Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިމޮކްރަސީ

ޑިމޮކްރަސީގެ އެންމެ އަސާސީއެއް ސިފަ ކަމަށްވާ ''ރައްޔިތުންގެ ގާތަށް ދިއުމުގެ ސިފަ'' ނައްތާލުމަށް މިސަރުކާރުން ދަނީ މަސައްކަތް ކުރަމުން: އިހުސާން

އިހުސާން ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ސަރުކާރުން ކުރާ މަސައްކަތަކީ ޑިމޮކްރަސީގެ އަސާސްތައް ނައްތާލައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ކުރާ ކަމެއް ކަމަށް. މި ބަދަލާއެކު ރައްޔިތުންގެ ގާތަށް ގޮސް މައްސަލަތައް އޮޅުންފިލުވުމުގެ ފުރުސަތު ހަނިވެ، ވެރިކަން ކުރާ ފަރާތުން ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމުގެ ބާރު ލިބޭނެ. އެހެންކަމުން، ކުރިއަށް އޮތް ރެފަރެންޑަމްގައި"ނޫނެކޭ" ބުނުމަށް އޭނާ ގޮވާލެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 09:20
އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ

އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަޕް ޖަލްސާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވާހަކަ ދައްކަވަނީ | ރާއްޖެއެމްވީ

ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ ރައްޔިތުންގެ ގާތަށް ދިޔުން ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރަނީ މިސިފަ ނައްތާލުމަށް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ހަވީރު އެމްޑީޕީން ކުރިއަށް ގެންދިޔަ ޕިކަލް ޖަލްސާގައި އިހުސާން ވިދާޅުވީ، ދިވެހިރާއްޖޭގައި ތައާރަފް ކުރި ޑިމޮކްރަސީގެ އެންމެ އަސާސީ އެއް ސިފައަކީ ރައްޔިތުންގެ ގާތަށް ދިޔުން ކަމަށާއި، ރައްޔިތުންނަށް ދަތިވާ ކަންތައްތައް އޮޅުންފިލުވުން ކަމަށެވެ. އަދި އެ ކަންތައްތަކުގެ މައުލޫމާތު ކަރުދާހަށް ތިރިކޮށް، އެ ކަރުދާސްތަކުގެ އަލީގައި މެނިފެސްޓޯ އެކުލަވައިލުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، އެ މެނިފެސްޓޯއާ އެކީގައި ވެރިކަމަށް އައިސް، ވެރިކަމުގެ ސިޔާސަތުތައް އެކުލަވާލައި އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ވެރިކަމުގެ އަސާސީ ސިފަ ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ އުސޫލުން ކަމަށް އިހުސާން ވިދާޅުވި އެވެ. 

ނަމަވެސް ރައީސް މުއިއްޒުގެ މިސަރުކާރުން މަސައްކަތް ކުރަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ވޯޓާއެކު، މި އަސާސީ ހުރިހާ ސިފަތަކެއް ނައްތާލުމަށް ކަމަށް އިހުސާން ވިދާޅުވި އެވެ. 

އެއީ ވެރިކަމުގެ އަސާސީ ސިފައެކޭ. އެހެންނަމަވެސް، މި ސިފަ ނައްތާލުމަށްޓަކައި، މި އަސާސީ ސިފަ ނައްތާލުމަށްޓަކައި މިއަދުގެ ސަރުކާރުން ކުރާ މަސައްކަތް ތާ ދެކޮޅަށް އަޅުގަނޑުމެން ދިވެހި ހުރިހާ ރައްޔިތުން ނުކުންނަން އެބަޖެހޭ. އަޅުގަނޑުމެންނަށް އެބައިނގޭ ވެރިކަމަށް އަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، ރައްޔިތުންގެ މަޖިލީހުން ގޮނޑި ކާމިޔާބުކުރަން މަސައްކަތްކުރާ ހަމަ ކޮންމެ ފަހަރަކު ރައްޔިތުންގެ ގާތަށް އެބަދޭ. ރައްޔިތުން ކުރަން އެބަ އަހާ ކޮންކަމެއްތޯ ދަތީ، ކޮންކަމެއްތޯ ދަތިވެގެން ތި އުޅެނީ، ކޮންކަމެއްތޯ ހާސިލުކުރަން އުނދަގޫވެގެން ތި އުޅެނީ، ކޮބައިތޯ ދިމާވެގެން އުޅޭ މައްސަލަތަކެކޭ. މި ހުރިހާ މަޢުލޫމާތަކާ އެކީގައި މެނިފެސްޓޯ އެކުލަވައިލައިގެން ވެރިކަމަށް ވެސް މި އަންނަނީ ރައްޔިތުންގެ މަޖިލިސް ވެސް މި ކާމިޔާބުކުރަނީ. އެއާއެކީގައި ގާނޫނުތަކުގެ ތެރެއިން އަދި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މި ދެންނެވި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތްތައް މި ކުރަނީ. އެހެންވީމާ، މި ޕްރޮސެސް ހަނިކޮށް، އެ ވެރިކަމުގައި ހުންނަ މީހާ ބޭނުންވާ ގޮތަކަށް ހިނގާ ކަމަކަށް ހަދައިފި ކަމުގައި ވާނަމަ، ރައްޔިތުންގެ މައްސަލަތަކުގައި ދެން ދުވަހަކުވެސް މި ރާއްޖެއަކު ހައްލެއް ނުލިބޭނެ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު އިހުސާން

ރައްޔިތުންގެ މަޖިލީހަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ، އެތަނަކީ ރައްޔިތުންގެ ދަތިތަކާއި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަން ޖެހޭ މަޖިލިސް ނަމަވެސް މިއަދު އެފުރުސަތު ގެއްލިފައިވާ ކަމަށެވެ. މަޖިލީހުން ފެންނަ މަންޒަރުތަކުން ވެސް މިއީ ރައްޔިތުންގެ އަޑު އަހާނެ ސަރުކާރެއް ނޫންކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ނަގާ ރެފަރެންޑަމް ވޯޓަށް ބޮޑުތަނުން ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ ކަމަށާއި، ރައްޔިތުން ތިބީ ސަރުކާރާ މެދު ވަރަށް ހިތްހަމަ ނުޖެހިކަން ވޯޓުގެ ނަތީޖާއިން ދައްކަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ މި އިންތިޚާބު ސަރުކާރަށް ކާމިޔާބު ވެއްޖެނަމަ ރައްޔިތުންގެ މައްސަލަތަކަށް ދެން ދުވަހަކުވެސް ހައްލު ނުލިބޭނެ ކަމަށެވެ.

އެމްޑީޕީމުހައްމަދު އިހުސާންޑިމޮކްރަސީޚިޔާލު ހޯދުމުގެ ވޯޓުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

ގައުމުގައި އެއްވެސް ކަމެއް ނުވަނީ ގައުމަށް އެއްވެސް ކަހަލަ ލޯތްބެއް ނެތް އިރު ކަމެއް ކުރުމުގެ ވިސްނުމާއި ފިކުރު ވެސް ނެތް މީހަކު ވެރިކަމުގައި ހުރީމަ: މޭޔަރު އާޒިމް

18 މާރިޗު 2026
ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

17 މާރިޗު 2026
އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

އެމްޑީޕީގެ ޕިކަޕް ޖަލްސާ: "ދެ އިންތިޚާބު އެއްކޮށްލައިފި ނަމަ ރައްޔިތުންގެ އަޑު އަހަން ސަރުކާރުން ބޭނުންވާނެ އެއްވެސް ސަބަބެއް ނެތް"

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު