Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުހައްމަދު ނަޝީދު

ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރަން އެޅޭ ފިޔަވަޅެއް: ނަޝީދު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ކަމަށް ވިޔަސް، އެއީ ޑިމޮކްރަސީގެ ހާލަތު ދަށްކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ. ގާނޫނުއަސާސީއަށް ބަދަލު ގެންނަންވާނީ، އަވަސްއަރުވާލުމުގެ ބަދަލުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށާއި، މިކަމުގައި ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިއުމަށް އެމަނިކުފާނު ގޮވާލެއްވި. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ބަދަލަކީ ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ކުރާ މަސައްކަތެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 17 މާރިޗު 2026 | އަންގާރަ 19:28
ބ.ތުޅާދޫ "ހޭވައްލާ ތައްޔާރު" ކަންމަތީ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ބ.ތުޅާދޫ "ހޭވައްލާ ތައްޔާރު" ކަންމަތީ ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު | އެމްޑީޕީ ސެކްރިޓޭރިއެޓް

ވެރިކަން ހިންގުމަށް ޑިމޮކްރަސީ އަގުހެޔޮ ކުރަން އުޅޭ ނަމަ އެއީ އަމިއްލަ ހާލަތު ދަށް ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ބ. ތުޅާދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދުނިޔޭގެ ތަނަވަސް ގައުމުތަކުގައި ފެންނަ ނުފެނަން ވޯޓު ނަގަމުން ދާ ކަމަށެވެ.

ނަމަވެސް އެއީ ޚަރަދު ކުޑަ ކުރަން ނޫން ކަމަށާއި، ރާއްޖޭގައި ދެ އިންތިޚާބު އެއްކުރަން ފެންނަ ނުފެންނަ ވޯޓު ނަގަން އުޅެނީ ޚަރަދު ކުޑަ ކުރުމަށް ކަމަށެވެ. އެގޮތުން ވެރިކަން ހިންގުމަށް ކަމަށް ޑިމޮކްރަސީ އަގުހެޔޮ ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް އެކަން ކުރުމަކީ އަމިއްލަ ހާތަލު ދަށް ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ވެރިކަމަށް، ވެރިކަން ހިންގުމަށް، ޑިމޮކްރަސީ އަގުހެޔޮ ކުރަން އަޅުގަނޑުމެން އުޅެއްޖެ ނަމަ އެއީ އަޅުގަނޑުމެން އަމިއްލަ އަށް ހާލަތު ދަށް ކުރުމަށް އެޅޭ ފިޔަވަޅެއް. 
 ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ސަރުކާރުން ދެވަނަ ވިސްނުމަކަށް ދިޔުމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވަނީ މި ސަރުކާރަށް ގޮވާލައްވާފަ އެވެ. 

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ. އެ ގޮތުން، ގާނޫނުއަސާސީ އަށް ގެންނަ ކޮންމެ އިސްލާހެއް ގެންނަންވާނީ އަވަސް އަރުވާލުމުގެ ބަދަލުގައި، އެންމެހާ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އަވަސް އަރުވާލައިގެން ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ކުޅިވަރަކަށް ހަދައިގެން ދެ އިންތިހާބު އެއްކޮށްލަން ސަރުކާރުން މަސައްކަތް ކުރަނީ، ހީލަތްތެރި ރޭވުންތަކެއްގެ ދަށުން، ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އެޕްރީލް 4، ގައި ރެފެރެންޑަމް ވޯޓު ނަގާއިރު އެ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ވެސް ބާއްވަން އޮތީ ތާވަލުކޮށްފަ އެވެ. 

ރައީސް މުހައްމަދު ނަޝީދުޑިމޮކްރަސީލޯކަލް ކައުންސިލް އިންތިޚާބު 2026ޚިޔާލު ހޯދުމުގެ ވޯޓުތުޅާދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

އިންތިޚާބުތައް މަދު ވުމަކީ ސިޔާސީ ހަމަޖެހުން ޤާއިމް ކުރެވޭ ކަމެއް ނޫން، ގެއްލުވާލަން މި އުޅެނީ ވާދަވެރިކަން : ފައިސަލް

17 މާރިޗު 2026
އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

އެމްޑީޕީގެ ކެމްޕޭން ބެނާތަކަށް ގެއްލުންދިނުން އެ ޕާޓީ އިން ކުށްވެރި ކޮށްފި

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

ރެފަރެންޑަމް އާ ގުޅޭ ޕްރޮގްރާމް ވަކި ފަރާތަކަށް ނުޖެހި ގެނަސްދޭނެ ކަމުގެ ޔަގީންކަން ޕީއެސްއެމްގެ ވެރިން ދެއްވި، އެގޮތަށް އަމަލުނުކުރާނަމަ އަދިވެސް އިހުތިޖާޖު ކުރާނަން: ނިޔާޒް

17 މާރިޗު 2026
ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެއް: އިބުރާ

ހިނގަމުންދާ މަޖިލިހެއްގެ ޢުމުރު ކުރުކޮށް ކުރީ އޮތް ޢުމުރަށް ރުޖޫޢަވާގޮތަށް ހުށަހަޅާ ހުށަހެޅުމަކީ ޤާނޫނީ ނަޒަރަކުން ޞައްޙަކަމެއް ނެތް، ދެކޮޅުނުޖެހޭ ހުށަހެޅުމެއް: އިބުރާ

17 މާރިޗު 2026

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު