Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިލެކްޝަންސް ކޮމިޝަން

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

އިންތިޚާބުތަކާ ގުޅިގެން އެމްޑީޕީން ހުށަހެޅި ކަންބޮޑުވުންތަކަށް ޖަވާބުދެމުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ވަގުތު ކުޑަތަންވެފައިވާތީ އިތުރަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ދެވެން ނެތް ކަމަށް. ނަމަވެސް، ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުގައި އޮބްޒާވަރުން ބޭތިއްބުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށާއި، ވޯޓު ގުނުމުގައި އިސްކަންދޭނީ ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ކަމަށް އެ ކޮމިޝަނުން ހާމަކުރޭ. މީގެ އިތުރުން، ރެފަރެންޑަމަށް އާންމުން ހޭލުންތެރިކުރުމާއި ޕާޓީތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާކަންވެސް އީސީން ފާހަގަކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 14:58
އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު

އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު | އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނުގައި ފާޅުކުރި ކަންބޮޑުވުންތަކަށް އެ ކޮމިޝަނުން ޖަވާބު ދީފި އެވެ. 

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަބްދުއްޣަފޫރު މޫސާ އަށް ފޮނުވި ސިޓީ އެއްގައި ވަނީ އެ ޕާޓީ އިން ހުށަހަޅާފައިވާ ކަންކަމާ މެދު މަޝްވަރާ ކުރުމަށްފަހު އެކަމާ މެދު އަމަލު ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ގޮތުގެ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. 

އީސީ އިން ބުނީ އެމްޑީޕީ ގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުގައި ޕާޓީގެ އޮބްޒާވަރުން ނެތް ކަމުގެ ކަންބޮޑުވުންފާޅު ކޮށްފައިވާތީ އެ ފުރުސަތު ފަހި ކޮށްދިން ކަމަށެވެ. 

ރާއްޖެ އިން ބޭރުގައި ފޮށި ބެހެއްޓުމުގެ ސީލިންގް ދަށް ކުރުމާއި އަލުން ރީ-ރަޖިސްޓްރީ ކުރުމަށް ފުރުސަތު ދިނުމަށް އެމްޑީޕީ އިން އެދިފައިވާތީ އެކަމާ ގުޅިގެން އީސީ އިން ބުނީ ގާނޫނީ ގޮތުން ކަންކަން ތަރުތީބުވެފައިވާ ގޮތަށް ބަލާއިރު ލިސްޓު އާންމު ކޮށް، ޝަކުވާއަށް ހުޅުވާލެވި، ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އަދި ރެފަރެންޑަމް އާ ގުޅިގެން ރާއްޖެއިން ބޭރުގައި ބަހައްޓަން އިއުލާނުކުރި ފޮށިތައް ހިމެނޭހެން ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލިކަން ވެސް ފާހަގަ ކޮށްފައި ވެ އެވެ. 

އީސީ އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީ އާއެކު ބައްދަލު ވުން ބޭއްވި އިރުވެސް ވޯޓު ލާ މީހުންގެ ފައިނަލް ލިސްޓު އާންމު ކޮށްފައިވުމާއެކު އިންތިޚާބު ބާއްވާ ދުވަހާ ދެމެދު ކުރަން ހުރި ވޯޓު ކަރުދާހާ ގުޅުންހުރި މަސައްކަތްތައް އަދި ލޮޖިސްޓިކްސް ގެ ކަންކަމަށް ބަލާއިރު އިތުރަށް ރީ- ރަޖިސްޓްރީ ވުމުގެ ފުރުސަތު ދެވެން ނެތް ކަމަށެވެ. 

މީގެ އިތުރުން ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ނަތީޖާ ކުރިން އިއުލާނު ކުރަން އެދުނު ނަމަވެސް ތިން އިންތިޚާބު ބާއްވާއިރު ރަށްރަށުގައި ތިބި ކެންޑިޑޭޓުންގެ މަސްލަހަތު ހުރި އަދި އެންމެން އިންތިޒާރު ކުރާ ނަތީޖާ އަކަށް ވާނީ ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގެ ނަތީޖާ އަށް ކަމަށާއި އެހެން ކަމުން ފުރަތަމަ ގުނައި، ނަތީޖާ ތައްޔާރު ކުރާނީ އެ އިންތިޚާބުތަކުގެ ވޯޓު ކަމަށް އީސީ އިން ބުނެފައި ވެ އެވެ. 

އީސީ އިން ބުނީ އެހެން ނަމަވެސް މުޅި ރާއްޖޭގެ ހުރިހާ މަރުކަޒެއް އޮބްޒާވް ކުރުމާއެކު މޮނިޓަރ ކުރުމަށް 8900 އަށް ވުރެ ގިނަ ފަރާތްތައް ހަރަކާތްތެރި ވާނެ ކަމަށާއި 3 ވޯޓުނަގައި، ގުނައި، ނަތީޖާ އިއުލާނު ކުރެވެން ދެން ގިނަ އަދަދެއްގެ ބަޔަކު ކަން ހިނގާ، ނުހިނގާ ގޮތް ބެލުމަށް ހަރަކާތްތެރި ވާނެ ކަމަށް ދެކޭ ކަމަށެވެ. 

ރެފަރެންޑަމް އާ ގުޅިގެން އެ ކޮމިޝަނުން ބުނީ އެކަމަށް މީހުން ހޭލުންތެރި ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕާޓީތަކަށް ހަމަހަމަ ފުރުސަތު ފަހިކުރުމަށްޓަކައި ޕީއެސްއެމް އާ މުއާމަލާތު ކުރަމުން ދާކަން ވެސް އީސީ އިން ފާހަގަ ކޮށްފައި ވެ އެވެ. 

 އެމްޑީޕީއިން ވަނީ އިންތިޚާބުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތުން ވޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭ ފަދަ މުހިންމު ހަތަރު ކަމެއް ފާހަގަކޮށްފަ އެވެ. 

އިލެކްޝަންސް ކޮމިޝަންއެމްޑީޕީއަބްދުލްޣަފޫރު މޫސާލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުޕީއެސްއެމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

17 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

17 މާރިޗު 2026

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު