Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ގާނޫނުން ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ރައީސް ވިދާޅުވީ އެއީ އެމަނިކުފާނު ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށާއި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭނެ ކައުންސިލަރުން އިންތިޚާބުކުރުން މުހިންމު ކަމަށް ރައީސް މުއިއްޒު ވިދާޅުވި. ނަމަވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަވާ، ކައުންސިލްތަކުގެ ބާރު ހަނިކުރަށްވާ ފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 08:17
ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ޕީއެންސީ

ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނު އަސާސީއަށް ބަދަލު ގެންނަވާ، ކައުންސިލްތަކުގެ ބާރު ކަނޑުއްވާ ލެއްވުމަށްފަހު، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން ބޭއްވި ސައިކަލު ބުރަށްފަހު ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކައުންސިލް ނިޒާމު ގަބޫލުކުރާ ކަމަށާއި، އެ ނިޒާމުގެ ތެރެއިން މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތައް ބާކީކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ކަންކަން ކުރުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ވައުދުތައް ފުއްދުމަށްޓަކައި އެއްބާރުލުން ދޭނެ ކައުންސިލަރުން އިންތިޚާބު ކުރަންޖެހޭ ކަމަށެވެ. 

އެއީ، ރަށްރަށުގައި ކުރަންހުރި ކޮންމެ ކަމަކީ، ސިޓީތަކުގައި ކުރަންހުރި ކޮންމެ ކަމަކީ، ލާމަރުކަޒީ އުސޫލްގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ އޭގެ އެންމެ، ހެވާއިލާބަ ރައްޔިތުންނަށް ލިބޭނެ ގޮތް. އެހެންވީމާ، ކައުންސިލުތަކުގައި މިކަންކަމަށް އެއްބާރުލުން ދޭނެ ބޭފުޅުން ތިއްބެވުން މުހިންމު ވަނީ. އެހެންވީމާ، އަޅުގަނޑު މިއީ ރައްޔިތުންގެ ގާތުގައި މި އެދެނީ، ކައުންސިލު އިންތިޚާބުގައި ހުރިހާ ސިޓީތަކަށް، ހުރިހާ ކައުންސިލުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ކެންޑިނޭޓުން، އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ހުރިހާ ގޮނޑިތަކަށް އަޅުގަނޑުމެން ކެންޑިޑޭޓުން ހޮއްވަވަައި ދެއްވުމަށް.
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް މުއިއްޒުގެ މިމޭރުމުން ވާހަކަ ދެއްކެވި ނަމަވެސް އެމަނިކުފާނު ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެންނަވާ، ކައުންސިލްތަކުގެ ބާރު ހަނިކުރަށްވާ ފައެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން 100 ށް ވުރެ ގިނަ ކައުންސިލުން ދެކޮޅު ހަދަމުން ދަނިކޮށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު، 14 އޯގަސްޓް 2025 ގައި ވަނީ ތަސްދީގު ކުރައްވާފަ އެވެ. 

މީގެ އިތުރުން މި އިސްލާހުގައިވާ ގޮތުން، އިދާރީ ދާއިރާތަކުގައި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ހަރަކާތްތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ހުއްދައެއް ކައުންސިލުން ދީފައިނުވާނަމަ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދައާއެކު، އެ މަޝްރޫއެއް ނުވަތަ ހަރަކާތެއްގެ މަސައްކަތްތައް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިޔުމުގެ އިހުތިޔާރު ސަރުކާރަށް ލިބިގެންވެ އެވެ.

ޕީއެންސީލާމަރުކަޒުކުރުންލޯކަލް ކައުންސިލް އިންތިޚާބު 2026ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

ދޮރުން ދޮރަށް ހަރަކާތުން އެނގުނީ އެމްޑީޕީގެ މޭޔަރުކަމެއްގައި، ވިލިމާލެ އަށް އަޅާލާނެކަން ވިލިމާލެ އިން ގަބޫލުކުރާކަން: އާޒިމް

15 މާރިޗު 2026
ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

ކައުންސިލްތަކަށް ބާރު ދިނުމާއި މެދު ސަރުކާރުގެ ރާގު ބަދަލު ކުރަނީ ޕީއެންސީ އިން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބި ގޮތް އެ ޕާޓީ އަށް ވެސް އެނގޭތީ: ރައީސް ސޯލިހު

15 މާރިޗު 2026
ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

ވަޒީރު ޝިޔާމެވެ. އަނެއްކާވެސް ހަމަ އެ އިންތިޚާބީ ވައުދުފުޅު ހެއްޔެވެ؟

14 މާރިޗު 2026
 ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

ޕީއެންސީ ގެ މަޖްލިސް މެމްބަރުން ތިބީ ގައިދު ވެފަ: މުސްތަފާ

14 މާރިޗު 2026
ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

ސައިކަލް ބުރުގައި މޫސާ އަލީ ޖަލީލު އަރާ އިންނެވި ސައިކަލުގެ ވެރިފަރާތަކީ ކަސްޓަމްސް - އަހަރީ ފީ މުއްދަތު ހަމަވެފައި

14 މާރިޗު 2026

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު