުނަން ޖެހެނީ މިއީ އޮޅުވާލުމެއްގެ ތެރެއިން މި ސަރުކާރުން މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް ފަށާ ރޭވުމަކަށް ވާތީ: މާރިޔާ

ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވާ ރެފަރެންޑަމަކީ ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ފަށާ ނުރައްކާތެރި މަސައްކަތެއް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ. ޚަރަދު ކުޑަކުރުމުގެ ނަމުގައި ދެ އިންތިޚާބު އެއްކުރަން އުޅެނީ މުޅި ނިޒާމު އޮޅުވާލުމަށް ކަމަށާއި، މިކަމަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި. ސަރުކާރުގެ މި ނިންމުމަކީ ގާނޫނުއަސާސީއަށް ބޭނުންހާ ބަދަލެއް ގެނައުމަށް ހުޅުވައިލާ ދޮރަކަށް ވާތީ، މިއީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ކަމަށްވެސް މާރިޔާ ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 21 މާރިޗު 2026 | ހޮނިހިރު 02:40
ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމް

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމް | ރާއްޖެއެމްވީ

ލޯކަލް ކައުންސިލް އިންތިޚާބާ އެކު ނަގާ ރެފަރެންޑަމްގައި ރައްޔިތުން ނޫނެކޭ ބުނަން ޖެހެނީ މި ވޯޓަކީ މި ސަރުކާރުން އޮޅުވާލުމެއްގެ ތެރެއިން މުޅި ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަށް ރާވާފައިވާ ހީލަތްތެރި ރޭވުމެއް ކަމަށް ވާތީ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީން ގެނެސްދޭ ނޫނެކޭ ކެމްޕޭން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވެފައިވަނީ މި ރެފަރެންޑަމް ވޯޓަކީ ވަރަށް ނުރައްކާތެރި، އަދި ބިރުވެރި ވޯޓެއް ކަމަށެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް މި ސަރުކާރުން އުޅެނީ ޚަރަދު ކުޑަކުރަން ކަމަށް ބުނެ ގާނޫނު އަސާސީ އަށް ބަދަލު ގެނައުން މުހިއްމު ކަމަަށް ރައްޔިތުންނަށް ދައްކަން އުޅޭއިރު މިއީ އަދި ފެށުން ކަމަށް ބަންޑާރަ ނައިބު ވިދާޅުވާ ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ. 

މާރިޔާ ވިދާޅުވީ ކުރިގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ގާނޫނު އަސާސީ ބަދަލު ކުރައްވަން ވީމަ ގެންނެވީ އިސްލާހީ އެޖެންޑާ އެއް ކަމަށެވެ. އޭގައި މުޅި ހުރިހާ ވާހަކައެއް އޮތް ކަމަށާއި، މި ސަރުކާރުން މިކަން ކުރަނީ ޕީސް ބައި ޕީސް އުސޫލުން ކަމަށެވެ. މިއީ މިކަން ހިނގައިގެން ވާނެ ގޮތް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.

މި ފެށުނީ ކަމަށް ވާނަމަ އެބޭފުޅުންގެ ދުރު ރާސްތާ ވިސްނުމެއް އެބައޮތްތާ މުޅި ގާނޫނު އަސާސީ ބަދަލު ކުރުމަށް. ކީއްވެ ތޯ ބަންޑާރަ ނައިބު ވިދާޅުވާން ވީ ފެށުމެކޭ. ކީއްވެ ތޯ ފެށުުމުގެ ތެރެއިން ދެން ގެންނަން ބޭނުންވާ ސިލްސިލާ ބަދަލުތަކުގެ ވާހަކަ ވެސް ވިދާޅު ނުވީ. ދެން ސިއްރިއްޔާތުގަ މި ކުރުއްވަން އުޅުއްވާ ކަމަކީ ހަމަ ގައިމު ވެސް ރައްޔިތުން ވަރަށް ކަންބޮޑުވާން ޖެހޭނެ ކަމެއް. އެހެންވީމަ އަޅުގަނޑުމެން މި ބުނަނީ ނޫނެކޭ މިއަށް ވިދާޅުވާން.
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ

މިއީ ފެށުން ކަމުގައި ވާނަމަ މި ސަރުކާރުން ގާނޫނު އަސާސީ ބަދަލު ކުރާނީ ކިހާ މިންވަރަކަށް ކަން ވެސް އަންޒާދާ ނުކުރެވޭ ކަމަށެވެ. ގާނޫނަށް ބަދަލު ގެންނަމުން ދާނެ ކަމަށް ސަރުކާރުން ތަކުރާރުކޮށް އިއުތިރާފު ވަމުންދާއިރު މި ރެފަރެންޑަމްގައި ނޫނެކޭ ނުބުނެއްޖެ ނަމަ މިފަދަ އެތައް ރެފަރެންޑަމް އެއް ނަގައި ގާނޫނު ބަދަލު ކުރަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

އެހެން ކަމުން ރެފަރެންޑަމް އަށް ނޫނެކޭ ބުނަން ޖެހޭ ކަމަށް މާރިޔާ ތަކުރާރު ކޮށް ވިދާޅުވި އެވެ. 

ހަގީގަތުގައި އެ ލިޔެވިފަ އޮތް އެއްޗަށް ވުރެ މާ ބިރުވެރި މަންޒަރެއް ފެންނަ ގޮތަށް މިބޭފުޅުން ހަމަ އިއުތިރާފު ވަމުން މި ދަނީ. ސާފުކޮށް އެބަ ވިދާޅުވޭ މިއީ ފެށުމެކޭ. ގާނޫނު އަސާސީ އަށް ކިތަންމެ ގިނަ ބަދަލެއް އަދި އަންނާނެ ކަމަށް އަޅުގަނޑުމެންނަށް އެބަ ލަފާކުރެވޭ. މިގޮތަށް އެންޓިސިޕޭޓް ކުރެވޭއިރު ހުރިހާ ބަދަލެއް ނުފެނި ކުއްލިއަކަށް ހަމަ އެންމެ އެއްޗަކަށް ރައްޔިތުން ގާތަށް ގޮސް އާނ އެކޭ ނޫނެކޭ ބުނާށޭ ބުނެފަ އޭގެ ތެރެއިން ދެން އެހެން ބައިވަރު އެހެން އެއްޗެހި ދުއްވާލަން، މިއީ ކަން ކުރަން ވާނެ ގޮތެއް ނޫން. 
ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ

މާރިޔާ ވިދާޅުވީ މި ސަރުކާރުން ދެ އިންތިޚާބު އެއް ކުރަނީ ޚަރަދު ކުޑަކުރަން ނޫން ކަމަށެވެ. އަދި މިކަމަށް އާނ އެކޭ ރައްޔިތުން ބުނެއްޖެ ނަމަ މިއީ ގާނޫނު އަސާސީ މި ސަރުކާރުން ބޭނުން ގޮތަކަށް ބަދަލު ކުރުމަށް ކާމިޔާބު ކަމާއެކު ކުރާ ފުރަތަމަ ކަންތައް ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. 

ޚިޔާލު ހޯދުމުގެ ވޯޓުލޯކަލް ކައުންސިލް އިންތިޚާބު 2026ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

އިންތިޚާބުތަކާއެކު ރައްޔިތުންގެ ގާތަށް ދާން ޖެހޭ ދިއުން، ރައްޔިތުން ނުކުމެ ބަދަލު ކޮށްގެން ނުވާނެ: މެންބަރު ޒިޔާދު

21 މާރިޗު 2026
ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

ތެލުގެ އަގު މައްޗަށް ސިޔާސީ މަގާމުތައް އިތުރު، އިންތިހާބުގެ ފަހުން ވާނީ ކިހިނެއް؟

21 މާރިޗު 2026
ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

ދޫނި ޕާޓީ އިން ކުރިހާ ވެސް ކަމަކީ ވެރި މީހާ އެކަނި ވާދަކުރައްވާ ބިންގާ އެޅުމުގެ މުބާރާތެއް މުޅި ރާއްޖޭގައި ބޭއްވުން: ދީދީ

20 މާރިޗު 2026
30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

30 އަހަރު ވެރިކަމުގެ ތެރޭގައި ރައްޔިތުން ސިޔާސީ ވާހަކަ ދައްކަން ފެށުމުން އަލިފާން ރޯވާ އުސޫލުން މިހާރު ވެސް ދަނީ އަލިފާނުގެ ހާދިސާ ހިނގަމުން: މާޒް

20 މާރިޗު 2026
ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

20 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު