Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންތިޚާބުތައް އެއްކޮށްލުން

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން: ޝާހިދު

ރާއްޖެޓީވީގެ "ނޫނެކޭ" ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ވެރިން ރައްޔިތުންގެ ގާތަށް ގޮސް ހާލުބަލައި އުޅެނީ އިންތިޚާބުތައް ބާއްވާތީ ކަމަށް. އެހެންކަމުން، އިންތިޚާބުތައް މަދުކުރުމަކީ ރައްޔިތުންގެ ބާރު ކަނޑުވައިލުން ކަމަށް އޭނާ ސިފަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 މާރިޗު 2026 | ހުކުރު 02:55
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައްޔިތު މީހާގެ ބާރު އޮންނަނީ ވޯޓުގައި ކަމަށާއި، އިންތިޚާބު މަދުކުރުމަކީ ރައްޔިތު މީހާގެ ބާރު އަތުލައިގަތުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ، ރާއްޖެޓީވީގެ ނޫނެކޭ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައްޔިތު މީހާގެ ބާރު އޮންނަނީ، ވޯޓުތައް އޮންނާތީ ކަމަށް ސިފަކުރައްވައި ވާހަކަދައްކަވަމުން، ދޮރުން ދޮރަށް ހިނގުމާއި ރައްޔިތުންގެ ކައިރި އަށް ވެރި މީހާ ދިއުމުގެ ސަގާފަތެއް އޮތީ ވޯޓެއް އޮންނާތީ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ރައްޔިތުންގެ ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އެހުމަކީ މި ސަރުކާރުގެ ޘަޤާފަތެއް ނޫން ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. 

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ޕީއެންސީގެ މާލޭގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ނަމަ ވެސް އަތޮޅު ތެރެއަށް ކެމްޕެއިން އާއި ގުޅިގެން ވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ ރައްޔިތުން ސުވާލުކޮށްލަން ޖެހޭ ކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. ރަށްތަކުގެ ހާލަތު ބަލާލުމަކީ ސަރުކާރަށް މުހިންމު ކަމެއް ނޫންކަން މިކަމުން ވެސް އެނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގައި އެބަ ކެމްޕެއިން ކުރައްވާ. ދޮރުން ދޮރަށް އެބަ ހިންގަވާ. އެކަމަކު އެއްވެސް ރަށަކަށް ވަޑައި ނުގަންނަވާ. ސާފުކޮށް އެ ވިދާޅުވީ އަތޮޅު ތެރޭގައި ތިބި ރައްޔިތުންނާއި ތިމަންނަމެންނަކާއި ގުޅުމެއް ނެތޭ." ޝާހިދު ވިދާޅުވި އެވެ.

ރެފަރެންޑަމްގައި ދެ އިންތިޚާބު އެއްކޮށްލަން ވޯޓު ދީފި ނަމަ އެއީ ރައްޔިތުން ނިކަމެތި ކޮށްލި ނަމަވެސް އެންމެ ރަނގަޅު ކަމަށް ބުނެ ރައީސް އަށް ދެވޭ މެސެޖެއް ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ ރައްޔިތުންގެ ބާރު ނަގަހައްޓަން ބޭނުން ނަމަ ކުރިއަށް އޮތް ރެފަރެންޑަމްގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން ނޫނެކޭ ބުނަން ޖެހޭ ކަމަށެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީޑރ. މުޙައްމަދު މުޢިއްޒުޕީއެންސީކައުންސިލް އިންތިޚާބުޚިޔާލު ހޯދުމުގެ ވޯޓު

އިތުރަށް ކިޔާލަން

20 މާރިޗު 2026

ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ

20 މާރިޗު 2026
ތެޔޮ އަގުހެޔޮކޮށް ފޯރުކޮށްދޭން 2 ބިލިއަން ރުފިޔާގެ ކޮންޓިންޖެންސީ ބަޖެޓެއް އޮންނާނެ، ސަރުކާރުން ދަނީ ރައްޔިތުންނަށް ދުއްތުރާ ޖައްސަމުން: ގަޕޯ
20 މާރިޗު 2026

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026
އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"
19 މާރިޗު 2026

ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން

19 މާރިޗު 2026
ރާއްޖެއަށް މިހާރު ކުރިމަތިވެފަވާ ތަދުމަޑުކަމުން ސަލާމަތްވާނެ މަގެއް ހޯދުމަށް، ދެ އިންތިބާހު އެއްކޮށްލުމަށް ނޫނެކޭ ބުނަން ޖެހޭ: ނިޝާން
19 މާރިޗު 2026

ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި

19 މާރިޗު 2026
ގުރޫޕަކުން އައިސް ސައިކަލުން ޖައްސާ، އެމްޑީޕީ ކެންޑިޑޭޓް ޝިބާ އަށް ބޮޑެތި އަނިޔާތަކެއް ދީފި
19 މާރިޗު 2026

އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް

19 މާރިޗު 2026
އިންތިޚާބު އެއްކޮށްލުމުގެ ވޯޓާ ގުޅުންހުރި އިއްތިފާގުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު