Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ޕިކަޕް ޖަލްސާ

އެމްޑީޕީ ޕިކަޕް ޖަލްސާ: "ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން. ސަރުކާރުން މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރޭ"

20 މާރިޗު 2026 | ހުކުރު 02:50

ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި. ސަރުކާރުގެ އިސްރާފު ބޮޑުވެފައިވާ އިރު، މި ވޯޓަކީ މަޖިލީހުގެ ދައުރު ކުރުކުރުމަށް ކުރާ މަސައްކަތެއް ކަމަށާއި، އެހެންކަމުން މިކަމާ މެދު ރައްޔިތުން "ނޫނެކޭ" ބުނަން ޖެހޭ ކަމަށް ޝާހިދު ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 20 މާރިޗު 2026 | ހުކުރު 02:50
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޕިކަޕް ޖަސްލާގައި ވާހަކަދައްކަވަނީ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެމްޑީޕީގެ ޕިކަޕް ޖަސްލާގައި ވާހަކަދައްކަވަނީ. | ރާއްޖެ އެމްވީ

ޚަރަދު ކުޑަކުރަން ކުރަން ބޭނުން ކަމަކީ ރައްޔިތުންގެ އަޑު ނޭހުން ކަމަށާއި ސަރުކާރުން މިހާރު ވެސް މަހެއްގެ މައްޗަށް 54 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ ޕިކަޕް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަނީ ޚަރަދު ކުޑަ ކުރުމަށް ކަމަށް ސަރުކާރުން ބުނުމަކީ ބަލައިގަނެވޭ އުޒުރެއް ނޫން ކަމަށެވެ. ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ފިޔަވާ އެހެން ހުރިހާ ކަމެއްގައި ސަރުކާރުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުކަން ޝާހިދު ފާހަގަކުރެއްވި އެވެ. ދެ އިންތިޚާބު އެއްކޮށްލުމަށް ނަގާ ވޯޓުގައި ވޯޓު ދޭން ވީ ރައްޔިތުންގެ މަސްލަހަތާއި މެދު ވިސްނުމަށް ފަހުގައި ކަަމަށާއި އެ ވޯޓަކީ ސިޔާސީ ފިކުރު އެއްކިބާ ކުރުމަށް ފަހު ދޭން ޖެހޭ ވޯޓެއް ކަަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. މި ސަރުކާރުން 120 ބިލިއަން ރުފިޔާ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ޚަރަދު ކުރި އިރު ސަރުކާރަށް ރާއްޖެ އަށްޓަކައި ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށް ޝާހިދު ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ރަށަކަށް ބެލިޔަސް ބިންގާ އެޅުން ނޫން ކަމެއް ސަރުކާރަށް ކޮށް ނުދެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ހަގީގަތުގައި މި ވޯޓަކީ މަޖިލީހުގެ ދައުރު ކުރު ކުރާނީތޯ ނުވަތަ ނޫންތޯ ނަގާ ވޯޓެއް. ކޮންމެ ކަމެއް ވޯޓު ކަރުދާހުގައި އޮތަސް މި ބުނަން ޖެހެނީ އާއެކޭ ނޫނީ ނޫނެކޭ. ސުވާލު ހުށަހެޅީ ސަރުކާރުން. ސަރުކާރުން ކަން ކޮށްފައިވާ ގޮތަށް ބަލާ ރައްޔިތުން ދޭ ޖަވާބަކީ ނޫނެކޭ ކަމަށް ވުމަކީ މިކަން ވާނެ ގޮތް." ޝާހިދު ވިދާޅުވި އެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއި ވަނީ ސަރުކާރުން ފެންނަ ނުފެންނަ ވޯޓު ނަގަނީ އޮޅުވާލަން ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިޚާބަށް ފައިސާ ހޯދުމަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ . އެގޮތުން ގަވާއިދާއި ޚިލާފަށް ރާއްޖެ އަށް އެތެރެކޮށްފައިވާ ދުންފަތް،  ކަސްޓަމްސް އިން ހިފަހައްޓާފައި ވަނިކޮށް އެ ތަކެތި ދޫކޮށްލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ރައީސް އަށް ވެސް ލިބިފައި ނެތް ބާރެއް ބޭނުން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. ފެށުނީއްސުރެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންނަށް ދޮގުހައްދަވައި އޮޅުވާލައްވަމުން ކަމަށް ރާއި ވަނީ ވިދާޅުވެފަ އެވެ.

އަބްދުﷲ ޝާހިދުއެމްޑީޕީމުހައްމަދު ރާއީމަކުނުދޫރައްޔިތުންގެ މަޖިލިސްނޫނެކޭ

އެންމެ ހިނގާ

1

ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެ ސަރުކާރުން އެންމެ ފަހުން އަމިއްލަ ފަރާތަކުން އެތައް ލައްކަ ޑޮލަރެއް ދަރަންޏަށް ނަގައިފި

2

ޑިޖިޓަލް ވޯޓިން ނިޒާމުގެ ޑެމޯ އެއް: ޕީއެންސީ ކޮންގްރެސްގެ ވޯޓު އޮޅުވާލައިފި!

3

އެމްޑީޕީ މަޑުޖެހިފައި އޮތީ ރައީސް ނަޝީދު ނޫން އެހެން މީހުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ވާހަކަދައްކާތީ: ދޮންބިލެތް

4

އިއްޔެ ސިއްރުކުރި ހަގީގަތްތައް މިއަދު އަމިއްލަ ދުލުން ބޭރުވަނީ، އޭރު އެ ވާހަކަތައް ނުދެއްކީ ކީއްވެ؟

5

80 މިލިއަން ޚަރަދުކުރި ޕީއެންސީގެ ކޮންގްރެސް: ނުފޯރާ ފޮތިން ފޫގަޅައިގެން ބޭރު ގައުމުތަކަށް ދައްކަން އުޅުނީ ނެތް މުއްސަނދިކަމެއް

އިތުރަށް ކިޔާލަން

16 ސެޕްޓެމްބަރު 2026

ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް

16 ސެޕްޓެމްބަރު 2026
ދުވާލެއްގެ މައްޗަށް 25 އެއްހާ މުވައްޒަފުން ވަކިކުރޭ، އޭގެ ބަދަލުގައި ސަރުކާރުން ބޭނުންވާ ބަޔަކު އެ ވަޒީފާތަކަށް ދަނީ އައްޔަނުކުރަމުން: އައިކް
12 ސެޕްޓެމްބަރު 2026

ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

12 ސެޕްޓެމްބަރު 2026
ބްރިޖުގެ ތަނބަކަށް ބޯޓުތަކެއް އުރުނު ހާދިސާގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށް ބުނެ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
09 ސެޕްޓެމްބަރު 2026

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!

09 ސެޕްޓެމްބަރު 2026
އެމްޑީޕީގެ އެކްޓިވިސްޓު ޝާމިންގެ ބަންދަށް 10 ދުވަސް!
08 ސެޕްޓެމްބަރު 2026

އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި

08 ސެޕްޓެމްބަރު 2026
އަނެއްކާ ވެސް އެމްޑީޕީގެ މުޒާހަރާއާ ގުޅިގެން އެ ޕާޓީގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފި
06 ސެޕްޓެމްބަރު 2026

ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް

06 ސެޕްޓެމްބަރު 2026
ރައީސް މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރާއްޖެ ކޮމިއުނިޒަމްއާ ދިމާއަށް ގެންދިއުން: މާޒް ސަލީމް
05 ސެޕްޓެމްބަރު 2026

ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ

05 ސެޕްޓެމްބަރު 2026
ޤައުމު ސަލާމަތްކޮށް ތަނަވަސްކަން ހޯދައިދެވޭނެ އެންމެ ގާބިލު ލީޑަރަކީ ޝާހިދު: އަހުމަދު އަބްދުﷲ
05 ސެޕްޓެމްބަރު 2026

މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު

05 ސެޕްޓެމްބަރު 2026
މި ސަރުކާރުން ލައްކަ ގިނަ ކަންކަން އެބަކުރޭ، އެކަމަށް ކިޔަނީ ވައްކަން: ޝާހިދު
05 ސެޕްޓެމްބަރު 2026

ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"، ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތް މާލެއަށް ވާ ބަރޯސާއިން ނިމުމަކަށް ގެންނަވާނެ ކަމަށް!

05 ސެޕްޓެމްބަރު 2026
ރިޔާސީ ޕްރައިމަރީގައި ޝާހިދުގެ ޝިއާރަކީ "ފުދުންތެރި ދިވެހިރާއްޖެ"، ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތް މާލެއަށް ވާ ބަރޯސާއިން ނިމުމަކަށް ގެންނަވާނެ ކަމަށް!
04 ސެޕްޓެމްބަރު 2026

އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!

04 ސެޕްޓެމްބަރު 2026
އެމްޑީޕީގެ ކުރީގެ ރައީސް ޝާހިދު އާއި ކެމްޕެއިން ޓީމަށް ކުޅުދުއްފުށި ސިޓީ އިން ހޫނު މަރުހަބާ އެއް!
04 ސެޕްޓެމްބަރު 2026

ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!

04 ސެޕްޓެމްބަރު 2026
ވެމްކޯގައި ހަތަރު އަހަރު ވަންދެން މަސައްކަތް ކުރި ފަހުން ވަޒީފާއިން ކަނޑާލީ އެމްޑީޕީ ދަފްތަރުގައި ނަން އޮތީމަ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް