Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިޔާލު ހޯދުމުގެ ވޯޓު

ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ: މެންބަރު މައުރޫފް

މެންބަރު މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމަކީ ރައީސް މުއިއްޒުގެ ރިޔާސީ ދައުރު ދިގުދަންމާލުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް. ޚަރަދު ކުޑަކުރުމުގެ ނަމުގައި އިންތިޚާބުތައް މަދުކުރަން އުޅެނީ ރައްޔިތުންނަށް އޮޅުވާލައިގެން ބާރުތައް ނިގުޅައިގަތުމަށް ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުމަށް މެންބަރު މައުރޫފް ވަނީ ގޮވާލައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 މާރިޗު 2026 | ބުރާސްފަތި 10:50
އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ ކަމަށާއި، އެ ހައްގުތައް ނިގުޅައިގަތުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި މެންބަރު މައުރޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމްގައި ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، އެއީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރު ދިގުދަންމާލުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށެވެ. 

Advertisement - newsAdvertisement

އިންތިޚާބުތައް އޮންނަން ޖެހޭކަން ފާހަގަކުރައްވައި މެންބަރު މައުރޫފް ވިދާޅުވީ، ތަރައްގީއާއި، ރައްޔިތުންގެ އަސާސީ ހައްގުތައް ގުޅިފައި އޮތީ އިންތިޚާބުތަކާ ކަމަށާއި، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ގުޅިފައި އޮތީ އިންތިޚާބުތަކާ ކަމަށެވެ. އަދި ޑިމޮކްރެޓިކް ނިޒާމުގައި އިންތިޚާބުތައް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮންމެ ކަމެއް، ކޮންމެ ރަނގަޅެއް އަންނަނީ އިންތިޚާބަކާ ގުޅިގެން. އެހެންވީމާ، އިންތިޚާބުތައް އެއްކޮށް، އިންތިޚާބުތައް މަދުކުރަން ޚަރަދު ކުޑަކުރާށޭ ކިޔާފައި މި އުޅެނީ އޮޅުވާލަން. ޚަރަދު ކުޑަކުރާށޭ ކިޔާފައި ކުރަންހުރި ކިތަންމެ ބައިވަރު އެހެން ކަމެއް އެބަހުރި. އެހެންނަމަވެސް، އަހަރެއްގެ މައްޗަށް ދިހައެއް ވަރަކަށް މިލިއަން ރުފިޔާ އިންތިޚާބެއް ބާއްވަން ޚަރަދުކުރަންޖެހޭތީ، އެއީ ބޮޑު ކަމަކަށްވެގެން އެ ވާހަކަ މި ދައްކަނީ ހަގީގަތުގައި އޮޅުވާލަން. މިއަދު ދިވެހި ރައްޔިތުން އެބަ ގަބޫލުކުރޭ ޚަރަދު ކުޑަކުރަން ނޫންކަން އިންތިޚާބުތައް ކީއްކުރަނީ. އެހެންވެ، މިހާރު އެ ވާހަކަ ދައްކަނީ މުޅިން އެހެން ގޮތަކަށް ދޭދޭ އާއިލާގެ ތެރޭގައި ހުންނަ މައްސަލަތައް ހައްލުވާނޭ އިމްތިޚާބުތައް ނުބޭއްވީމަ. 
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މީގެ އިތުރުން މެންބަރު މައުރޫފް ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް އިންތިޚާބު ކުރެވުމަކީ ހެދުނު ގޯހެއްކަން ގިނަ ރައްޔިތުން ގަބޫލުކުރާ ކަމަށާއި، އެކަމުގެ ކަންބޮޑުވުންފާޅު ކުރާ ކަމަށެވެ. 

އެހެންކަމުން ދެ ވަނަ ފަހަރަށް އެފަދަ ގޯހެއް ނުހެދުމަށް އިލްތިމާސްކޮށް މެންބަރު މައުރޫފް ވަނީ ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ނޫނެކޭ ބުނުމަށް ގޮވާލާފަ އެވެ. އަދި ރައްޔިތުން އަތުން އިންތިޚާބުތަކާއި ބާރުތައް ގެއްލޭ ގޮތަށް ކަންކަން ނުކުރުމަށާއި، އެ ފުރުސަތު ރައްޔިތުން ނުދިނުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. 

މައުރޫފް ޒާކިރުއެމްޑީޕީޚިޔާލު ހޯދުމުގެ ވޯޓުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު

މި ސަރުކާރުން އޮތީ އައްޑޫސިޓީ ވީރާނާވާން ދޫކޮށްލާފައި، ދިރުމެއް ގެނެސްދިނީ ހަމައެކަނި އެމްޑީޕީ ކައުންސިލަރުން: ޝާހިދު

19 މާރިޗު 2026
ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

ހިނގަހިނގާ އޮންނަ ސަރުކާރެއްް ޖަވާބުދާރީ ކުރުވުމުގެ ހައްގު ދިފާއުކުރުމަށްޓަކާ، ދެ އިންތިހާބު އެއްކޮށްލާ ވޯޓުގައި ނޫނެކޭ ބުނަން ޖެހޭ: މީކާއިލް

19 މާރިޗު 2026
އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

އެމްޑީޕީ ގެ ކަންބޮޑުވުންތަކަށް އީސީގެ ޖަވާބު: އެންމެން އިންތިޒާރު ކުރާނީ ކައުންސިލް ވޯޓުގެ ނަތީޖާ އަށް، ރެފަރެންޑަމްގެ ވޯޓު ގުނޭނީ ފަހުން

18 މާރިޗު 2026
ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

18 މާރިޗު 2026
ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު